ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ބާރަށު ސިނާޢީ ސަރަޙައްދުން ބީލަމުގެ އުޞޫލުން ބިން ކުއްޔަށް ދޫކުރުން.

އިޢުލާން

ނަމްބަރު:  (IUL)257/257/2021/55

ހއ.ބާރަށު ސިނާޢީ ސަރަޙައްދުން ބިން ކުއްޔަށް ދޫކުރުން.

 

 ހއ.ބާރަށު ސިނާޢީ ސަރަޙައްދުން (ތެލުގެ ވިޔަފާރިކުރުމާއި، މަހުގެ ބާވަތްތައް އުފެއްދުމާއި،ވޯރކްޝޮޕް ހިންގުމާއި ގުދަން އަދި ވަޑާންގެ ހެދެމަށް) ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

 ވީމާ ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން،  ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ.  ރަޖިސްޓަރވުމަށް އެދޭ ފޯމު މިއިޢުލާންއާއިއެކު ގެޒެޓުގައި އެޓޭޗުކުރެވިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމު ހުށަހަޅުއްވާނަމަ ފޮނުއްވާނީ [email protected] އަށެވެ. އީމެއިލް އިދާރާއަށް ލިބުނުކަން ކަށަވަރު ކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. އިޢުލާންއާއިގުޅޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީވާ ފަރާތްތަކަށް  ދޫކުރެވޭނެއެވެ. އަދި  ބީލަން ހުށަހެޅުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެކަމުގައި ދެންނެވީމެވެ.

ބިމަށްއެދޭ ފަރާތްތަކުގެ ހުންނަންޖެހޭ ޝަތުރު:

2.1  ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުންޏެއް ނުވަތަ ޕާޓްނާރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމުގައިވުން.

2.2  މީގެކުރިންވެސް މިފަދަ ބިމެއް ދޫކޮށް، ޤަވާޢިދާއި ޚިލާފުވެގެން ބިން ވަކިކުރި ފަރާތެއްނަމަ، ވަކިކުރިތާ މީލާދީ 1 (އެކެއް) އަހަރު ވެފައިވުން. އަދި އެކަމާއިގުޅިގެން ޚަލާސްކުރަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ، އެފައިސާއެއް ޚަލާސްކޮށްފައިވުން.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުން.

05 ޑިސެމްބަރު 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން.

ޕްރި-ބިޑް ބައްދަލުވުން.

05 ޑިސެމްބަރު 2021 ވާ އާދީއްތަ  ދުވަހުގެ 13:05 ގައި ބާރަށުކައުންސިލް އިދާރާގައި.

ބީލަން ބަލައިގަތުމާއި ހުޅުވުން.

13 ޑިސެމްބަރު 2021 ވާ ހޯމަ ދުވަހުގެ 13:00 ބާރަށު ކައުންސިލް އިދާރާގައި.

 

                  ޕްރި-ބިޑް ބައްދަލުވުމުގައި ބައިވެރިވުމަށާއި، ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. ޕްރި-ބިޑް ބައްދަލުވުމުގައި ބައިވެރިނުވިނަމަވެސް ރަޖިސްޓަރކޮށްފައިވާނަމަ ބީލަން ހުށަހެޅޭނެއެވެ. ބީލަންތައް ހުޅުވާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

                  ވީމާ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                    23 ރަބީޢުލްއާޙިރު 1443

                      28  ނޮވެމްބަރު  2021      

28 ނޮވެންބަރު 2021
ހޯދާ