ދަމަނަވެށި
ދިވެހިރާއްޖެ
ސޯޝަލް ސަރވިސް ވަރކަރ

މަޤާމު

ސޯޝަލް ސަރވިސް ވަރކަރ

މަޤާމުގެ ނަންބަރު

J-346222

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޝަން/ ސެކްޝަން

ލައިފް ސްޓައިލް ޑިސީސެސް ސެކްޝަން، ސައިކޯސޯޝަލް ސަޕޯޓް ސަރވިސަސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

ދަމަނަ ވެށި، ކ.މާލެ

މުސާރަ

-/6295 ރުފިޔާ    

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. 1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. 2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. 3. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/900 ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: ސޯޝަލް ސަރވިސަސް، ސޯޝަލް ވޯރކް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ދަމަނަ ވެއްޓަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއި، އަދި ދަމަނަ ވެށީގައި ހިންގާ ކްލިނިކްތަކާއި ޕްރޮގްރާމްތަކުގައި ރަޖިސްޓަރ ވެފައިވާ ފަރާތްތަކާއި އެމީހުންގެ އާއިލާތަކަށް ނަފްސާނީ އިޖްތިމާއީ އެހީތެރިކަމަށް ބޭނުންވެފައިވާ ނަމަ، ސައިކޯ ސޯޝަލް އެސެސްމެންޓް ހަދާ، ހަވާލުކުރެވޭ ކޭސްތައް ރަނގަޅަށް ދިރާސާކޮށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
  2. ދަމަނަ ވެއްޓަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއި، އަދި ދަމަނަ ވެށީގައި ހިންގާ ކްލިނިކްތަކާއި ޕްރޮގްރާމްތަކުގައި ރަޖިސްޓަރ ވެފައިވާ ފަރާތްތަކާއި އެމީހުންގެ އާއިލާތަކަށް ނަފްސާނީ އިޖްތިމާއީ އެހީތެރިކަމަށް ބޭނުންވެފައިވާ ނަމަ، ބޭނުންވާ ޙިދުމަތް ދެނެގަތުމަށްފަހު އިންޓަވެންޝްން ޕްލޭން އަދި ޓްރީޓްމެން ޕްލޭން ތައްޔާރު ކުރުން.
  3. ދަމަނަ ވެއްޓަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއި، އަދި ދަމަނަ ވެށީގައި ހިންގާ ކްލިނިކްތަކާއި ޕްރޮގްރާމްތަކުގައި ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށް ސައިކޯ ސޯޝަލް ސަޕޯޓް އިންޓަވެންޝަން ދިނުން ނުވަތަ އިތުރު އެހީތެރިކަން ބެނުންވާ ނަމަ ރިފަރަލްސް ހެދުން.
  4. ދަމަނަ ވެއްޓަށް ނަފްސާނީ އިޖްތިމާއީ އިހީ ހޯދަން އަންނަ ފަރާތްތަކަށް ދެވޭ ޚިދުމަތްތަކާއި، އަދި ދަމަނަ ވެށީގައި ހިންގާ ކްލިނިކްތަކާއި ޕްރޮގްރާމްތަކުގައި ރަޖިސްޓަރ ވެފައިވާ ފަރާތްތަކުގެ ޙާލަތު މޮނީޓަރކުރުމާއި ޕްރޮގުރަސް ރިޕޯރޓު ހެދުން އަދި އެފަރާތްތަކުގެ އެސެސްމަންޓުތަކާއި ސޯޝަލް އިންކުއަރީ ރިޕޯރޓުތައް ހެދުން  އަދި ކުރެވޭ ކޭސްތަކުގެ ކޭސް ޓްރެކް އަދި ސްޓެޓިސްޓިކް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. ދަމަނަ ވެއްޓަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއި، އަދި ދަމަނަ ވެށީގައި ހިންގާ ކްލިނިކްތަކާއި ޕްރޮގްރާމްތަކުގައި ރަޖިސްޓަރ ވެފައިވާ ފަރާތްތަކުގެ ތެރެއިން ހޯމް ވިޒިޓް ހަދަން ޖެހޭ މީހުންނަށް ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލީ ގޮތުން ބައިވެރިވުން.
  6. ނަފްސާނީ ބަލި ތަހައްމަލް ކުރާ މީހުންގެ ތެރެއިން އެކި އެކި ސަބަބުތަކާއި ހެދި ހާލަތު ގޯސްވުމުގެ ސަބަބުން އަވަސް އެހީ ބޭނުންވާ ފަރާތްތަކަށް އެހާލަތާކައި ގުޅިގެން ދެވެން ހުންނަ އިންޓަވެންޝަން ދިނުމަށް ކަމާއި ގުޅުން ހުރި ފަރާތްތަކާއި އެކު މަސައްތައްކަތްކުރުން.
  7. ޚިދުމަތް ހޯދާ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓުމާއި ރަނގަޅު ހެޔޮ ގުޅުމެޢް ޤާއިމްކުރުން. އަދި ޚިދުމަތްހޯދާ ފަރާތްތަކުގެ ސިއްރު ހިފެހެއްޓުމާއި އެފަރާތްތަކުގެ ރެކޯޑުތައް ޤަވައިދުން ބަލަހައްޓަމުން ގެންދިއުން. އަދި ރިޕޯރޓްތައް ފޮނުވަންޖެހޭ މުއްދަތަށް ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވާއިދުން ފޮނުވުން.
  8. މެދުކެނޑުމެއްނެތި ބަލިމީހުންނަށް ބޭނުންވާ ފަރުވާ ހިއްސާކޮށް ފަރުވާ ދިނުމުގެ ޕްރޮގްރާމް ރާވާ ދެވުނު ފަރުވާގެ ނަތީޖާ ބަލާ ރަނގަޅު ބަދަލްތައް ގެނައުމަށް މަސައްކަތް ކުރުން. އަދި މުޖުތަމައުގެ އިޖްތިމާއީ ހާލަތު އަދި ނަފްސާނީ ހާލަތު ރަނގަޅު ކުރުމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  9. ޞިއްޙީ އިމަޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
  10. ދަމަނަ ވެށީގައިކުރެވޭ އެކިއެކި މަސައްކަތަކާއި ހެލްތް ޕްރޮމޯޝަން އެކްޓިވިޓީތަކުގައި އެހެން މުވައްޒަފުންނަށް އެއްބާރުލުންދީ ޢަމަލީ ގޮތުން ބައިވެރިވުން. އަދި ފާހަގަކުރާ މުޙިއްމު އެކި މުނާސަބަތުތަކާއި ގުޅޭގޮތުން ތަން ޒީނަތްތެރި ކުރުމާއި ތަން ތައްޔާރުކުން/ ނުވަތަ އެފަދަ އިވެންޓްތަކަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ބޭނުންވާތަކެތި ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  11. ދަމަނަ ވެށިން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަބަދުވެސް ގަދަ އަޅައި މަސައްކަތް ކުރުން. މީގެ އިތުރުން ވެސް އިދާރާގެ ވެރިން އަންގަވާ ގޮތެއްގެ މަތިން، ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅުން ހުރި އޮފީހުގެ އެހެނިހެން މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުތުތައް

  1. 1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • ސޯޝަލް ވޯރކް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

  • ސޯޝަލް ވޯރކް

ގުޅޭ ވަޒީފާގެ ދާއިރާ

  • ސޯޝަލް ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)ރާއްޖޭގެ މަތީތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލްސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެމުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،އަދި ވަޒީފާގެމުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލްސަރވިސްގެ ތަޖުރިބާގެތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

  (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

7. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސެންސްގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިޕަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ  06 ޑިސެމްބަރު 2021 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާނު، އޮންނާނެތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) އަދި އިންޓަރވިއު އޮންނާނީ،2021 ޑިސެމްބަރު މަހު ދަމަނަ ވެށީގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected]   އަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3322403 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ"  http://www.csc.gov.mv/recruitment-usoolu  އިން ލިބެން ހުންނާނެއެވެ.

28 ނޮވެންބަރު 2021
ހޯދާ