ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ:
މި މިނިސްޓްރީގެ ދަށުން ވިލިމާލޭގައި ހިންގަމުންގެންދާ ކުޑަކުދިންގެ ހިޔާގެ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)459-PL/459/2021/80 އިޢުލާނުގައި މަޢުލޫމާތު ޝީޓް ހިމެނިފައިނުވާތީ މަޢުލޫމާތު ޝީޓް އެޓޭޗްކޮށް އަލުން އިޢުލާން ޕަބްލިޝްކުރަމެވެ.
ވީމާ، މި އިޢުލާނުގައި އެޓޭޗްކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށ އަންދާސީ ހިސާބު ތައްޔާރުކުރައްވައި، އަންދާސީ ހިސާބު ހުށަހެޅުވުމަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އަރުވަމެވެ.
މި އިޢުލާނުގައި މައުލޫމާތު ޝީޓު އެޓޭޗްކުރެވިފައިވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން ބައްލަވާލެއްވުން |
28 ނޮވެމްބަރު 2021 |
އާދިއްތަ |
10:00 |
ކުޑަކުދިންގެހިޔާ (ކ.ވިލިނގިލި) |
އަންދާސީ ހިސާބު ހުށައެޅުއްވުން |
2 ޑިސެމްބަރު 2021 |
ބުދަ |
13:00 |
މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް މ.ސީޓްރެކް ބިލްޑިންގ (07 ވަނަ ފަންގިފިލާ) / ގުރާބުތުނޑި ހިގުން |