ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސޮފްޓްވެއަރ އިންޖިނިއަރ - ގަވަރމަންޓް ޓެކްނޮލޮޖީ ސްޓެކް

އިއުލާން

 

ގަވަރމަންޓް ޓެކްނޮލޮޖީ ސްޓެކް އިނީޝިއޭޓިވްގެ މަޤްސަދަކީ ސަރުކާރުން ފޯރުކޮށްދޭން ބޭނުންވާ އައު ހިދުމަތްތައް ފަސޭހަކަމާއި ހަލުވިކަމާއެކު ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެ ނިޒާމެއް ޤާއިމުކުރުމެވެ.

 

މަޤާމް:

ސޮފްޓްވެއަރ އިންޖިނިއަރ

ބޭނުންވާ އަދަދު:

04 (ހަތަރެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ / މާލެ، ދިވެހިރާއްޖެ

މި މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކުރެވިފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

މަޤާމަށް އެދި ހުށަހަޅުއްވަންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 08 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ޓަރމްސް އޮފް ރިފަރަންސްގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއި އެކު މިއޮފީހުގެ އީމެއިލް: [email protected] ފޮނުއްވުން އެދެމެވެ. އީމެއިލް ލިބުނުކަމުގައި ބަލާނީ މި އިދާރާއަށް އީމެއިލް ލިބިފައިވާ ގަޑިއެވެ.

މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3344000 އަށެވެ. އީމެއިލް ކުރާނީ  [email protected] އަށެވެ.

30 ނޮވެންބަރު 2021
ހޯދާ