ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ މައި ދޮރާއި، ކުޑަދޮރުތަކާއި، ފެންލައިޓްތައް އެލުމިނިއަމް ދޮރަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

މި އިޢުލާންވަނީ 05 ޑިސެންބަރު 2021 13:14 ގައި ބާތިލް ކުރެވިފައެވެ.


އަންދާސީ ހިސާބު ބޭނުންވެއްޖެ.

 

މިކޯޓުގެ މައި ދޮރާއި، ކުޑަދޮރުތަކާއި، ފެންލައިޓްތައް އެލުމިނިއަމް ދޮރަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މިކޯޓުގެ މައި ދޮރާއި، ކުޑަދޮރުތަކާއި، ފެންލައިޓްތައް އެލުމިނިއަމް ދޮރަށް ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 04 ޑިސެމްބަރ 2021 ދުވަހުގެ 10:00 އަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި، މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރަޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6620360 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

     އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 09 ޑިސެމްބަރ 2021 

     އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00

     އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓު 

23 ރަބީޢުލްއާޚިރު 1443

 

28 ނޮވެންބަރު 2021
ހޯދާ