ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓް-ޓައިމް ރިސަރޗް އެސިސްޓެންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރިއަށްގެންދާ ވެލިއުސް ސާރވޭތަކުގައި މަސައްކަތް ކުރާނެ ރިސާރޗް އެސިސްޓެންޓެއް ބޭނުންވެއެވެ. ވެލިއުސް ސާރވޭ އަކީ ރައްޔަތުން ގަބޫލުކުރާ ގަބޫލުކުރުންތަކާއި ދިރިއުޅުމުގެ ކަންކަމުގައި ގެންގުޅޭ ނަޒަރިއްޔާ ދެނެގަތުމަށް ކުރިއަށް ގެންދެވޭ ދިރާސާ ތަކެކެވެ.

 

މަޤާމު:

ޕާޓް-ޓައިމް ރިސާޗް އެސިސްޓެންް ހޯދުން  (ކޮންޓްރެކްޓް)

މުސާރަ:

މަސައްކަތް ކުރަންޖެހޭ ކޮންމެ ގަޑިއިރަކަށް 50 ރުފިޔާ

މަސައްކަތްކުރަންޖެހޭ މުއްދަތު:

ކޮންޓްރެކްޓް ކުރެވޭ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ މުއްދަތަށް.

މަސައްކަތް ފެށުމަށް އަންދާޒާކުރެވޭ ތާރީޚު: 8 ޑިސެންބަރު 2021

ބޭނުންވާ ޢަދަދު:

01

ޝަރުތު:

  1. ސޯޝަލް ޑިވެލޮޕްމަންޓަލް ސްޓަޑީޒް ނުވަތަ ސޯޝަލޮޖީ ނުވަތަ ސޯޝަލް ސައިންސަސް ނުވަތަ މިފަދަ އިޖުތިމާއީ ކަންކަމާ ގުޅުންހުރި ދާއިރާއަކުން ބެޗަލަރޒް ޑިގްރީ ހާސިލުކޮށްފައިވުން.
    މީގެ އިތުރުން މިފަދަ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  2. އެސް.ޕީ.އެސް.އެސް. އަށް އަހުލުވެރިވެފައިވުން.
  3. ރިސާރޗު މަސައްކަތްތަކުގެ (ޚާއްސަކޮށް ކޮންޓިޓޭޓިވް ޑާޓާ އެނެލިސިސްގެ) ތަޖުރިބާ ލިބިފައިވުން. ތަޖުރިބާ ބެލުމުގައި ޝާއިއުކޮށްފައިވާ ޖާރނަލް އާޓިކަލް އަދި މަސައްކަތުގެ ތަޖުރިބާގެ ލިޔުމަށް ރިޔާއަތް ކުރެވޭނެއެވެ)
  4. ޤައުމީ ޔުނިވަރސިޓީގައި ކިޔަވައިދެއްވާ ދާރިސުންނަށް އިސްކަންދެވޭނެއެވެ.

ކުރާންޖެހޭ މަސައްކަތް:

ސަރވޭ ޑޭޓާތައް އެނަލައިޒްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

ދިރާސާގެ ހޯދުންތަކުގެ މައްޗަށް ޝާއިއުކުރެވޭ ކަރުދާސްތައް ލިޔުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި އެނަލައިޒްކުރުމުގައި ދިރާސާ ޓީމަށް އެހީތެރިވުން.

ދިރާސާއާ ގުޅޭ އިދާރީ މަސައްކަތް ކުރުން.

(މަސައްކަތް ކުރިއަށްގެންދާނީ "ވޯކް-ފްރޮމް-ހޯމް" އުސޫލުންނެވެ)

މަސައްކަތްކުރާން ޖެހޭ ވަގުތު:

އެވްރެޖްކޮށް ހަފްތާއަކު 5 ދުވަހު، ދުވާލަކު 5 ގަޑިއިރު މަސަައްކަތަށް ހޭދަވާނެއެވެ.

ސިޓީއާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް:

 

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ

- މަސައްކަތުގެ ދާއިރާގެ ސެޓްފިކެޓްގެ ސާފު ކޮޕީ

- މަސައްކަތުގެ ތަޖުރިބާގެ ލިޔުން

- ވަނަވަރު (ސީވީ ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު: ހުރިހާ ލިޔުމެއް ހުންނަން ވާނީ ޕީ.ޑީ.އެފް ކުރުމަށް ފަހު 1 ޑޮކިއުމެންޓެއް ގޮތުގައެވެ.

              

ވީމާ، މިކަމަށް އެދިވަޑައި ގަންނަވާ ފަރާތްތަކުން 6 ޑިސެންބަރު 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އާޓްސް ([email protected]) އަށް ސިޓީ ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3345277 ނަންބަރާ ގުޅުއްވުން އެދެމެވެ.

30 ނޮވެންބަރު 2021
ހޯދާ