އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު: 2021/R-154) ގެ ދަށުން މޫދަށް ކުނި އެޅުން ހުއްޓާލުމަށްގެނައި ބަދަލާގުޅޭ

(PR)203-WST/203/2021/2 :ނަންބަރު                                                                   

 

ނޫސް ބަޔާން

ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު: 2021/R-154) ގެ ދަށުން މޫދަށް ކުނި އެޅުން ހުއްޓާލުމަށްގެނައި ބަދަލާގުޅޭ

            ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު: 2021/R-154) ގެ ދަށުންއެ ގަވާއިދުގެ، 5.3.3 ވަނަ މާއްދާ ވަނީ އުވާލައިފައެވެ. މި އުވާލައިފައިވާ މާއްދާއަކީ (ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ އުކާލެވޭނީ ހަމަ އެކަނި ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލައަށް ނެތި ފަނާވެދާ ތަކެއްޗެވެ. އަދި މިގޮތުން އުކާލެވޭ އަމިއްލައަށް ފަނާވެނެތިދާ ކުނި އުކާލަން ޖެހޭނީ އަތޮޅުން ބޭރަށް ވަޔާއި އޮޔަށް ބަލައި ރަށްރަށަށް ނުލައްގާ ގޮތަށެވެ.) މި ގަވާއިދަށް ގެނެވުނު މިއިސްލާހަކީ ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށްވާތީ މިއޭޖެންސީއިން މިކަން ފާހަގަކޮށް މަރުހަބާ ކިޔަމެވެ. މިގަވާއިދަށް ގެނެވުނު އިސްލާހާއެކު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުންޏެއް މޫދަށް އެޅުމަކީ މަނާކަމެކެވެ.

            ހަމަ މިއާއެކު، ކުނިއުފައްދާ ހުރިހާ ފަރާތަކުންވެސް އުފައްދާ ކުނި ކުނިމެނޭޖްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު: 2013/R-58) ގެ 5 ވަނަ އިސްލާހިގައި ބަޔާންކޮށްފައިވާ ގޮތަށް ބައިބަޔަށް ވަކިކޮށް ބެހެއްޓުމަށް ދަންނަވަމެވެ. އަދި ކުނިމަދުކުރުމަށާއި، އަލުން ބޭނުންކުރުމާއި އަދި ކުނިން ބޭނުންތެރި ތަކެތި އުފެއްދުމަށް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންހިފުމަށް އިސްކަންދިނުމަށް މި އެޖެންސީން އިލްތިމާސްކުރަމެވެ. އަދި މި ފުރުސަތުގައި މިގޮތަށް ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް ޝުކުރުދަންނަވަމެވެ.

             

..........................................................

23 ރަބީއުލްއާޚިރު 1443

                                        28 ނޮވެމްބަރ 2021

 

28 ނޮވެންބަރު 2021
ހޯދާ