ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ސ.ހިތަދޫ ކެމްޕަސް)

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ސ.ހިތަދޫ ކެމްޕަސް)
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

ގްރޭޑް:

05

ސްޕައިން ޕޮއިންޓް:

24

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސ.ހިތަދޫ ކެމްޕަސް

ވަޒީފާގެ ބާވަތް:

ދާއިމީ

މަޤާމުގެ މުސާރަ:

މަހަކު 7,151/26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064/83 ރުފިޔާ

ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

 

  • މަސައްކަތުގެ ދާއިރާއިން އެމް.އެންކިޔޫ.އެފް ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން، ނުވަތަ،
  • މަސައްކަތުގެ ދާއިރާއިން އެމް.އެންކިޔޫ.އެފް ލެވެލް 5 ގެ ސެޓްފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  • މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ކެމްޕަސްގެ ބަޖެޓް އެކުލަވާލުމުގައި އިދާރީ މަރުކަޒާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ބެލެހެއްޓުން.
  2. ބަޖެޓް ބާކީކޮށް ބެލެހެއްޓުމާއި ތިޖޫރީ ބެހެލެއްޓުމާއި ތިޖޫރީ ރިޕޯޓާއި އަދި ޚަރަދު ރިޕޯޓްތައް ތައްޔާރުކުރުން.
  3. ފައިސާ އާއި ބެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.
  4. ކެމްޕަސްއިން އެކިފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމާއިގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި އިންތިޒާމް ކުރުން.
  5. ޕޭޝީޓް ބެލެހެއްޓުން.
  6. ބޭންކް އިން ފައިސާނެގުމާއި ފައިސާ ޖަމާކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  7. ކެމްޕަސްއަށް ފައިސާ ބަލައިގަތުމާއި ހިސާބުތައް ބެލެހެއްޓުން.
  8. ތަނުގެ މުވައްޒަފުންގެ މަސައްކަތުގެ ވައްޓަފާޅި ދެނެގަނެ، ކަންކުރާނޭ އައުގޮތްތައް ދެނެގަނެ އެފަދަ ކަންކަން ދަސްކޮށްދީ މަސައްކަތުގެ މާހައުލު ރަގަޅުކުރުން.
  9. ތާވަލް ކުރެވިފައިވާ ގަޑިތަކުގައި އޮފީސް ހުޅުވުމާއި ކިޔެވުން އޮންނަ 15 ހަފްތާގައި، ހަފްތާއަކު އެއްފަހަރު ޑިއުޓީ އަދާކުރުން.
  10. ނުރަސްމީ ގަޑިތަކުގައި އޮފީސް ހުޅުވަންޖެހޭ ވަގުތު ތަކުގައި ކަނޑައެޅިފައިވާ އުސޫލެއްގެ މަތީން އޮފީސް ހުޅުވައި ޑިއުޓީ އަދާކުރުން.
  11. މުވައްޒަފަކު ޗުއްޓީއަށް ދިއުމުން ވަގުތީ ގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައް ކުރުން.
  12. ކެމްޕަސް މާރކެޓް ކުރުމުގައި އަމަލީގޮތުން ބައިވެރިވެ ކުރެވެންހުރި އެންމެހާކަންކަން އިސްނަގައިގެން ކުރުން / ކެމްޕަސް ކޯސްތައް އިޝްތިހާރު ކުރުމުގައި ބައިވެރިވުން.
  13. ވަޒީފާއާއި ގުޅޭގޮތުން ކެމްޕަސް މެނޭޖަރ ހަވާލުކުރާ މިނޫންވެސް އެހެން ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

  • 2021 ޑިސެންބަރު 05 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިކޮށް.

https://tinyurl.com/MNU-HC-2021-200

 

 

 

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

https://tinyurl.com/Job-Application-Form--Dhivehi

https://tinyurl.com/Job-Application-Form--English

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްޢޫލިއްޔަތާއި، ވަޒީފާ އަދާކުރަން ފެއްޓެވި ތާރީޚް އަދި އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަމްބަރު ފޯނަށެވެ.
28 ނޮވެންބަރު 2021
ހޯދާ