މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިޢުލާން

މިމިނިސްޓްރީން ވިލިމާލޭގައި ޤާއިމުކޮށްފައިވާ ވެޓެރިނަރީ ސާވިސް ހިންގާ ޢިމާރާތުގައި ކަތުރުފަނި އަޅައިގެން ޢިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ޢިމާރާތް މަރާމާތުކުރުމަށްޓަކައި ޢާއްމު ފަރާތްތައް ގެންގުޅޭ ޕެޓް ޖަނަވާރަށް އެތަނުން ދެމުންގެންދިޔަ ބޭސްފަރުވާގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑައިލިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

އަދި ދަންނަވަމެވެ. އަމިއްލަ ބައެއް ފަރާތްތަކުން ޕެޓް ޖަނަވާރަށް ބޭސްފަރުވާގެ ޚިދުމަތްދިނުމަށް ވެޓެރިނަރީ ކްލިނިކް މިހާރު ޤާއިމުކޮށްފައިވާތީ، 1 ޖަނަވަރީ 2022 އިން ފެށިން ވިލިމާލޭގައި މިމިނިސްޓްރީން ޤާއިމުކޮށްފައިވާ ވެޓެރިނަރީ ސާވިސްއިން ޕެޓް ޖަނަވާރަށް ބޭސްފަރުވާގެ ޚިދުމަތްދިނުން ރަސްމީގޮތުން ހުއްޓައިލުމަށްވަނީ ހަމަޖެހިފައެވެ. އަދި މިއިޢުލާނުގެ ތާރީޚުން ފެށިގެން ޕެޓް ޖަނަވާރަށް ބޭސްފަރުވާދިނުމަށް އިތުރަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދިނުން ހުއްޓައިލުމަށްފަހު، އިރުރަށް ޚިދުމަތްދޭނީ ޕެޓް ޖަނަވާރުގެ ސާޖަރީއަށް އެދި މިހާތަނަށް ހުށަހަޅާފައިވާ ފަތާތްތަކަށް ދޫކޮށްފައިވާ އެޕޮއިންޓްމަންޓްތަކަށް އެކަނިކަމުގައި ދެންނެވީމެވެ.

އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ނަންބަރު 3339220،3339212 ފޯނަށް ރަސްމީގަޑިގައި ގުޅުއްވުން އެދެމެވެ. އަދި އިމަޖެންސީ ޙާލަތްތަކުގައި ވެޓެރިނަރީ ސާވިސްގެ ހޮޓްލައިން ނަންބަރު 7448286 ފޯނަށް ގުޅުއްވުން އެދެމެވެ. 

29 ނޮވެންބަރު 2021
ހޯދާ