ދަމަނަވެށި
ދިވެހިރާއްޖެ
ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ

މަޤާމު

ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ނަންބަރު

J-244104

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޝަން/ ސެކްޝަން

ލައިފް ސްޓައިލް ޑިސީސެސް ސެކްޝަން، އެން.ޑީ.ސީ ޕްރޮގްރާމްސް އެންޑް ޕްރިވެންޝަން ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

ދަމަނަ ވެށި، ކ.މާލެ

މުސާރަ

-/5610 ރުފިޔާ    

ސަރވިސް އެލަވަންސް

-/2500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ސަޕޯޓިން ކޯ އެލަވަންސް ގޮތުގަ މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކަށް އަންނަ ފަރާތްތަކާއި، ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކަށް އަންނަފަރާތްތަކާއި، ފުރާވަރު އުމުރުފުރައިގެ ކުދިންގެ ކްލިނިކަށް އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ކްލިނިކުގެ މަސައްކަތްތައް ރާވާ ހިންގުން. މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އެސް.އޯ.ޕީ ތައް އެކުލަވާލުމާއި، އެސް.އޯ.ޕީ ތައް އަދާހަމުކުރުމުގެ މަސައްކަތްކުރުން.
  2. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކް، ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް އަދި ފުރާވަރު އުމުރުފުރައިގެ ކުދިންގެ ކްލިނިކް ގައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ރެކޯޑުތައް ޤަވައިދުން ބަލަހައްޓަމުން ގެންދިއުމާއި ކްލިނިކުތަކުގެ ޚިދުމަތްތަކަށް ބޭނުންވާތަކެތި ހަމަކުރުމަށް މަސައްކަތްކުރުން. އަދި މި ކްލިނިކްތަކުން ފޯރުކޮށްދޭ ޚިދުތްތަކާއިގުޅޭގޮތުން ރިޕޯރޓްތައް ފޮނުވަންޖެހޭ މުއްދަތަށް ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވާއިދުން ފޮނުވުން. އަދި އެހެނިހެން މުއައްސަސާ ތަކުން ކްލިނިކުތަކަށް ރިފަރ ކުރާ ކޭސްތަށް ބަލައި އެފަތަ ކްލަޔަންޓުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން.
  3. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި ރަޖިސްޓްރީ ވެފައިވާ ދާނުގައި ތިބޭ އުމުރުން 65 އަހަރުން މަތީގެ ބަލީމީހުންގެ ތެރެއިން ގޭގެއަށް ޒިޔާރަތްކޮށް ފަރުވާދޭންޖެހޭ ހާލަތުގައި ތިބޭ ބަލިމީހުންގެ ގޭގެއަށް ދިއުމަށް ހޯމްވިޒިޓް ޝެޑިއުލް ތައްޔާރުކުރުމާއި، މިފަދަ ބަލިމީހުންގެ ގޭގެއަށްގޮސް ފަރުވާ ދިނުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން. އަދި އެފަދަ ބަލިމީހުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ކަމާއިގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ފައިލްކޮށް ބެލެހެއްޓުން.
  4. ހެލްތު އެޑިއުކޭޝަން ސެޝަންތައް ރާވާ ހިންގުމާއި، އަދި ދަމަނަ ވެށީގެ ފަރާތުން އެކިތަންތަނަށް ނަގައިދޭން އެދޭ ހެލްތު އެޑިއުކޭޝަން ސެޝަންތަކަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުމާއި، ސެޝަން ނަގައިދިނުމުގައި އަމަލީގޮތުން ބައިވެރިވުން. އަދި ހެލްތު ސްކްރީނިން ޕްރޮގްރާމްތައް ރާވާ ހިންގުމާއި، އަދި އެހެނިހެން އިދާރާތަކާއި، މުއައްސަސާ ތަކާއި އަދި އަމިއްލަ ފަރާތްތަކުން ހެލްތް ސްކްރީނިން ޕްރޮގްރާމެއް ހިންގައިދިނުމަށް އެދިއްޖެ ހިނދެއްގައި އެޕްރޮގްރާމްގެ ކަންތައްތައް ރާވާ އިންތިޒާމުކޮށް ހިންގުން.
  5. ކޮންމެ އަހަރަކުވެސް ފާހަގަކުރާ ޞިއްހަތާއި ގުޅުންހުރި މުހިއްމު ދުވަސްތައް ހިމަނައިގެން ކަލަންޑަރ އޮފް ހެލްތު އެކްޓިވިޓީ އެކުލަވާލުން. އަދި މި ދުވަސްތަކުގައި ކުރިއަށްގެންދާނެ ހަރަކާތްތައް ރާވާ އިންތިޒާމުކުރުމާއި، މި ދުވަސްތައް ފާހަގަކުރުމަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރުކޮށް އެކްޓިވިޓީތަކަށް ބޭނުންވާ ތަކެތި ދުރާލާ ހޯދުމުގެ މަސައްކަތްކުރުމާއި، އެކްޓިވިޓީ ކަލަންޑަރާއި އެއްގޮތަށް ދުވަސްތައް ފާހަގަކުރުން.
  6. ދަމަނަ ވެއްޓަށް ޒިޔާރަތްކުރާ ބަލިމީހުންނާއި ޑޮކްޓަރުންނާއި ދެމެދު ކުރެވޭ މުއާމަލާތުގައި އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާއިއެކު އެހީތެރިކަން ފޯރުކޮށްދިނުން. އަދި ކޮންމެ ދުވަހެއްގެ ޑެއިލީ ސަވައިލަންސް ރެކޯޑްސް ސިސްޓަމަށް އެންޓަރކޮށް ބެލެހެއްޓުން. ކޮންމެ މަހެއްގެ މަންތްލީ އެކްޓިވިޓީ ރިޕޯޓް ތައްޔާރުކުރުން. އަދި މަންޓްލީ ސްޓެޓިސްޓިކްސް އާއްމުންނަށް ފެންނާނެހެން ޑިސްޕްލޭކުރުން.
  7. މެލޭރިއާ ބޭސް ދޫކުރަންޖެހޭ ފަރާތްތަކަށް ޑޮކްޓަރަރުންގެ އިރުޝާދާއި ލަފަޔާއިއެކު ބޭސް ދޫކުރުން، އަދި ބޭހަށް ރިކުއެސްޓްކޮށް ބޭހުގެ ސްޓޮކް ބެލެހެއްޓުން.
  8. ކުޑަކުދިންނަށާއި ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރުން. 5 އަހަރުން ދަށުގެ ކުދިންގެ ގްރޯތް މޮނީޓަރަނިންގެ މަސައްކަތްތައް ކުރުން އަދި ފެމިލީ ޕްލޭނިން ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލީގޮތުން މަސައްކަތްތައް ކުރުން. މީގެ އިތުރުން ދަމަނަ ވެށީގެ ނަރުހުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި، ނަރުހުން ލަފަޔާއި އިރުޝާދާއި އެއްގޮތަށް އެހީތެރިކަން ފޯރުކޮށްދިނުން.
  9. ޞިއްޙީ އިމަޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
  10. ދަމަނަ ވެށީގައިކުރެވޭ އެކިއެކި މަސައްކަތަކާއި ހެލްތް ޕޮރޕމޯޝަން އެކްޓިވިޓީތަކުގައި އެހެން މުވައްޒަފުންނަށް އެއްބާރުލުންދީ ޢަމަލީ ގޮތުން ބައިވެރިވުން. އަދި ފާހަގަކުރާ މުޙިއްމު އެކި މުނާސަބަތުތަކާއި ގުޅޭގޮތުން ތަން ޒީނަތްތެރި ކުރުމާއި ތަން ތައްޔާރުކުން/ ނުވަތަ އެފަދަ އިވެންޓްތަކަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ބޭނުންވާތަކެތި ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  11. ދަމަނަ ވެށިން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަބަދުވެސް ގަދަ އަޅައި މަސައްކަތް ކުރުން. މީގެ އިތުރުން ވެސް އިދާރާގެ ވެރިން އަންގަވާ ގޮތެއްގެ މަތިން، ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅުން ހުރި އޮފީހުގެ އެހެނިހެން މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުތުތައް

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ތަޢުލީމީ ރޮނގުތައް:

  • ކޮމިއުނިޓީ ހެލްތު
  • ޕްރައިމަރީ ހެލްތުކެއަރ
  • ޕަބްލިކް ހެލްތު

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

  • ކޮމިއުނިޓީ ހެލްތު
  • ޕްރައިމަރީ ހެލްތުކެއަރ
  • ޕަބްލިކް ހެލްތު

ގުޅޭ ވަޒީފާގެ ދާއިރާ

  • ހެލްތު ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)ރާއްޖޭގެ މަތީތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލްސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެމުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،އަދި ވަޒީފާގެމުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލްސަރވިސްގެ ތަޖުރިބާގެތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

  (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

7. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސެންސްގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިޕަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ  06 ޑިސެމްބަރު 2021 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާނު، އޮންނާނެތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) އަދި އިންޓަރވިއު އޮންނާނީ،2021 ޑިސެމްބަރު މަހު ދަމަނަ ވެށީގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected]   އަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3322403 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ"  http://www.csc.gov.mv/recruitment-usoolu  އިން ލިބެން ހުންނާނެއެވެ.

28 ނޮވެންބަރު 2021
ހޯދާ