ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޝަރުޢީ އަގުކޮމިޓީގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ

މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޝަރުޢީގޮތުން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށާއި، އިންސްޕެކްޓްކުރުމަށާއި، އެސެސްމަންޓްތައް ހެދުމަށް ބޭނުންވާތީ އެފަދަ ތަންތަނާއި ތަކެތި އަގުކޮށްދޭނެ ފަރާތްތައް އައްޔަންކޮށް އަގު ކޮމިޓީގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ.

އަގުކުރާ ތަންތަނާއި ތަކެތީގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގައި ތަފާތު އެކި ފަންނުތައް ހިމެނޭތީ، އަގު ކޮމިޓީގެ ދަފްތަރުގައި ބައިވެރިވުމަށް ޝައުޤުވެރިވާ މީހުން އެމީހަކު ފަންނުވެރިވެފައިވާ ކަމެއް ބަޔާންކޮށް، އެދާއިރާއަކުން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ އަންގައިދޭ ލިޔުންތަކާއި، ސެޓްފިކެޓުތަކުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

އަގުކޮމިޓީގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މަސައްކަތް ޙަވާލުކުރެވޭނީ އޭގެ ތެރެއިން އެވަގުތަކު ކުރަން ބޭނުންވާ ކަމަކާއި ގުޅޭގޮތުން އެންމެ ބޮޑަށް މަޢުލޫމާތާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ.

  • އަގުކޮމިޓީގެ މުއްދަތު: ދަފްތަރުގައި މެންބަރުން ހިމެނުމަށް ހަމަޖެހިފައިވަނީ 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
  • މަސައްކަތުގެ އުޖޫރަ: މަސައްކަތުގައި އުޅޭ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ.
  • ހުށަހަޅަންޖެހޭ ތަކެތި:
  1. މިކަމަށް އެދި ހުށަހަޅާ ސިޓީ.
  2. އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި މި ދާއިރާއިން ތަމްރީނެއް ނުވަތަ ތަޖުރިބާއެއް ލިބިފައިވާނަމަ އެކަން އެނގޭފަދަ ލިޔުމެއް.

ޝަރުޠު:

  • ގޯތިގެދޮރާއި އެހެންވެސް އެފަދަ ތަންތަނާއި ތަކެތި އަގު ކުރުމުގެ ފަންނީ އަދި ޢަމަލީ މަޢުލޫމާތު ލިބިފައިވުމާއި އަދި އެކަމަށް އެކަށޭނެ މިންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން.
  • އަތޮޅުގެ އެހެން ރަށަކަށް އަގުކުރުމަށް ދާންޖެހިއްޖެ ޙާލަތެއްގައި ދަތުރުކުރެވޭފަދަ މީހަކަށްވުން.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިދަފްތަރަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ފޯމު ފުރިހަމަކުރުމަށްފަހު އިސްވެ ދެންނެވުނު ލިޔުންތަކާއި އެކު މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

28 ނޮވެންބަރު 2021
ހޯދާ