ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މޮބައިލް ފައިލިން ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް

 (IUL)196-C/1/2021/78 :ނަންބަރު                                                  

                                   އިޢުލާން

 

މިއޮފީހަށް ބޭނުންވާ މޮބައިލް ފައިލިން ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުން ނަންބަރު (IUL)196-C/1/2021/70 (01 ނޮވެންބަރު 2021) އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުގައި މައުލޫމާތު ފުރިހަމާނުވާތީ އަންދާސީ ހިސާބު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލައި އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް 2021 ޑިސެންބަރު 6 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމަށް ފަހު، ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

ޢިޢުލާން ނަންބަރު:

ކުންފުނީގެ ނަން:

ބީލަމުގައި ރަޖިސްޓްރީ ވުމަށް ހުށަހެޅި ފަރާތުގެ ނަން:

މާޤާމް:

އީމެއިލް:

ފޯނު ނަންބަރު:

ބީލަމުގައި ރަޖިސްޓްރީވުމަށާއި އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected]   އަށް މެއިލްކުރެއްވުން އެދެމެވެ. މެއިލް ކުރެއްވުމަށްފަހު ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާކަން ކަށަވަރުކުރުމަށް، މެއިލް މިއޮފީހަށް ލިބިފައިވާކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ އަމިއްލަ ޒިންމާއެކެވެ.

 

އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން: 2021 ޑިސެންބަރު 13 ވާ ހޯމަ ދުވަހުގެ 11:00 ގައި މިއޮފީހުގައެވެ.

ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

 

                                23 ރަބީޢުލްއާޚިރު 1443

28 ނޮވެންބަރު 2021
ހޯދާ