ބާރަށު ސްކޫލް، ހއ. ބާރަށް
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލް އިން 15 އޮގަސްޓް 2021 ގައި ކޮށްފައިވާ އިއުލާން (އިއުލާން ނަންބަރ GS76/IUL/2021/22) ބާތިލްކޮށް މިސްކޫލުންދީފައިވާ މިންތަކާއި އެއްގޮތަށް މިސްކޫލް ސްޓާފްރޫމްގައި 1 (އެކެއް) ފާހާނާ ހެދުމަށް ބޭނުންވެއެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ބާރަށު ސްކޫލު އޮފީހަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 9 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށައެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފްކުރާ ފަރާތްތަކަށެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެފަދަ ސިޓީއެއް، އަދި ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ފޮނުވާނަމަ އެއީ ކޮން ކުންފުންޏެއް ނުވަތަ ކޮން ނަމެއްގައިވާ ވިޔަފާރިއަކުންކަން އެނގޭނެ ކުންފުނީގެ، ވިޔަފާރީގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދި ދަންނަވަމެވެ. މިމަސައްކަތަށް އެދި ކުރިމަތިލައްވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް އެއް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީ އުރައިގެ ބޭރުގައި " ހއ. ބާރަށު ސްކޫލުގެ ސްޓާފްރޫމްގައި 1 (އެކެއް) ފާހާނާ ހެދުމަށް ބޭނުންވެއެވެ " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބިޑު ހުށައަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.                 މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ

30 ނޮވެންބަރު 2021
ހޯދާ