ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާގެ ސާރވިސް ޗާޓް

a

 

 

 

28 ނޮވެމްބަރު 2021

ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލގެ އިދާރާ

 

ސަރވިސް ޗާޓަރ

 

 

 

 

 

 

 

 

 

 

 

 

c

 

 

 

 

ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލް އިދާރާގެ ސަރވިސް ޗާޓަރ

ތަޢާރަފް؛

މިއީ، ރަށު ކައުންސިލްގެ އިދާރާއިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށްޓަކައި އެކުލަވާލާފައިވާ ސަރވިސް ޗާޓަރެވެ.

ވިޝަން؛

ކައުންސިލްގެ އިދާރާއަކީ މުޅި ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ކަންކަން އެކަށައަޅައި، ރަށުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި، ސަރުކާރާއި ދައުލަތުގެ އެންމެހާ މުވައްސަސާ ތަކުގެ ސިޔާސަތުތަކަށް ފެތޭގޮތަށް، ހުނަރުވެރިކަމާއިއެކު، އެންމެން ގުޅިގެން މަސައްކަތްކުރާ، އިޚްލާޞްތެރިކަމާއި އެކު ޚިދުމަތްދޭ، ޤާބިލު ޒިންމާދާރު މުވައްޒަފުން ތިބި، ނަތީޖާ ޙާޞިލުކުރާ، ނަމޫނާ ދައްކައިދޭ ރަށުކައުންސިލްގެ އިދާރާއަކަށް ވުން.

މިޝަން؛

ލާމަރުކަޒުކޮށް ރަށްހިންގުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މައްޗަށް ބިނާކޮށް، ރަށުގެ ރައްޔިތުންގެ ކަންކަން ތަރުތީބުކޮށް ސަރުކާރާއި ދައުލަތުގެ މުވައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަޑައަޅައި ޚިދުމަތްތައް ރަށުގެ ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ އެންމެ އިސްފަރާތަކީ، ރަށުކައުންސިލް ކަމަށްވުމާއި އެކު، ކައުންސިލގެ މަސްއޫލިއްޔަތުތަކާއި، ނިންމުންތައް ތަންފީޒުކުރުމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ދިނުމާއި، ކައުންސިލްގެ ސިޔާސަތުތައް އެކަށައެޅުމަށް ބޭނުންވާ ތަފާސްހިސާބުތަކާއި މަޢުލޫމާތު އެއްކޮށް، ކައުންސިލަށް ފޯރުކޮށްދީ، ވިލަރެސްކޮށް ބެލެހެއްޓުމާއި ވަޒަން ކުރުމުގައި ކައުންސިލަށް އެއްބާރުލުން ދީ އެހީތެރިކަން ދިނުން.

 

 

 

 

ޚިދުމަތް ދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް

  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިނިތުންވުމާއެކު މަރުޙަބާކިޔައި، އިޙްތިރާމާއެކު މުޢާމަލާތްކުރުން.
  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ބޭނުންތައް އަޑުއަހައި، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
  • ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުންގުޅިގެން މަސައްކަތްކުރުން
  • ނަޒާޙަތްތެރިކަމާއެކު ހަމަހަމަކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން.
  • ޚިދުމަތް ހޯދުމަށް އައި ތަރުތީބަށް އިސްކަންދީގެން ޚިދުމަތް ދިނުން.
  • ޚިދުމަތް ހޯދުމަށް އަންނަ އިސްރައްވެހިންނާއި، ދަޢުލަތާއި ރަށަށް ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ފަރާތްތަކާއި ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޙާއްޞަ ސަމާލުކަމެއްދީ އިޙްތިރާމް އަދާކުރުން.
  • ފޯނުންކުރާ މުޢާމަލާތްތަކުގައި އުފާވެރި އަޑަކުން މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ރިވެތިބަހުން ވާހަކަ ދެއްކުން.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

#

ޚިދުމަތްތައް

ޚިދުމަތުގެ ފެންވަރާއި މުއްދަތު

އޮފީހުގެ ފޯނަށް އަންނަ ފޯން ކޯލްތަކަށް ޖަވާބު ދިނުން

1

އޮފީހުގެ ފޯނަށް އަންނަ ފޯން ކޯލްތަކަށް ޖަވާބު ދިނުން

1-     ރަސްމީ ދުވަސްދުވަހު ހެދުނު 8:00 ން 14:00 އަށް ޚިދުމަތް ހޯދަން ކައުންސިލަށް ގުޅުއްވާ ފަރާތްތަކަށް ޚިދުމަތް ލިބިވަޑައިގަންނަވާނެ.

2-     ކައުންސިލްގެ ރަސްމީ ފޯނަށް އަންނަ ފޯނުކޯލްތަކަށް ލަސްނުވެ ޖަވާބު ދެވޭނެ.

3-     ޚިދުމަތް ހޯދަން ގުޅި ފަރާތުން ބޭނުންވާ ޚިދުމަތެއް އޮޅުންފިލުވައި، ބޭނުންވާ ޚިދުމަތާ ބެހޭ މުވައްޒަފަށް ކޯލް ޕާސްކުރުން، ނުވަތަ އެކަމާގުޅިގެން ދޭންޖެހޭ މަޢުލޫމާތު ދެވޭނެ.

އެންޓްރީ ކުރުމާއި، ޢާންމު ފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

2

އެންޓްރީ ކުރުމާއި، ޢާންމު ފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

1-     އޮފީހަށް ލިބޭ ލިޔެކިޔުންތައް ރަސްމީ 3 ދުވަހުގެ ތެރޭގައި އެންޓްރީކޮށް ކަމާގުޅޭ ސެކްޝަނަށް ފޯރުކޮށްދެވޭނެ.

2-     އުޞޫލީ މައްސަލަތަކާއި، ދައުލަތުގެ މުއައްސަސާއަކުން މަޢުލޫމާތު ހޯދަން ނުޖެހޭ މައްސަލަތަކަށް، ގިނަވެގެން ރަސްމީ މަސައްކަތުގެ 5 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެ.

3-     ރަސްމީ މަސައްކަތުގެ 5 ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ، ޖަވާބުދިނުން ލަސްވާ ސަބަބު އޮޅުން ފިލުވައި ދެވޭނެ، ނުވަތަ ވަގުތީ ޖަވާބެއް ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ދެވޭނެ.

4-     ދައުލަތުގެ އެހެން މުއައްސަސާއަކުން މަޢުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ މައްސަލަތަކަށް، ރަސްމީ މަސައްކަތުގެ 3 ދުވަހާއި، 15 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދެވޭނެ.

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

3

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

1-      އޮފީހުގެ ވެރިޔަކާ ބައްދަލުކުރުމަށް އެދި އެޕޮއިންޓްމަންޓަކަށް އެދިފައިވާނަމަ، ބައްދަލު ކުރައްވާ ވެރިޔަކު ނިންމަވާގޮތެއްގެ މަތިން އެޕޮއިންޓްމަންޓަށް އެދޭ ފަރާތަކަށް، ގިނަވެގެން ރަސްމީ މަސައްކަތު 2 ދުވަހާއި 3 ދުވަހުގެ ތެރޭގައިޖަވާބު ދެވޭނެ.

އައިޑީ ކާޑު ހެދުން

4

އައިޑީ ކާޑު ހެދުން

1-      އައިޑީ ކާޑު ހެދުމަށް އެދޭ ފޯމު ކޮންމެ ރަސްމީ ދުވަހެއްގެ 10:00 އިން 13:00 އަށް ކައުންސިލްގެ އިދާރާގެ ކައުންޓަރުން ބަލައިގަނެވޭނެއެވެ. ކައުންސިލްގެ އިދާރާ ކައުންޓަރުން އަދި ޑީ.އެން.އާރު ގެ ވެބްސައިޓުން ( www.dnr.gov.mv ) ފޯމު ލިބެން ހުންނާނެއެވެ.

2-      ކައުންސިލްގެ އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 3 ދުވަސްތެރޭގައި، ކާޑު ހެދުމަށް ބޭނުންވާ ލިޔެކިޔުމާއި މަޢުލޫމާތު ހޯދައި ފުރިހަމަކުރުމަށްފަހު، އައި.ޑީ ކާޑު ހެދުމަށް ޑީ.އެން.އާރަށް ފޮނުވޭނެއެވެ.

3-      އައިޑީކާޑު ހެދުމަށް ހުށަހަޅާ އެޕްލިކޭޝަންގައި މައްސަލައެއް އޮތްކަމަށް ޑީ.އެން.އާރުން މަޢުލޫމާތު ދެއްވައިފިނަމަ އެކަމެއް ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އިސްލާޙުކޮށް ޑީ.އެން.އާރަށް ފޮނުވޭނެއެވެ.

4-      އަތޮޅު ކައުންސިލުން، ނިމިފައިހުރި އައި.ޑީ ކާޑު ތަކުގެ މަޢުލޫމާތު އަންގާ ދުވަހުން ފެށިގެން ރަސްމީ 5 ދުވަސްތެރޭގައި ކާޑު ގެނެސް، ވެރިފަރާތާ ޙަވާލު ކުރެވޭނެއެވެ. މި ގޮތުން ކައުންސިލަށް ކާޑު ލިބުމުން ކާޑް ލިބިފައިވާކަން އެސް.އެމް.އެސް މެދުވެރިކޮށް އެފަރާތަށް އެންގޭނެއެވެ.

65 އަހަރު ފުރުމުން ޕެންޝަން ފޯމު ފޮނުވުން

5

65 އަހަރު ފުރުމުން ޕެންޝަން ފޯމު ފޮނުވުން

1-      ރަށުގެ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ ތެރެއިން އުމުރުން 65 އަހަރު ފުރޭ ފަރާތްތަކަށް، 65 އަހރު ފުރުމުގެ 15 ދުވަސް ކުރިން ކައުންސިލްގެ އިދާރާއިން އަސާސީ ޕެންޝަނަށް އެދި ފޯމް ހުށަހެޅުމަށް އެންގޭނެއެވެ.

2-      ޕެންޝަނަށް އެދޭ ފޯމް، ކޮންމެ ރަސްމީ ދުވަހެއްގެ 9:00 އިން 14:00 އަށް ކައުންސިލްގެ އިދާރާއިން ބަލައިގަނެވޭނެއެވެ.

3-      ކައުންސިލްގެ އިދާރާއަށް ފޯމް ލިބޭތާ ރަސްމީ 3 ދުވަސް ތެރޭގައި، ފޯމް އަދި ފޯމާއި އެކު ހުށަހަޅަން ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅައިފައިވޭތޯ ބަލައި ޗެކް ކުރުމަށް ފަހު ޕެންޝަން އޮފީހަށް ފޮނުވޭނެއެވެ.

އެކަނިވެރި މައިންގެ ފޯމު އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޯމު ފޮނުވުން

6

އެކަނިވެރި މައިންގެ ފޯމު އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޯމު ފޮނުވުން

1-      ފަޤީރު ޙާލުގައި ދިރިއުޅޭ، އެކަނި  ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމު އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ދަފުތަރުގައި ހިމެނުމާއި މާލީ އެހީތެރިކަމަށް އެދޭ ފޯމު، ކޮންމެ ރަސްމީ ދުވަހެއްގެ 9:00 އިން 14:00 އަށް ކައުންސިލގެ އިދާރާ ކައުންޓަރުންނާއި އީ- މެއިލް ( [email protected] ) ޒަރީޢާއިން ބަލައިގަނެވޭނެއެވެ.

2-      ކައުންސިލްގެ އިދާރާއަށް ފޯމު ލިބޭތާ 3 ދުވަސްތެރޭގައި ބޭނުންވާ ލިޔެކިޔުމާއި މަޢުލޫމާތު ހޯދައި، ދަފުތަރު ކުރުމާއި، މާލީ އެހީ ހަމަޖެއްސުމަށް އެންސްޕާ އަށް ފޮނުވޭނެއެވެ.

ކަށުކަމާ ކެމީގެ ކަންކަން ހަމަޖެއްސުން

7

ކަށުކަމާ ކެމީގެ ކަންކަން ހަމަޖެއްސުން

1-      މަރުފޯމު ކައުންސިލްގެ އިދާރާއަށް ހުށަހެޅުމުން، ކަށުކަމާކެމީގެ ކަންކަމަށް އިންތިޒާމް ކުރުމަށް ކަޑައަޅާފައިވާ ފޯކަލްޕޮއިންޓަށް މަރުފޯމް ލިބުމުން 1 ގަޑިއިރު ތެރޭގައި ޖަނާޒާގެ ކަންކަން އެ ޢާއިލާއަކުން ބޭނުންވާ ގޮތަކަށް ހަމަޖައްސައިދިނުމަށް މަގުފަހި ކޮށްދެވޭނެއެވެ.

މަރުވާމީހުން ރަށްވެހިންގެ ރަޖިސްޓްރީ އިން އުނި ކުރުން

8

މަރުވާމީހުން ރަށްވެހިންގެ ރަޖިސްޓްރީ އިން އުނި ކުރުން

1-      މަރު ފޯމު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން.

2-      ރަސްމީ ބަންދު ނޫން 3 ދުވަސް ތެރޭގައި ކައުންސިލްގެ ރަޖިސްޓްރީން އުނިކުރުމަށްފަހު ނިޔާވެފައިވާ ކަމުގެ ލިޔުން ( މަރު ފޯމް ) ޑީ.އެން.އާރު އަށް ފޮނުވޭނެއެވެ. އަދި 65 އަހަރުވެފައިވާ ފަރާތެއް ނަމަ ޕެންޝަން އޮފީހަށް އެމަޢުލޫމާތު ފޮނުވޭނެއެވެ.

އުފަންދުވަހުގެ ރަޖިސްޓްރީ ހެދުން އަދި އުފަން ދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިންގެ )

9

އުފަންދުވަހުގެ ރަޖިސްޓްރީ ހެދުން އަދި އުފަން ދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިންގެ )

1-      އުފަންދުވަހުގެ ދުވަހުގެ ރަޖިސްޓްރީ / އުފަންދުވަހުގެ ސެޓްފިކެޓް އަދި ރަށްވެއްސަކަށް އެދޭ ފޯމް ހުށަހެޅުން.

2-      ހޮސްޕިޓަލް ނުވަތަ ސިއްޚީ މަރުކަޒުން ފޫޅުމާފޯމު އެންޓަރ ކޮށްފައިވާނަމަ، ރަސްމީ ބަންދު ނޫން 5 ދުވަސް ތެރޭ ސެޓްފިކެޓް ހައްދައި ދެވޭނެ.

އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިން ނޫން )

10

އުފަނދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިން ނޫން )

1-      އުފަންދުވަހުގެ ރަޖިސްޓްރީ / އުފަންދުވަހުގެ ސެޓްފިކެޓް އަދި ރަށްވެއްސަކަށް އެދޭ ފޯމް އަދި ސެޓްފިކެޓް ހަދާ ފަރާތުގެ އައިޑީ ކާޑު ކޮޕީ އަދި ސެޓްފިކެޓް ހަދާ ފަރާތުގެ މަންމަ އަދި ބައްޕަގެ އައިޑީ ކާޑު ކޮޕީ ހުށަހެޅުން

2-      ފޯމް ހުށަހަޅާ ތާރީޚުން ފެށިގެން ބަންދު ނޫން 5 ދުވަސް ތެރޭ ސެޓްފިކެޓް ހަދައި ދެވޭނެ.

ރަށްވެހިންގެ ރަޖިސްޓްރީގައި މީހުން ރަޖިސްޓްރީ ކުރުން

11

ރަށްވެހިންގެ ރަޖިސްޓްރީގައި މީހުން ރަޖިސްޓްރީ ކުރުން

1-      އެ އާއިލާއެއްގެ އިސްމީހާ ސިޓީ އަކުން ރަޖިސްޓްރީ ވުމަށް އެދުން.

2-      ގޭގެ ވެރި ފަރާތުގެ އިޢުތިރަޒެއް ނެތްކަމުގެ ލިޔުމާއި އެކު ބަދަލުވާން ބޭނުންވާ އެޑްރެހާއި، އެޑްރެސް ބަދަލުކުރަން ބޭނުންވާ މީހުންގެ ނަމާއި އެޑްރެސް ހިމަނުއްވައި އެ އެންމެންގެ އައިޑީ ކާޑު ކޮޕީ ހުށަހެޅުން

3-      ފޯމް ހުށަހަޅާ ތާރީޚުން ފެށިގެން ބަންދު ނޫން 7 ދުވަސް ތެރޭ ރަޖިސްޓްރީ ކުރެވޭނެއެވެ.

ރަށްވެހިކަން ބަދަލު ކުރުން

12

ރަށްވެހިކަން ބަދަލު ކުރުން

1-      އެއާއިލާއެއްގެ އިސްމީހާ ސިޓީ އަކުން ޚިދުމަތަށް އެދުން

2-      ރަށްވެހިކަން ބަދަލުވުމަށް އެދޭ ފޯމް ހުށަހެޅުން

3-      އެމީހެއްގެ ރަޖިސްޓްރީ އޮތް ރަށަކުން ޖަވާބު ލިބޭ ތާރީޚުން ފެށިގެން ބަންދު ނޫން 7 ދުވަސްތެރޭގައި ރަށްވެހިކަން ބަދަލުކޮށް ދެވޭނެ.

ނަން ބަދަލު ކުރުން ( 10 އަހަރުން މަތި )

13

ނަން ބަދަލު ކުރުން ( 10 އަހަރުން މަތި )

1-      ނަން ބަދަލު ކުރުމަށް އެދޭ ފޯމާއި ފޯމުގައިވާ ލިޔެކިޔުންތަކާއި، ޤާނޫނީ ފޯމު ފުރައިގެން ހުށަހެޅުން ( ޤާނޫނީ ފޯމު ދޫކުރި ތާ 1 މަސްދުވަސް ހަމަ ވުމުގެ ކުރިން ކައުންސިލަށް ގެނައުން )

2-      ނަން ބަދަލު ކުރުމަށް ހުށަހެޅުނު ޑޮކިއުމަންޓް ތައް DNR އަށް ފޮނުވުމަށްފަހު ޖަވާބު ލިބޭ ތާރީޚުން ފެށިގެން ބަންދު ނޫން 5 ދުވަހު ތެރޭގައި ޚިދުމަތް ލިބޭނެއެވެ.

ނަން ބަދަލުކުރުން ( 10 އަހަރުން ދަށް )

14

ނަން ބަދަލުކުރުން ( 10 އަހަރުން ދަށް )

1-      ނަން ބަދަލުކުރަން އެދޭ ފޯމާއި ފޯމުގައިވާ ލިޔެކިޔުންތަކާއި އެކު ހުށަހެޅުން

2-      ނަން ބަދަލު ކުރުމަށް ހުށަހެޅުނު ޑޮކިއުމަންޓް ތައް DNR އަށް ފޮނުވުމަށްފަހު ޖަވާބު ލިބޭ ތާރީޚުން ފެށިގެން ބަންދު ނޫން 5 ދުވަހު ތެރޭގައި ޚިދުމަތް ލިބޭނެއެވެ.

ހުކުރު،އީދު،ކަށުނަމާދު އަދި ކޭތަ ނަމާދު ކުރުމަށް އިމާމުން ހަމަޖެއްސުން

15

ހުކުރު،އީދު،ކަށުނަމާދު އަދި ކޭތަ ނަމާދު ކުރުމަށް އިމާމުން ހަމަޖެއްސުން

1-      އިމާމުން، މުދިމުން ހަމަޖެއްސުމުގައި ޖަމާޢަތުގައި ހުކުރު، ޢީދު، ކަށުނަމާދު އަދި ކޭތަ ނަމާދު ކުރުމަށް ހުއްދަލިބިވަޑައިގެންފައިވާ ބޭފުޅެއްތޯ ކައުންސިލުން ކަށަވަރުކުރުން

2-      ހުރު،ޢީދު، ކަށުނަމާދު އަދި ކޭތަ ނަމާދު އިމާމުން ހަމަޖެއްސުމަށް ރަސްމީ 1 ދުވަސް ކުރިން އިމާމުން މުދިމުންނަށް އަންގާ ސޮއިކުރުން.

3-      ހުކުރ،ޢީދު،ކަށުނަމާދު އަދި ކޭތަނަމާދު ކުރުމަށް ހުއްދަ ލިބިފައިވާ އިމާމަކު ބަދަލު އިމާމުގެ ގޮތުގައި ހަމަޖައްސާ ނަމާދު ކުރުމުގެ 1 ދުވަސް ކުރިން އަންގާ ސޮއި ކުރުން

ވަޒީފާއަށް އެދި ހުށަހެޅުން

16

ވަޒީފާއަށް އެދި ހުށަހެޅުން

1-      ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމަށް އިޢުލާންގައި ދީފައިވާ މުއްދަތު ތެރޭގައި، ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅާ ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެއްސުން

2-      ވަޒީފާއަށް އެދޭ ފަރާތުން ހުށަހަޅަނީ ރަނގަޅު ފޯމު ކަން އިދާރާގެ ކައުންޓަރުން ކަށަވަރު ކުރުން

3-      ވަޒީފާއަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ބަލައިގަތް ތާރީޚާއި ގަޑި އަދި ބަލައިގަތް މުވައްޒަފުގެ މަޢުލޫމާތު ފުރިހަމަކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަ ނުވާނަމަ، ސްކްރީނިން މަރުޙަލާގައި އެކަން ފާހަގަކޮށް ވަޒީފާއަށް އެދިފައިވާ ފަރާތަށް ލިޔުމުން އެކަން އަންގައ، ރަނގަޅޫ ފޯމް ހުށަހެޅުމަށް 48 ގަޑިއިރު ދެވޭނެއެވެ. މި މުއްދަތުގައި ރަނގަޅު ފޯމު ހުށަހަޅާފައި ނުވާނަމަ އެ ހުށަހެޅުމެއް ބަލާނީ ޝަރުޠު ފުރިހަމަނުވާ ހުށަހެޅުމެއްގެ ގޮތުގައެވެ. އަދި މީގެ އިތުރުން ވަޒީފާއަށް އެދޭ ފޯމާއި އެކު އެއްކަރުދާސްކުރުމަށް ހުށަހެޅޭ ލިޔުންތަކުގެ ތެރެއިން ތަޢުލީމާއި ތަޖުރިބާ އެއްވެސް ލިޔުމެއް ސުންގަޑި ހަމަވުމުގެ ފަހުން ބަލައި ނުގަނެވޭނެ އެވެ.

4-      ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2014 ގެ 78 ވަނަ މާއްދާގެ (ހ) ގެ 1،2،3،6،9 އަދި 11 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވަޒީފާއަށް އައްޔަންކުރުމުގެ ޝަރުޠު ތަކާއި، ވަޒީފާއަށް އެދި ހުށަހެޅުމަށް އިޢުލާންކޮށްފައިވާ މަޤާމުގެ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ބަލައި ޝަރުޠުތަކަށް ނުފެތޭ ހުށަހެޅުންތައް ސްކްރީންކޮށް ވަކިކުރެވޭނެއެވެ. އަދި މިގޮތަށް ވަކިކުރެވޭ ހުށަހެޅުންތައް ބަލާނީ ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތަކެއްކަމުގައެވެ.

5-      އިންޓަވިއު މަރުޙަލާ ފެށުމުގެ ކުރިން ލިޔުމުން ސްކްރީންކުރުމުގެ މަރުޙަލާގައި މަޤާމުގެ ޝަރުޠު ހަމަނުވާކަމަށް ކަނޑައަޅާ ފަރާތްތަކަށް އެފަރާތުގެ ހުށަހެޅުން ހޮވިފައިނުވާ ސަބަބު އެންގޭނެއެވެ. މި ގޮތުން އެފަރާތްތަކަށް އެންގުމުގައި ސްކްރީންކުރުމުގެ ހަމަތަކަށް ރިޢާޔަތްކޮށް ތަފްސީލުކޮށް ބަޔާން ކުރެވޭނެއެވެ.

6-      ވަޒީފާއަށް އެދި 10 ފަރާތަށް ވުރެ ގިނައިން ހުށަހަޅާފައިވާނަމަ، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް އެކަން އެންގޭނެއެވެ.

7-      ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އިންޓަވިއު އަދި އެސެސްމަންޓާއި ޕްރެޒެންޓޭޝަން އޮންނާނެ މުއްދަތު އެންގޭނެއެވެ. އަދި އިންޓަވިއުއަށްފަހު މާރކްސް ލިބުނުގޮތުގެ ތަފްޞީލު ޢާންމު ކުރެވޭނެއެވެ.

8-      މާކްޝީޓް ޢާންމުކުރެވިފައިވާ މުއްދަތުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަރާތުން ޝަކުވާއެއް ލިބިފައި ނުވާނަމަ، އެންމެ މަތިން މާރކްސް ލިބުނު ފަރާތަށް ވަޒީފާ ހަމަޖެއްސުމަށްޓަކައި ސީ.އެސް ވިއުގަ މެދުވެރިކޮށް ސިވިލް ސާރވިސް އަށް ހުށަހެޅޭނެއެވެ.

9-      އަދި ވަޒީފާ ހަމޖެހުމަށްފަހު ޝޯޓްލިސްޓްކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވުނު ފަރާތްތަކަށް ލިޔުމުން އެކަން އެންގޭނެއެވެ.

އެސްޓިމޭޓާއި، ބީލަން ހުށަހެޅުން

17

އެސްޓިމޭޓާއި، ބީލަން ހުށަހެޅުން

1-      ޢާންމު އިޢުލާން ކުރާ ބީލަންތަކާއި ނުވަތަ ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތާ ގުޅިގެން ބީލަން ހުށަހެޅުމަށް ދައުލަތުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް މަދުވެގެން ރަސްމީ ބަންދު ނޫން 7 ދުވަސް ދެވޭނެއެވެ.

2-      ޝަރުޠު ހަމަވާ ބީލަންތަކުގެ އިވެލުއޭޝަން ރަސްމީ 10 ދުވަސް ތެރޭގައި ހެދޭނެއެވެ. އަދި ބީލަން ކާމިޔާބު ކުރި ފަރާތަކަށް 5 ނުވަތަ 7 ދުވަސް ތެރޭގައި މަސައްކަތް ޙަވަލުކުރެވޭނެއެވެ.

3-      ބީލަމާއި ގުޅިގެން ޝަކުވާއެއް ހުށަހާލައިފިނަމަ ރަސްމީ 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއަށް ޖަވާބު ދެވޭނެއެވެ.

ފައިސާ ބަލައިގަތުން

18

ފައިސާ ބަލައިގަތުން

1-      ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް ފައިސާ ބަލައިގަތުމުގެ އެންމެހައި ކަންކަން ކުރިއަށް ދާނެއެވެ.

2-      ކައުންސިލްގެ އިދާރާ އެކައުންޓްތައް

. 7710700308001 ( 1473 ރެވެނިއު 1 )

. 7710700308002 ( 1473 ރެވެނިއު 2 )

. 7710700308003 ( 1473 ޚަރަދު 1 )

. 7710700308004 ( 1473 ޚަރަދު 2 )

3-      އޮންލައިންކޮށް ފައިސާ ޖަމާކުރާ ފަރާތަތަކުން ފައިސާ ޖަމާކުރުމަށް ފަހު މި އިދާރާގެ އީ- މެއިލް [email protected] އަށް ފައިސާޖަމާކުރެވުނުކަން އެގޭ ލިޔުން ( ސްލިޕް ) ފޮނުވުން

ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގާ ފަރާތްތައް "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

19

ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގަ ފަރާތްތައް "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

1-      ވިޔަފާރި ހިންގާ ފަރާތަކަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އިން ދޫކުރާ ވިޔަފާރި ރަޖިސްޓްރީ ކައުންސިލްގެ އިދާރާއަށް ހުށަހަޅާތާ ރަސްމީ 3 ދުވަސްތެރޭގައި ކައުންސިލްގައި އޮންނަ "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި އެ ފަރާތް ހިމެނުމަށްފަހު ރަޖިސްޓްރީ ކުރެވިއްޖެކަން އަދި ކަމާގުޅޭ ވިޔަފާރިކުރުމުގެ ހުއްދަ ލިޔުމުން ލިބިވަޑައިގަންނަވާނެއެވެ.

ގޯތީގެ ކަންމުޑި އެޅުމާއި ކަންވަށްކުރުން

20

ގޯތީގެ ކަންމުޑި އެޅުމާއި ކަންވަށްކުރުން

1-      ގޯތީގެ ކަންމުޑި އެޅުމަށް އެދޭފޯމް ހުށަހެޅުން

2-      ގޯތީގެ ކަންމުޑި އެޅުމަށް އެދޭ ފޯމް ކައުންސިލްގެ އިދާރާ ކައުންޓަރުން ލިބެން ހުންނާނެ

3-      ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތި ސާފުކޮށްފައިވާނަމަ ފޯމް ހުށަހަޅާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެއްދުން

21

އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެއްދުން

1-      އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން

2-      ކައުންސިލްގެ އިދާރާ ކައުންޓަރުން ފޯމު ލިބެން ހުންނާނެއެވެ.

3-      ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމު ފުރިހަމަވެ، ގޯތި ސާފުކޮށް ކަންމުޑި އަޅާފައިވަނަމަ، ފޯމު ހުށަހަޅާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

ދަނޑުވެރިކަމަށް ބިން ދޫކުރުން

22

ދަނޑުވެރިކަމަށް ބިން ދޫކުރުން

1-      ދަނޑުވެރިކަން ކުރުމަށް ހުރިބިތައް ކައުންސިލުން އިޢުލާން ކުރުމުން އެކަމަށް އެދި ފޯމް ފުރިހަމ ކުރުމަށް ފަހު ހުށައެޅުން ނުވަތަ އީ-މެއިލް [email protected] މެދުވެރިކޮށް ހުށަހެޅިދާނެއެވެ.

2-      ޚިދުމަތަށް އެދި ހުށަހަޅާފަރާތަށް ރަސްމީ ބަންދުނޫން 7 ދުވަހުގެ ތެރޭގައި ލިޔުމުން ޖަވާބު ދެވޭނެއެވެ.

ޤާނޫނު ނަންބަރު 1/2014 ( މަޢުލޫމަތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ) ގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމް ތަކަށް ޖަވާބު ދިނުން

23

ޤާނޫނު ނަންބަރު 1/2014 ( މަޢުލޫމަތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ) ގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމް ތަކަށް ޖަވާބު ދިނުން

1-      އެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ޤަވައިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ( 21 ދުވަހުގެ ތެރޭގައި ) ޖަވާބު ދެވޭނެއެވެ.

2-      ޚިދުމަތަށް އެދި ހުށަހެޅުމަށް ބޭނުންވާ ފޯމް ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ފާޑުކިޔުން ހުށަހެޅުން

1-      އޮފީހުން ދޭ ޚިދުމަތަކާއި ގުޅޭ ގޮތުން، ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ނުވަތަ ޚިދުމަތަކަށް ފާޑު ކިޔުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުންތަކަށް މަރުޚަބާ ކިޔަމެވެ. ހުށަހެޅުންތައް ފޮނުވާނީ، [email protected] މި އީ- މެއިލްގެ ޒަރީޢާއިންނެވެ. ނުވަތަ އޮފީހަށް އެޑްރެސްކޮށްފައި ސިޓީ އަކުންނެވެ. ހުށަހެޅުން ހުށަހަޅާ ފަރާތަކަށް އެ ހުށަހެޅުން ލިބުނުކަން ލަސްވެގެން ރަސްމީ މަސައްކަތުގެ 5 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.

2-      މިފަދަ ހުށަހެޅުންތައް ބަލައިގަނެ ވަގުތުން ރަނގަޅުކުރެވެންހުރި ކަންކަން ރަނގަޅުކޮށް ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެއެވެ.

ގުޅުއްވުމަށް:

ފޯން ނަންބަރު:

އީ-މެއިލް: [email protected]

 

30 ނޮވެންބަރު 2021
ހޯދާ