އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލްގެ ވަށާފާރު އާކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

             މި ސްކޫލުގެ ހުޅަނގުފަރާތުގެ ވަށާފާރު (އަމިއްލަ ތަކެތީގައި) ރޭނުމާއި އެކަމާއިގުޅުންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

             ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.

             ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ތަފްސީލް

ތާރީހް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

2 ޑިސެމްބަރ 2021

ބުރާސްފަތި

11:00

އަންދާސީ ހިސާބު ހުށަހެޅުން

7 ޑިސެމްބަރ 2021

އަންގާރަ

11:00

28 ނޮވެންބަރު 2021
ހޯދާ