ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރވިސް ޗާޓަރ

ިހުރިސްތު

 

ތަޢާރަފް. 4

ވިޝަން.. 4

މިޝަން.. 4

ޚިދުމަތް ދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް. 4

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން.. 5

އެންޓްރީ ކުރުމާއި، ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.. 5

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން.. 5

އައި.ޑީ.ކާޑު ހެދުން.. 5

65 އަހަރު ފުރުމުން ޕެންޝަނަށް ފޯމު ފޮނުވުން.. 6

އެކަނިވެރި މައިންގެ ފޯމު ފޮނުވުން.. 6

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޯމު ހުށަހެޅުުން.. 7

ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން.. 7

މަރުވާ މީހުން  ރަށްވެހިންގެ ރަޖިސްޓްރީ އިން އުނިކުރުން.. 7

އުފަންދުވަހުގެ ރަޖިސްޓްރީ ހެދުން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިންގެ). 8

އުފަންދުވަހުގެ ސެޓްފިކެޓް ހެދުން (އަލަށް އުފަންވާ ކުދިން ނޫން ). 8

ރަށްވެހިންގެ ރަޖިސްޓްރީގައި މީހުން ރަޖިސްޓްރީކުރުން.. 8

ރަށްވެހިކަން ބަދަލު ކުރުން.. 9

ރައްވެހިކަން ބަދަލުވާން ބޭނުންވާ މީހުން ރަޖިސްޓްރީން އުނިކުރުން.. 9

ނަން ބަދަލުކުރުން ( 10 އަހަރުން މަތި ). 9

ނަން ބަދަލުކުރުން ( 10 އަހަރުން ދަށް ). 10

ހުކުރު، އީދު އަދި ކޭތަ ނަމާދު ކުރުމަށް އިމާމުން ހަމަޖެއްސުން.. 10

ވަޒީފާއަށް އެދި ހުށަހެޅުން.. 10

އެސްޓިމޭޓާއި، ބީލަން ހުށަހެޅުން.. 12

ފައިސާ ބަލައިގަތުން.. 13

ކުނިމެނޭޖު ކުރުމަށް ރަޖިސްޓްރީ ކުރުން.. 13

ހޮޓާ، ގެސްޓް ހައުސް، ހޯމްސްޓޭކޮޓަރި، އަދި މޫދުކޮޓަރި (ވޯޓަރވިލާރޫމްތައް)، "ރަށު ފަތުރުވެރިކަމުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން.. 13

ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގާ ފަރާތްތައް "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން.. 14

ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ހެއްދުން.. 14

އެއްގަމުގައި ދުއްވާ އުޅަނދުގެ ލައިސަންސް ހެދުން.. 15

ގޯތީގެ ރަޖިސްޓަރީ ހެދުން.. 15

ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން ނޫން ގޮތަކަށް ހައްދާނަމަ). 17

ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހެޅުން). 18

މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރުން.. 20

މަގު ކޮނުމުގެ ހުއްދަ ދޫކުރުން.. 21

ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރުން.. 21

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ބޭނުންތަކަށް ބިން ހޯދުމަށް ކައުންސިލަށް ހުށަހެޅުން.. 21

ލ.ހުޅިމެންދޫއިން ތަކެތި ނެގުމުގެ ހުއްދަ ދޫކުރުން.. 22

ރައްޔިތުންގެ ގެސްޓްހައުސް ކުއްޔަށް ދޫކުރުން.. 22

ޕްރީސްކޫލް ކުއްޔަށް ދޫކުރުން.. 23

ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުން ދޫކުރުން.. 23

ކައުންސިލަށް ޝަކުވާ ހުށަހެޅުން.. 23

ޤާނޫނު ނަންބަރު 2014/1  (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމް ތަކަށް ޖަވާބު ދިނުން   24

ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ފާޑުކިޔުން ހުށަހެޅުން.. 24

 

 

 

c

 

 

 

 

 

ކައުންސިލް އިދާރާގެ ސަރވިސް ޗާޓަރ

ތަޢާރަފް

މިއީ، ލ.މާމެންދޫ ކައުންސިލްގެ އިދާރާއިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށްޓަކައި އެކުލަވާލާފައިވާ ސަރވިސް ޗާޓަރެވެ.

ވިޝަން

ކައުންސިލްގެ ތަޞައްވުރަކީ ކައުންސިލްގެ އެކްޝަން ޕްލޭނާއި އެއްގޮތަށް ކައުންސިލް ކުރުމަށް ރާވާފައިވާ ކަންތައްތައް ކުރުމާއި، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ކައުންސިލްގެ ހިންގުން ކުރިއަށް ގެންދިއުމަށާއި ރަށުގެ ތަރައްޤީއަށާއި ރަށުގެ ކުރިއެރުވުމަށް ރައްޔިތުންނާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒްކުރުމަށްޓަކައި ރައްޔިތުންނާއި ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމެވެ. އަދި ރަށުގެ ކުރިއެރުވުމަށާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ސަރުކާރުގެ އެހެނިހެން އިދާރާތަކުންނާއި ކުންފުނި، ޖަމިއްޔާ ޖަމާއަތްތަކުން ހިންގާ އެކިއެކި ޚަރަކާތްތަކަށާއި ޚިދުމަތްތަކަށް ކައުންސިލުން އެއްބާރުލުންދީ، އަތޮޅުގެ ނަމޫނާ ކައުންސިލަކަށް މިކައުންސިލް ހެދުމެވެ.

މިޝަން

ކައުންސިލްގެ މިޝަންއަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ވަކިއަތަކަށް ނުޖެހި ވަކި ކުލައަކަށް ނުބަލައި ރަތްޔިތުންގެ އިޚްސާސްތައް ދެނެގަނެ ރައްޔިތުން ޤަބޫލުކުރާފަދަ ޚިދުމަތްތަކެއް ދިނުމާއި އަދި ރަށުގެ ތަރައްޤީއާއި ރަށުގެ ކުރިއެރުމަށްޓަކައި ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން އެކުވެރި މާހަޢުލެއްގައި މަސައްކަތް ކުރުމެވެ.

ޚިދުމަތް ދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް

  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިނިތުންވުމާއެކު މަރުޙަބާކިޔައި، އިޙްތިރާމާއެކު މުޢާމަލާތްކުރުން.
  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ބޭނުންތައް އަޑުއަހައި، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
  • ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުންގުޅިގެން މަސައްކަތްކުރުން.
  • ނަޒާޙަތްތެރިކަމާއި ހަމަހަމަކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން.
  • ޚިދުމަތް ހޯދުމަށް އައި ތަރުތީބަށް އިސްކަންދީގެން ޚިދުމަތް ދިނުން.
  • ޚިދުމަތް ހޯދުމަށް އަންނަ އިސްރަށްްވެހިންނާއި، ދަޢުލަތާއި ރަށަށް ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ފަރާތްތަކާއި ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޙާއްޞަ ސަމާލުކަމެއްދީ އިޙްތިރާމް އަދާކުރުން.
  • ފޯނުންކުރާ މުޢާމަލާތްތަކުގައި އުފާވެރި އަޑަކުން މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ރިވެތިބަހުން ވާހަކަ ދެއްކުން.

 

#

ޚިދުމަތްތައް

ޚިދުމަތުގެ ފެންވަރާއި މުއްދަތު

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

1

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

  • ރަސްމީ ދުވަސްދުވަހު ހެނދުނު 8:00 ން 14:00 އަށް  ޚިދުމަތް ހޯދަން ކައުންސިލަށް ގުޅުއްވާ ފަރާތްތަކަށް ޚިދުމަތް ލިބިވަޑައިގަންނަވާނެ.
  • ކައުންސިލްގެ ރަސްމީފޯނަށް އަންނަ ފޯނުކޯލުތަކަށް ލަސްވެގެން 3 ރިންގުން ޖަވާބު ދެވޭނެ.
  • ޚިދުމަތް ހޯދަން ގުޅިފަރާތުން  ބޭނުންވާ ޚިދުމަތެއް އޮޅުންފިލުވައި، ބޭނުންވާ ޚިދުމަތާ ބެހޭ މުވައްޒަފަށް ކޯލް ޕާސްކުރެވޭނެ، ނުވަތަ އެކަމަކާ ގުޅިގެން ދޭންޖެހޭ ޖަވާބެއް ދެވޭނެ.

އެންޓްރީކުރުމާއި، ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

2

އެންޓްރީ ކުރުމާއި، ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

  • އޮފީހަށް ލިބޭ ލިޔެކިޔުންތައް ރަސްމީ 2 ދުވަހުގެ ތެރޭގައި އެންޓްރީކޮށް ކަމާގުޅޭ ސެކްޝަނަށް ފޯރުކޮށްދެވޭނެ.
  • އުސޫލީ މައްސަލަތަކާއި، ދައުލަތުގެ މުއައްސަސާއަކުން މަޢުލޫމާތު ހޯދަން ނުޖެހޭ މައްސަލަތަކަށް، ރަސްމީ 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.
  • ރަސްމީ 3 ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ، ޖަވާބުދިނުން ލަސްވާ ސަބަބު އޮޅުންފިލުވައިދެވޭނެ، ނުވަތަ ވަގުތީ ޖަވާބެއް  ލިޔުމުން ރަސްމީ 3 ދުވަހުގެ ތެރޭގައި ދެވޭނެ.
  • ދައުލަތުގެ އެހެން މުއައްސަސާއަކުން މަޢުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ މައްސަލަތަކަށް، ރަސްމީ 3 ދުވަހާއި، 15 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.

 

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

3

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

  • އޮފީހުގެ ވެރިއަކާ ބައްދަލުކުރުމަށް އެދި އެޕޮއިންޓްމަންޓަކަށް އެދިފައިވާނަމަ، ބައްދަލު ކުރައްވާ ވެރިޔަކު ނިންމަވާ ގޮތެއްގެ މަތިން އެޕޮއިންޓްމަންޓަށް އެދޭ ފަރާތްތަކަށް، ގިނަވެގެން ރަސްމީ 1 ދުވަހާއި 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.

އައި.ޑީ.ކާޑު ހެދުން

4

އައި.ޑީ.ކާޑު ހެދުން

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އެދޭ ފޯމު ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 އިން 13:30 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ބަލައިގަނެވޭނެއެވެ. އީމެއިލް [email protected] ނުވަތަ [email protected]ގެ ޒަރީޢާއިންވެސް ފޯމު ހުށަހެޅިދާނެއެވެ. ކައުންސިލް އިދާރާގެ ކައުންޓަރުންނާއި އަދި ޑީ.އެން.އާރު ގެ ވެބްސައިޓުން (www.dnr.gov.mv) ފޯމު ލިބެން ހުންނާނެއެވެ.

 

  • ކައުންސިލް އިދާރާއަށް ފޯމުލިބޭތާ ރަސްމީ 2 ދުވަސް ތެރޭގައި ކާޑުހެދުމަށް ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދައި ފުރިހަމަކުރުމަށްފަހު، އައި.ޑީ.ކާޑު ހެދުމަށްޓަކައި ޑީ.އެން.އާރަށް ފޮނުވޭނެއެވެ.

 

  • އައި.ޑީ ކާޑު ހެއްދުމަށް ހުށަހަޅާ އެޕްލިކޭޝަންގައި މައްސަލައެއް އޮތްކަމަށް ޑީ.އެން.އާރުން މަޢުލޫމާތު ދެއްވައިފިނަމަ، އެކަމެއް ރަސްމީ ބަންދުނޫން 1 ދުވަހުގެ ތެރޭގައި އިސްލާހުކޮށް ޑީ.އެން.އާރަށް ފޮނުވޭނެއެވެ.

 

  • އަތޮޅު ކައުންސިލުން، ނިމިފައިހުރި އައި.ޑީ ކާޑުތަކުގެ މަޢުލޫމާތު އަންގާ ދުވަހުން ފެށިގެން ރަސްމީ 4 ދުވަސް ތެރޭގައި ކާޑުގެނެސް، ވެރިފަރާތާ ޙަވާލުކުރެވޭނެއެވެ.  މިގޮތުން ކައުންސިލަށް ކާޑުލިބުމުން، ކާޑު ލިބިފައިވާކަން ގުޅައިގެން އެފަރާތައް އެންގޭނެއެވެ.

 

65 އަހަރު ފުރުމުން ޕެންޝަނަށް ފޯމު ފޮނުވުން

5

65 އަހަރު ފުރުމުން ޕެންޝަނަށް ފޯމު ފޮނުވުން

 

  • ޕެންޝަނަށް އެދޭ ފޯމު، ކޮންމެ ރަސްމީ ދުވަހެއްގެ 9:00 ން 12:00 ށް ކައުންސިލް އިދާރާއިން ބަލައިގަނެވޭނެއެވެ. އީމެއިލްގެ ޒަރީޢާއިންވެސް ފޯމު ހުށަހެޅިދާނެއެވެ.

 

  • ކައުންސިލް އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި، ފޯމް އަދި ފޯމާއެކު ހުށަހަޅަން ބަޔާންކޮށްފައިވާ އެންމެހާ ލިޔުންތައް ހުށަހަޅާފައި ވޭތޯބަލައި  ޗެކުކުރުމަށްފަހު ޕެންޝަން އޮފީހަށް ފޮނުވޭނެއެވެ.

 

ޕެންޝަން އޮފީހަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކަށް ލިބޭ ޖަވާބުތަކާއި މަޢުލޫމާތު، ރަސްމީ 1 ދުވަސް ތެރޭގައި އެފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.

 

 

އެކަނިވެރި މައިންގެ ފޯމު ފޮނުވުން

6

އެކަނިވެރި މައިންގެ ފޯމު ފޮނުވުން

  • ފަޤީރު ޙާލަތުގައި ދިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމު، ކޮންމެ ރަސްމީ ދުވަހެއްގެ 9:00 ން 12:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި އީމެއިލްގެ ޒަރީޢާއިން ބަލައިގަނެވޭނެއެވެ.

 

  • އެކަނިވެރި މައިން/ބަފައިންގެ ފޯމު ކައުންސިލް އިދާރާއަށް ލިބޭތާ ރަސްމީ 3 ދުވަހުގެތެރޭގައި، ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދުމަށްފަހު، ދަފްތަރު ކުރުމާއި އެހީ ހަމަޖައްސައިދިނުމަށް އެންސްޕާ އަށް ފޮނުވޭނެއެވެ.
  • އެންސްޕާއަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކާގުޅިގެން ލިބޭ ޖަވާބުތަކާއި މަޢުލޫމާތު ރަސްމީ 1 ދުވަހުގެ ތެރޭގައި އެފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޯމުލުން

7

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޯމު ހުށަހެޅުން

  • ނުކުޅެދުންތެރިކަން ހުންނަ މީހުން ދަފްތަރުގައި ހިމެނުމާއި މާލީ އެހީތެރިކަމަށް އެދޭފޯމް، ކޮންމެ ރަސްމީ ދުވަހެއްގެ 9:00 ން 12:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ނުވަތަ އީމެއިލްގެ ޒަރީއާއިން ބަލައިގަނެވޭނެއެވެ.

 

  • ކައުންސިލް އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި، ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދައި، ދަފްތަރުކުރުމާއި، މާލީ އެހީ ހަމަޖެއްސުމަށް އެންސްޕާ އަށް ފޮނުވޭނެއެވެ.

 

  • އެންސްޕާއަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކާ ގުޅިގެން ލިބޭ ޖަވާބުތަކާއި މަޢުލޫމާތު ރަސްމީ 2 ދުވަސްތެރޭގައި އެފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.

ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން

8

ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން

  • މަރުފޯމު ކައުންސިލް އިދާރާއަށް ހުށަހެޅުމުން، ކަށުކަމާކެމީގެ ކަންކަމަށް  އިންތިޒާމް ކުރުމަށް ކަނޑައަޅާފައިވާ ފޯކަލްޕޮއިންޓް، 1 ގަޑި އިރުތެރޭގައި ޖަނާޒާގެ ކަންކަން އެ އާއިލާއަކުން ބޭނުންވާގޮތަކަށް ހަމަޖައްސައިދިނުމަށް މަގުފަހިކޮށްދެވޭނެއެވެ.
  • ޖަނާޒާގެ ކަންތައް ހަމަޖެއްސުމަށް ގުޅާނީ ކައުންސިލްގެ ރައީސްގެ ނަންބަރު 9755743 އަށެވެ.

 

މަރުވާ މީހުން  ރަށްވެހިންގެ ރަޖިސްޓްރީ އިން އުނިކުރުން

9

މަރުވާ މީހުން  ރަށްވެހިންގެ ރަޖިސްޓްރީ އިން އުނިކުރުން

  • މަރުފޯމް  ކައުންސިލްގެ އިދާރާއަށް ހުށަހެޅުން.
  • ރަސްމީ ބަންދުނޫން 3 ދުވަސް ތެރޭގައި ކައުންސިލްގެ ރަޖިސްޓްރީން އުނިކުރުމަށް ފަހު، ނިޔާވެފައިވާކަމުގެ ލިޔުން (މަރުފޯމް) ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ފޮނުވޭނެއެވެ. އަދި 65 އަހަރުވެފައިވާ ފަރާތެއްނަމަ ޕެންޝަން އޮފީހަށް އެ މަޢުލާމާތު ފޮނުވޭނެއެވެ.
  • މަރުވިމީހާ ރަށްވެހިވެފައިވާ "ރަށްވެހީންގެ ރަޖިސްޓްރީ" ގެ އަސްލު 3 ދުވަސްތެރޭގައި އެ ފަރާތުގެ އާއިލާގެ ފަރާތުން ކައުންސިލާ ހަވާލުކުރުން. އަދި މަރުވިމީހާގެ ނަން ރަޖިސްޓްރީ އިން އުނިކުރުމަށް ފަހު ހަމަ އެދުވަހު އަނބުރާ ގޭގެ ވެރިފަރާތާ ރަޖިސްޓްރީ ޙަވާލުކުރެވޭނެއެވެ.

 

 

 

އުފަންދުވަހުގެ ރަޖިސްޓްރީ ހެދުން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިންގެ )

10

އުފަންދުވަހުގެ ރަޖިސްޓްރީ ހެދުން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިންގެ)

  • އުފަންދުވަހުގެ ރަޖިސްޓްރީ / އުފަންދުވަހުގެ ސެޓްފިކެޓް އަދި ރަށްވެއްސަކަށް އެދޭ ފޯމް ހުށަހެޅުން.
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- ނަން ފާސްކުރާ ފޯމް

   - މަންމައާއި ބައްޕަގެ އައިޑީކާރޑް ކޮޕީ، ކައިވެނީގެ ސެޓްފިކެޓް ކޮޕީ ނުވަތަ ވަރީގެ ސެޓްފިކެޓްގެ ކޮޕީ.

ހޮސްޕިޓަލް ނުވަތަ ސިއްޙީމަރުކަޒުން ފޫޅުމާފޯމް އެންޓަރ ކޮށްފައިވާނަމަ، ރަސްމީ ބަންދުނޫން 3 ދުވަސް ތެރޭ ސެޓްފިކެޓް ހަދައިދެވޭނެ.

  • އުފަންދުވަހުގެ ރަޖިސްޓްރީ ހެދުމަށް އިދާރީ ފީއެއްގެ ގޮތުގައި -/50 ރުފިޔާ ނެގޭނެވެ.

 

އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިން ނޫން )

11

އުފަންދުވަހުގެ ސެޓްފިކެޓް ހެދުން (އަލަށް އުފަންވާ ކުދިން ނޫން )

  • އުފަންދުވަހުގެ ރަޖިސްޓްރީ / އުފަންދުވަހުގެ ސެޓްފިކެޓް އަދި ރަށްވެއްސަކަށް އެދޭ ފޯމް ހުށަހެޅުން.
  • މަތީގައިވާ ފޯމްއާއެކު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- ސެޓްފިކެޓް ހަދާ ފަރާތުގެ އައިޑީކާރޑް ކޮޕީ

- މަންމައާއި ބައްޕަގެ އައިޑީކާރޑް ކޮޕީ

  • ފޯމް ހުށަހަޅާ ތާރީޚުން ފެށިގެން ބަންދުނޫން 3 ދުވަސް ތެރޭ ސެޓްފިކެޓް ހަދައިދެވޭނެއެވެ.
  • އުފަންދުވަހުގެ ރަޖިސްޓްރީ ގެއްލިގެން ހެއްދުމަށް އިދާރީ ފީއެއްގެ ގޮތުގައި -/100 ރުފިޔާ ނެގޭނެވެ. އަދި ރަޖިސްޓްރީ އާކުރުމަށް ނުވަތަ މަޢުލޫމާތު ބަދަލުވެގެން ނަމަ -/10 ރުފިޔާ ނެގޭނެވެ.

 

ރަށްވެހިންގެ ރަޖިސްޓްރީގައި މީހުން ރަޖިސްޓްރީކުރުން

12

ރަށްވެހިންގެ ރަޖިސްޓްރީގައި މީހުން ރަޖިސްޓްރީކުރުން

  • ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީކުރުމަށް އެދޭ ފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުން. ފޯމް ކައުންޓަރުން ލިބެން ހުންނާނެއެވެ.
  • ފޯމްގައި ބަޔާންކޮށްފައިވާ ތިރީގައި މިވާލިޔެކިޔުންތައް ހުށަހަޅަންވާނެވެ.

1. ރަޖިސްޓްރީ ކުރާ ގޭގެ ރަށްވެހިންގެ ރަޖިސްޓްރީގެ އަސްލު

2. ގޭގެ ވެރިފަރާތުގެ އައި.ޑީ.ކާޑު ކޮޕީ

3. ރަށްވެހިވާން އެދޭ ފަރާތާއި އެދޭ ފަރާތުގެ މަންމަ އާއި ބައްޕަގެ އައިޑީކާޑުގެ މުއްދަތު ހަމަނުވާ ކޮޕީ

4. ރަށްވެހިވާން އެދޭ ފަރާތުގެ އުފަންދުވަހު ސެޓްފިކެޓްގެ އަސްލާއި ކޮޕީ ނުވަތަ އައި.ޑީ.ކާޑުގެ ކޮޕީ

  • ފޯމް ހުށަހަޅާ ތާރީޚުން ފެށިގެން ބަންދުނޫން 7 ދުވަސްތެރޭ ރަޖިސްޓްރީ ކުރެވޭނެއެވެ.
  • ރަށްވެއްސަކަށްވުމުގެ އިދާރީ ފީ އެއްގެ ގޮތުގައި -/50 ރުފިޔާ ކައުންސިލަށް ނެގޭނެވެ.

 

ރަށްވެހިކަން ބަދަލު ކުރުން

 

13

ރަށްވެހިކަން ބަދަލު ކުރުން

  • ރަށްވެހިކަން ބަދަލުކުރުމަށް އެދޭ ފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުން. ފޯމް ކައުންޓަރުން ލިބެން ހުންނާނެވެ.
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- ބަދަލުވާން އެދޭ މީހާ، ނުވަތަ މީހުންގެ އައި.ޑީ.ކާޑު ކޮޕީ ހުށަހެޅުން.

  • އެމީހެއްގެ ރަޖިސްޓްރީ އޮތް ރަށަކުން ޖަވާބު ލިބޭ ތާރީޚުން ފެށިގެން ބަންދުނޫން 7 ދުވަސް ތެރޭ ރަށްވެހިކަން ބަދަލުކޮށްދެވޭނެ.
  • ރަށްވެހިކަން ބަދަލުކުރުމުގެ އިދާރީ ފީއެއްގެ ގޮތުގައި -/50 ރުފިޔާ ނެގޭނެވެ.

 

ރަށްވެހިކަން ބަދަލުވާން ބޭނުންވާ މީހުން ރަޖިސްޓްރީން އުނިކުރުން

14

ރައްވެހިކަން ބަދަލުވާން ބޭނުންވާ މީހުން ރަޖިސްޓްރީން އުނިކުރުން

  • އެމީހަކު ބަދަލުވާން އެދޭ ރަށެއްގެ ކައުންސިލުން މިކައުންސިލަށް ރަސްމީ މެސެޖަކުން ނުވަތަ ސިޓީއަކުން އެންގުމުން ބަންދުނޫން 3 ދުވަސް ތެރޭގައި ރަޖިސްޓްރީން އުނިކޮށްދެވޭނެއެވެ.

ނަން ބަދަލުކުރުން ( 10 އަހަރުން މަތި )

15

ނަން ބަދަލުކުރުން ( 10 އަހަރުން މަތި )

  • ނަން ބަދަލުކުރުމަށް އެދޭ ފޯމާއި ފޯމުގައިވާ ލިޔެކިއުންތަކާއި، ޤާނޫނީ ފޯމް ފުރައިގެން ހުށަހެޅުން. ( ޤާނޫނީ ފޯމް ދޫކުރިތާ 1 މަސްދުވަސް ހަމަވުމުގެ ކުރިން ކައުންސިލަށް ގެނައުން. އެއްމަސް ދުވަހުގެ ފަހުން ޤާނޫނީ ފޯމް ބަލައިނުގަނެވޭނެ).
  • މަތީގައިވާ ފޯމާއެކު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- އައި.ޑީ. ކާޑް

- އުފަންދުވަހުގެ ސެޓްފިކެޓް

  • DNR އަށް ފޮނުވުމަށްފަހު ޖަވާބު ލިބޭ ތާރީޚުން ފެށިގެން ކައުންސިލްގެ ރަޖިސްޓްރީން ބަދަލުގެނެވޭނެ

 

 

ނަން ބަދަލުކުރުން ( 10 އަހަރުން ދަށް )

16

ނަން ބަދަލުކުރުން ( 10 އަހަރުން ދަށް )

  • ނަން ބަދަލުކުރުމަށް އެދޭ ފޯމާއި ފޯމުގައިވާ ލިޔެކިއުންތަކާއެކު ހުށަހެޅުން. ފޯމް ކައުންޓަރުން ލިބެންހުންނާނެއެވެ.
  • މަތީގައިވާ ފޯމާއެކު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- ބަދަލުކުރާން އެދޭ ފަރާތުގެ އައި.ޑީ ކާޑް ގެ ކޮޕީ

- މަންމަ އާއި ބައްޕަގެ އައި.ޑީ ކާޑްގެ ކޮޕީ

- އުފަންދުވަހުގެ ސެޓްފިކެޓް

  • DNR އަށް ފޮނުވުމަށްފަހު ޖަވާބު ލިބޭ ތާރީޚުން ފެށިގެން ކައުންސިލްގެ ރަޖިސްޓްރީން ބަދަލުގެނެވޭނެ

 

ހުކުރު،ޢީދު އަދި ކޭތަ ނަމާދު ކުރުމަށް އިމާމުން ހަމަޖެއްސުން

17

ހުކުރު، އީދު އަދި ކޭތަ ނަމާދު ކުރުމަށް އިމާމުން ހަމަޖެއްސުން

  • އިމާމުން، މުދިމުން ހަމަޖެއްސުމުގައި ޖަމާއަތުގައި ހުކުރު، އީދު އަދި ކޭތަ ނަމާދުކުރުމަށް ހުއްދަ ލިބިވަޑައިގެންފައިވާ ބޭފުޅެއްތޯ ކައުންސިލުން ކަށަވަރުކުރުން.

-ހުކުރު ،ޢީދު އަދި ކޭތަ ނަމާދަށް އިމާމުން ހަމަޖެއްސުމަށް ރަސްމީ އެއްދުވަސް ކުރިން އިމާމުން، މުދިމުންނަށް އަންގާ ސޮއިކުރެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހެޅުން

18

ވަޒީފާއަށް އެދި ހުށަހެޅުން

  • ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމަށް އިޢުލާނުގައި ދީފައިވާ މުއްދަތުގެ ތެރޭގައި، ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅާ ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަލައިގަތުމުގެ އިންތިޒާމު މި އިދާރާގައި ހަމަޖެހިފައިވާނެއެވެ.
  • ވަޒީފާއަށް އެދޭ ފަރާތުން ހުށަހަޅަނީ ރަނގަޅު ފޯމުކަން މި އިދާރާގެ ކައުންޓަރުން ކަށަވަރުކުރެވޭނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތައް ބަލައިގަތް ތާރީޚާއި ގަޑި އަދި ބަލައިގަތް މުވައްޒަފުގެ މަޢުލޫމާތު ފުރިހަމަކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާނަމަ،  ސްކްރީނިންގ މަރުޙަލާގައި އެ ކަން ފާހަގަކޮށް ވަޒީފާއަށް އެދިފައިވާ ފަރާތަށް ލިޔުމުން އެކަން އަންގައި،  ރަނގަޅު ފޯމް ހުށަހެޅުމަށް 48 ގަޑިއިރު ދެވޭނެއެވެ. މި މުއްދަތުގައި ރަގަޅު ފޯމު ހުށަހަޅާފައިނުވާނަމަ އެ ހުށަހެޅުމެއް ބަލާނީ ޝަރުޠު ފުރިހަމަނުވާ ހުށަހެޅުމެއްގެ ގޮތުގައެވެ. އަދި މީގެ އިތުރުން  ވަޒީފާއަށް އެދޭ ފޯމާއެކު އެއްކަރުދާސްކުރުމަށް ހުށަހެޅޭ ލިޔުންތަކުގެ ތެރެއިން ތަޢުލީމާއި ތަޖުރިބާގެ އެއްވެސް ލިޔުމެއް ސުންގަޑި ހަމަވުމުގެ ފަހުން ބަލައި ނުގަނެވޭނެއެވެ.
  • ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014  ގެ  78 ވަނަ މާއްދާގެ (ހ) ގެ    1،2،3،6،9 އަދި 11 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ  ވަޒީފާއަށް އައްޔަންކުރުމުގެ ޝަރުޠުތަކާއި، ވަޒީފާއަށް އެދި ހުށަހެޅުމަށް އިޢުލާންކޮށްފައިވާ މަޤާމުގެ އަަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ބަލައި ޝަރުޠުތަކަށް ނުފެތޭ ހުށަހެޅުންތައް ސްކްރީންކޮށް ވަކިކުރެވޭނެއެވެ.  އަދި މި ގޮތަށް ވަކިކުރެވޭ ހުށަހެޅުންތައް ބަލާނީ ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތަކެއް ކަމުގައެވެ. 
  • ސްކްރީންކުރުމުގެ މަރުޙަލާގައި މަޤާމުގެ ޝަރުޠު ހަމަނުވާކަމަށް ކަނޑައަޅާ ފަރާތްތަކަށް، އިންޓަވިއު މަރުޙަލާ ފެށުމުގެ ކުރިން ލިޔުމުން އެ ފަރާތުގެ ހުށަހެޅުން  ހޮވިފައިނުވާ ސަބަބު އެންގޭނެއެވެ.  މި ގޮތުން އެ ފަރާތްތަކަށް އެންގުމުގައި ސްކްރީންކުރުމުގެ ހަމަތަކަށް ރިޢާޔަތްކޮށް ތަފްޞީލުކޮށް ބަޔާން ކުރެވޭނެއެވެ.
  • ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނައިން ހުށަހަޅާފައިވާނަމަ، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް އެކަން އެންގޭނެއެވެ.
  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އިންޓަރވިއު އަދި އެސެސްމެންޓާއި ޕްރެޒެންޓޭޝަން އޮންނާނެ ތާރީޚާއި ގަޑި އެންގޭނެއެވެ. އަދި އިންޓަރވިއުއަށްފަހު މާކްސް ލިބުނުގޮތުގެ ތަފްޞީލް ޢާއްމުކުރެވޭނެއެވެ.
  • މާކްސްޝީޓް ޢާންމުކުރެވިފައިވާ މުއްދަތުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަރާތުން ޝަކުވާއެއް ލިބިފައިނުވާނަމަ، އެންމެ މަތިން މާކްސް ލިބުނު ފަރާތަށް ވަޒީފާ ހަމަޖެއްސުމަށްޓަކައި ސީ. އެސް ވިއުގަރ މެދުވެރިކޮށް ސިވިލް ސާރވިސް އަށް ހުށަހެޅޭނެއެވެ.

 

 

އެސްޓިމޭޓާއި،ބީލަން ހުށަހެޅުން.

 

19

އެސްޓިމޭޓާއި،ބީލަން ހުށަހެޅުން.

  •      އާންމުކޮށް އިޢުލާނުކުރާ ބީލަންތަކާއި ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތާ ގުޅިގެން ބީލަން ހުށަހެޅުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މަދުވެގެން ރަސްމީ ބަންދު ނޫން 7 ދުވަސް ދެވޭނެއެވެ.
  • ބީލަން ފޮތުގެ އަގު މަސައްކަތު އިއުލާނުގައި ބަޔާންކުރެވޭނެވެ.
  • ބީލަމަށް ރަޖިސްޓްރީވާން އެދޭ ފޯމް މިއިދާރާގެ ވެބްސައިޓް www.laamumaamendhoo.gov.mv  އިން ލިބެން ހުންނާނެއެވެ. އަދި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6800858 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ. ނުވަތަ [email protected] އަށް ހުށަހަޅުއްވައިގެން ވެސް މައުލޫމާތު ސާފުކުރެވޭނެއެވެ.
  •   ބީލަން ލިބޭތާ 3 ދުވަހުގެ ތެރޭގައި ބީލަންތަކުގެ ޝަރުޠު ހަމަވޭތޯ ބެލޭނެއެވެ.
  • ޝަރުޠު ހަމަވާ ބީލަންތަކުގެ އިވެލުއޭޝަން ރަސްމީ 10 ދުވަހުގެ ތެރޭގައި ހެދޭނެއެވެ.
  • ބީލަމަކާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންޖެހޭނަމަ، އެކަމަށް
    3 ނުވަތަ 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  •         ބީލަމުގެ އިވެލުއޭޝަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ބީލަމާ މެދު ގޮތެއް ނިންމުމަށް ބިޑު ކޮމިޓީއަށް ހުށަހެޅޭނެ.
  •          ބީލަމާ ގުޅިގެން ބިޑު ކޮމިޓީން ނިންމާ ގޮތެއްގެ މަތިން ބީލަން ކާމިޔާބުކުރާ ފަރާތަށް 5 ނުވަތަ 7 ދުވަހުގެ ތެރޭގައި މަސައްކަތް ހަވާލުކުރެވޭނެ. މަސައްކަތާ ހަވާލުވާ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ޓެކުހެއް ވާނަމަ، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޓެކްސް ދައްކައި މި އޮފީހަށް އެންގުމަށް 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  • ބީލަމާ ގުޅޭ ގޮތުން ބިޑު ކޮމިޓީން ގޮތެއް ނިންމުމުން، އެ ނިންމި ގޮތް  ރަސްމީ 2  ދުވަހުގެ ތެރޭގައި ބީލަންވެރިންނަށް އެންގޭނެއެވެ. އަދި ޝަކުވާއެއް އޮތްނަމަ، އެކަމެއް ހުށަހަޅަން  ރަސްމީ 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  •  ބީލަމަކާ ގުޅިގެން ޝަކުވާއެއް ހުށަހަޅައިފިނަމަ، ރަސްމީ 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއަކަށް ޖަވާބުދެވޭނެއެވެ.
  • ބީލަމާ ގުޅިގެން ލިބޭ ޝަކުވާތަކަށް ޖަވާބުދިނުމަށްފަހު، ރަސްމީ 5 ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބު ކުރާ ފަރާތަށް ބީލަން ކާމިޔާބު ކުރި ކަމުގެ ލިޔުން ފޮނުވުން އަދި ބީލަމުގައި ނުހޮވޭ ފަރާތްތަކަށް ނުހޮވޭކަން  ލިޔުމުން އެންގޭނެއެވެ.
  • ބީލަން ކާމިޔާބު ކުރިފަރާތާއި އެކު އެގްރިމެންޓް ހެދުން އަދި އެޕްރޫވް ކުރުން
  • ބީލަން ހަވާލުކުރުމަށްފަހު  މަސައްކަތް ފެށިގެންދާނެއެވެ.

ފައިސާ ބަލައިގަތުން

20

ފައިސާ ބަލައިގަތުން

  • ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް ފައިސާ ބަލައިގަތުމުގެ އެންމެހައި ކަންކަން ކުރިޔަށް ދާނެއެވެ.
  • ފީ ދެއްކުމަށް ވަޑައިގަންނަވާއިރު، ކަމާގުޅިގެން ކައުންސިލުން ދޫކޮށްފައިވާ ފީ ކާޑު ގެންނަންވާނެވެ.
  • ކައުންސިލަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ކޮންމެ މަހެއްގެ ރަސްމީ 10 ވަނަ ދުވަހުގެ ކުރިން ކައުންސިލަށް ދައްކަންވާނެވެ. މި ދުވަހުގެ ފަހުން ފައިސާ ބަލައިގަނެވޭނީ އެކަމަށް ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާއާއެކުގައެވެ.
  • ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގެ ކުލި އޮންލައިން ކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ކައުންސިލް އިން ވަނީ ހަމަޖެހިފައެވެ.
  • އޮންލައިން ކޮށް ބިމުކުލި ފައިސާ  ޖަމާކުރާނެ އެކައުންޓްގެ ތަފްޞީލް

7707700375001  (1454 Revenue 1)

  • އޮންލައިން ކޮށް ފައިސާ ޖަމާކުރާ ފަރާތްތަކުން ފައިސާ ޖަމާކުރުމަށްފަހު 7423298 ނަންބަރަށް ސްލިޕްކޮޅު ވައިބަރ ކުރުން
  • އޮންލައިންކޮށް ފައިސާ ބިމުކުލި ޖަމާކުރާ ފަރާތްތަކަށް 01 ދުވަސް ތެރޭގައި ފައިސާ ދެއްކިކަމުގެ ލިޔުން ފޮނުވޭނެއެވެ.

 

ކުނިމެނޭޖު ކުރުމަށް ރަޖިސްޓްރީ ކުރުން

21

ކުނިމެނޭޖު ކުރުމަށް ރަޖިސްޓްރީ ކުރުން

  • ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފޯމް ހުށަހެޅުން.(ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފޯމްގައި ހިމެނިފައިވާނެއެވެ.)
  • ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅަން ޖެހޭ ފޯމް ކައުންޓަރުން ލިބެން ހުންނާނެއެވެ.
  • ފޯމް ހުށަހެޅުމުން އެންޓްރީ ކުރުމަށްފަހު ކަމާގުޅުންހުރި ސެކްޝަނަށް ފޮނުވުން.
  • ފޯމް ލިބޭތާ 3 ދުވަހުގެ ތެރޭގައި އެއްބަސްވުން އެކުލަވާލައި އެއްބަސްވާ ތާރީޚުން ފެށިގެން ޚިދުމަތްދެވޭނެއެވެ.

 

ހޮޓާ، ގެސްޓް ހައުސް، ހޯމްސްޓޭކޮޓަރި، އަދި މޫދުކޮޓަރި (ވޯޓަރވިލާރޫމްތައް)، "ރަށު ފަތުރުވެރިކަމުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

22

ހޮޓާ، ގެސްޓް ހައުސް، ހޯމްސްޓޭކޮޓަރި، އަދި މޫދުކޮޓަރި (ވޯޓަރވިލާރޫމްތައް)، "ރަށު ފަތުރުވެރިކަމުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

  • ފަތުރުވެރިކަމަށްއަމާޒުކޮށް،ހޮޓަލެއް/ގެސްޓްހައުސްއެއް/ހޯމްސްޓޭކޮޓަރިއެއް އަދި މޫދުކޮޓަރި އެއް ހިންގުމުގެ ހުއްދަ ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އެކަމަށް ކަނޑައަޅާފައިވާ ފޯމު ތަކުން އެމިނިސްޓްރީ އަށް ހުށަހެޅުން
  • މި އިން ކަމަކަށް ބޭނުންވާ ފަރާތަކުން މިނސްޓްރީ އޮފް ޓުއަރިޒަމް އަށް ހުށަހެޅުމުން އެމިނިސްޓްރީ ކައުންސިލަށް ފޮނުވާ ޗެކް ލިސްޓް ލިބޭތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި އެލިސްޓްގައި ހިމެނޭކަން ހުރީ ފުރިހިމަވެފަތޯ ކަށަވަރުކޮށް ކައުންސިލުން މިނިސްޓްރީ އަށް ޖަވާބު ފޮނުވުން
  • މި އިން ކަމަކަށް ބޭނުންވާ ފަރާތަކަށް މިނިސްޓްރީ އޮފް ޓުއަރިޒަމް ލިބޭ ހުއްދަ ކައުންސިލް އިދާރާ އަށް ހުށަހަޅާތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި ކައުންސިލްގައި އޮންނަ "ރަށު ފަތުރުވެރިކަމުގެ ދަފްތަރު" ގައި އެފަރާތް ހިމެނުމަށްފަހު ރަޖިސްޓްރީ ކުރެވިއްޖެ ކަން އަދި ކަމާއި ގުޅޭ ވިޔަފާރި ކައުންސިލް އިޚްތިޞާޞް ހިމެނޭ ސަރަހައްދުގައި ކުރުމުގެ ހުއްދަ ލިއުމުން ލިބިގެންދާނެއެވެ.

 

ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގާ ފަރާތްތައް "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

 

23

ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގާ ފަރާތްތައް "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

  • ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް އިން އެކަމަށް ކަނޑައަޅާފައިވާ ފޯމު ތަކުން އެ މިނިސްޓްރީ އަށް ހުށަހެޅުން
  • މި ކަމަށް ބޭނުންވާ ފަރާތަކަށް މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް އިން ދޫކުރާ ވިޔަފާރި ރަޖިސްޓްރީ ކައުންސިލް އިދާރާއަށް ހުށަހަޅާތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި ކައުންސިލްގައި އޮންނަ "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި އެފަރާތް ހިމެނޭނެވެ.

 

ކަނޑުއުޅަނދުފަހަރުގެސަލާމަތީހެއްދުން

24

ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ހެއްދުން

  •  ކަނޑު އުޅަނދުގެ ސާރވޭއަށް އެދޭ ފޯމް (MS-1) އަދި ފޯމުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހަމަކޮށް ކައުންސިލަށް ހުށަހެޅުން އަދި ފީ ދެއްކުން (ސެޓްފިކެޓަކަށް 250ރ، ސާރވޭ ކުރުމަށް 150ރ)، މުއްދަތު ހަމަވެފައިވާނަމަ، ކޮންމެ ސެޓްފިކެޓަކަށް ޖުރުމަނާގެ ގޮތުގައި 1000ރުފިޔާ ދައްކަންޖެހޭނެއެވެ.
  • ކަނޑުއުޅަނދު ފަހަރު ސާރވޭއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި، އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓުން www.transport.gov.mv ލިބެންހުންނާނެއެވެ.
  • ފޯމް ހުށަހެޅުމުން ފޯމު ކަމާގުޅުންހުރި ސެކްޝަނާ  ރަސްމީ 2 ދުވަސް ތެރޭގައި ހަވާލުކުރުން
  • ފޯމު އަދި ފޯމާ އެކުގައިވާ ލިޔުންތައް ޗެކްކުރުން.
  • ފޯމު ހުށަހެޅި ފަރާތަށް ގުޅައިގެން އުޅަނދު ސާރވޭ ކުރަންދާނެ ދުވަހަކާއި ގަޑި ހަމަޖައްސާ ސާރވޭ ކުރިއަށް ގެންދެވޭނެއެވެ.
  •  ސަރވޭކޮށް ނިމޭތާ ރަސްމީ 2 ދުވަސްތެރޭގައި ސަލާމަތީ ސެޓްފިކެޓް ހަވާލު ކުރެވޭނެއެވެ.
  • ސަލާމަތީ ސެޓްފިކެޓް ހެދުމަށް އިދާރީ ފީއެއްގެ ގޮތުގައި  ކޮންމެ ސެޓްފިކެޓަކަށް -/100 ރުފިޔާ ދައްކަންވާނެވެ.

އެއްގަމުގައި ދުއްވާއުޅަނދުގެލައިސަންސްހެދުން

25

އެއްގަމުގައި ދުއްވާ އުޅަނދުގެ ލައިސަންސް ހެދުން

  • ފޯމް ފުރައި، ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ، އައި.ޑީ ކާޑްގެ ކޮޕީއަކާއެކު ރަސްމީ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުން
  • އިމްތިޙާން ފީ ކަމުގައިވާ 100.00 (އެއް ސަތޭކަ) ރުފިޔާ ދެއްކުން
  • ތިޔަރީ ޓެސްޓް އޮންނާނެ ދުވަހާއި ގަޑި ކައުންސިލުން އަންގާނެ
  • ތިޔަރީ ޓެސްޓުން ފާސްވުމުން ގިނަވެގެން 3 މަސް ދުވަސްތެރޭ  ދުއްވުމުގެ ޓެސްޓް ހެދުމަށް ހުށަހެޅުން
  • ސައިކަލްނަމަ ދުއްވުމުގެ އިމްތިޙާންގެ  ފީ ކަމުގައިވާ 100 އަދި ލައިސަންސް ފޮތުގެ ފީ ކަމުގައިވާ 250 ރުފިޔާ އަދި ކައުންސިލްގެ އިދާރީ ފީ -/30 ރުފިޔާއާއެކު ޖުމްލަ 380 ރުފިޔާ ދެއްކުން
  • ލައިސަންސް ހެއްދުމަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި، އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓުން www.transport.gov.mv ލިބެންހުންނާނެއެވެ.

 

ގޯތީގެ ރަޖިސްޓަރީ ހެދުން

26

ގޯތީގެ ރަޖިސްޓަރީ ހެދުން

  • ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
  • ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ (www.laamumaamendhoo.gov.mv) ވެބްސައިޓުން، ފޯމުލިބެން ހުންނާނެއެވެ.
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ރަޖިސްޓަރީ ހެއްދުމަށް ހުށަހަޅާފައިވާ ގޯއްޗަށް ކުރިން ރަޖިސްޓަރީ އެއް ހައްދާފައިވާނަމަ، ކުރީގެ ރަޖިސްޓަރީގެ އަސްލު.
  • (ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހަޅާފައިވާނަމަ، ރަޖިސްޓަރީގެ އަސްލު ހުށަހަޅާކަށް ނުޖެހޭނެއެވެ.)

ރަޖިސްޓްރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހަޅުއްވާއިރު ޤާނޫނީ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުން.

  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-          ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުމަށްފަހު ފޯމް އެންޓްރީ ކުރުން

-          ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތީ އޮތީ ރަނގަޅަށް ސާފުކޮށް ކަންމުޑި އަޅާފައިތޯ ކައުންސިލްގެ އިދާރާއިން ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ޗެކްކުރެވޭނެއެވެ.

-          ފޯމް ހުށަހަޅާތާ ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ގޯތި އޮތްތަނަށް ކައުންސިލްގެ އިދާރާގެ ފަރާތުން ޙާޟިރުވެ ގޯތީގެ މިންތައް (ގޯތީގެ ވެރިފަރާތް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ޙާޟިރުގައި) ޗެކްކޮށް ނޯޓް ކުރެވޭނެއެވެ.

  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތި ސާފުކޮށް ކަންމުޑި އަޅާފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 04 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.
  • ގޯތި ޗެކްކުރާއިރު ގޯތި ސާފުކޮށްފައިނުވާނަމަ، ނުވަތަ ކަންމުޑި އަޅާފައި ނުވާނަމަ ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން (ސްލިޕް ދޫކުރުން)

-          ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށް އެންގި ސްލިޕްގައިވާ ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުހަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތު މުއްދަތު ގުނާނީ ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ސްލިޕްގެ މުއްދަތުގައި ގޯތި ސާފުކޮށްފައިނުވާނަމަ، ނުވަތަ ކަންމުޑި އަޅާފައިނުވާނަމަ ގޯތި ސާފު ނުކުރުމުގެ ސަބަބުން ނުވަތަ ކަންމުޑި އަޅާފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދެވޭނެއެވެ.
  • ގޯތީގެ ރަޖިސްޓްރީ ހެދުމަށް ތިރީގައި މި ދަންނަވާ އިދާރީ ފީ ކައުންސިލުން ދައްކަންވާނެވެ.

- ގޯތި ރަޖިސްޓްރީ އަލަށް ހެއްދުމަށް -/50

- ގޯތި ރަޖިސްޓްރީ ގެއްލިގެން -/100

- ގޯތި ރަޖިސްޓްރީ އާކުރުން/ މަޢުލޫމާތު ބަދަލުވުން -/10ރ

 

ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން ނޫން ގޮތަކަށް ހައްދާނަމަ)

27

ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން ނޫން ގޮތަކަށް ހައްދާނަމަ)

  • ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
  • ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ (www.laamumaamendhoo.gov.mv) ވެބްސައިޓުން، ފޯމުލިބެން ހުންނާނެއެވެ.
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޝަރީޢަތުން ޙުކުމް ކުރައްވައިގެން ލިބިފައިވާ ގޯއްޗެއްނަމަ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ ކޮޕީ ހުށަހެޅުން.
  • ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯއްޗަށް ކުރިން ގޯތީގެ ރަޖިސްޓަރީއެއް ނުވަތަ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއެއް ހައްދާފައިވާނަމަ، އެ ރަޖިސްޓަރީއެއްގެ އަޞްލު ހުށަހެޅުން.
  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-          ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުމަށްފަހު ފޯމް އެންޓްރީ ކުރުން

-          ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތީ އޮތީ އިންވަކިކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ލަސްވެގެން ރަސްމީ 05 ދުވަހުގެ ޗެކްކޮށް، އިންވަކިކޮށްފައިވާނަމަ، ގޯތީގެ ވެރިފަރާތް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ޙާޟިރުގައި ގޯތީގެ މިންތައް ޗެކްކޮށް ނޯޓް ކުރުން.

-          ގޯތީގެ މިންތައް ނޯޓް ކުރުމަށްފަހު ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަށް އެންގޭނެއެވެ.

  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތީގެ އިންވަކިކޮށްފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.
  • ގޯތި ޗެކްކުރާއިރު ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ ގޯތީގެ އިންވަކި ކުރުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން (ސްލިޕް ދޫކުރުން)

-          ގޯތީގެ އިންވަކި ކުރުމަށް ދީފައިވާ ސްލިޕްގައިވާ ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތު ގުނާނީ ގޯތީގެ އިންވަކި ކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ސްލިޕްގެ މުއްދަތުގައި ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ، އިންވަކިކޮށްފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދިނުން.
  • އިމާރާތާ ގޯތީގެ ރަޖިސްޓްރީ އަލަށް ހެދުމަށް -/50 ރުފިޔާ އަދި ގޯތީގެ ރަޖިސްޓްރީ އާކުރަން ނުވަތަ މައުލޫމާތު ބަދަލުވެގެން -/10 ރުފިޔާ، އިދާރީ ފީއެއްގެ ގޮތުގައި ދައްކަންވާނެވެ.

އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހެޅުން)

28

އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހެޅުން)

  • އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
  • ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ (www.laamumaamendhoo.gov.mv) ވެބްސައިޓުން، ފޯމުލިބެން ހުންނާނެއެވެ.
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޤާނޫނީ ފޯމް ހުށަހެޅުން (ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތު ސާފުކުރާ ފޯމް)
  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-          ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުމަށްފަހު ފޯމް އެންޓްރީ ކުރުން

-          އެޕްލިކޭޝަން ފޯމް ލިބިފައިވާކަމުގެ ސްލިޕް ފޯމް ހުށަހެޅި ފަރާތަށް ވަގުތުން ޙަވާލުކުރުން.

-          ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވޭތޯ ބެލުމަށް ރަސްމީ 02 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ރަސްމީ 07 ދުވަހުގެ މުއްދަތަށް ޢާއްމު އިޢުލާނެއް ކުރުން.

-          ޤާނޫނީ ފޯމް ފުރިހަމަކޮށް ހުށަހެޅުމުން، ފޯމްގައި ރަޖިސްޓަރީ ރަޙުނުކޮށްފައިވާކަމަށް އެއްވެސް ފަރާތަކުން ބަޔާންކޮށްފައި ނުވާނަމަ، އަދި 07 ދުވަހުގެ މުއްދަތަށް ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެ ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތެއް ލިބިފައިވާކަމަށް އަންގާފައިނުވާނަމަ، ޚިދުމަތުގެ މަރުޙަލާތައް ކުރިޔަށް ގެންދިޔުން.

-          އިޢުލާނުގެ މުއްދަތު ހަމަވެ، އަދި ޤާނޫނީ ފޯމް ހުށަހަޅާތާ ރަސްމީ 2 ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތީ އޮތީ އިންވަކިކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ޗެކްކޮށް، އިންވަކިކޮށްފައިވާނަމަ، ގޯތީގެ ވެރިފަރާތް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ޙާޟިރުގައި ގޯތީގެ މިންތައް ޗެކްކޮށް ނޯޓް ކުރުން.

-          ގޯތީގެ މިންތައް ނޯޓް ކުރުމަށްފަހު ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަށް އެންގޭނެވެ.

  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، އިޢުލާނުގެ މުއްދަތު ހަމަވެ، ޤާނޫނީ ފޯމް ހުށަހަޅާ އަދި ގޯތީގެ އިންވަކިކޮށްފައިވާނަމަ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދޭން ވާނެއެވެ.
  • ގޯތި ޗެކްކުރާއިރު ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ ގޯތީގެ އިންވަކި ކުރުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން (ސްލިޕް ދޫކުރުން)

-          ގޯތީގެ އިންވަކި ކުރުމަށް ދީފައިވާ ސްލިޕްގައިވާ ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، އިޢުލާނުގެ މުއްދަތު ހަމަވެ، ޤާނޫނީ ފޯމް ހުށަހެޅި ތާރީޚުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތުގެ ގުނާނީ ގޯތީގެ އިންވަކި ކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ސްލިޕްގެ މުއްދަތުގައި ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ، އިންވަކިކޮށްފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދެވޭނެއެވެ.
  • ރަޖިސްޓަރީއާއި ބެހޭ މަޢުލޫމާތު ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ރަޖިސްޓަރީގެ މަޢުލޫމާތު ލިބިފައިވާކަމަށް ހުށަހަޅާފިނަމަ، ނުވަތަ ޤާނޫނީ ފޯމުގައި ރަޖިސްޓަރީ ރަހުނުކޮށްފައިވާކަމަށް އެއްވެސް މާލީ އިދާރާއަކުން ބަޔާންކޮށްފައިވާނަމަ، އަލުން ރަޖިސްޓަރީ ހައްދައިދެވެން ނެތްކަމާއި، ރަޖިސްޓަރީއާއި ގުޅޭ ގޮތުން ހޯދާފައިވާ މަޢުލޫމާތު ގޯތީގެ ވެރިފަރާތަށް ލިޔުމުން ފޯރުކޮށް ދެވޭނެއެވެ.
  • އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން އަލުން ހަދައިދެވޭނީ -/100 ރުފިޔާގެ އިދާރީ ފީއަކާއެކުގައެވެ.

މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރުން

29

މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރުން

  • މަގު ބަންދުކުރުމުގެ ހުއްދައަށް އެދި މަގު ބަންދުކުރުމަށް ބޭނުންވާ ދުވަހުގެ ރަސްމީ 3 ދުވަހުގެ ކުރިން ޚިދުމަތަށް އެދި ކައުންސިލް އިދާރާއަށް ސިޓީއަކުން ހުށަހެޅުން.
  • މަގު ބަންދު ކުރުމުގެ ހުއްދަ ދޫކުރެވޭނީ -/25 ރުފިޔާގެ އިދާރީ ފީއަކާ އެކުގައެވެ.
  • މަގު ބަންދުކުރުމަށް ހުއްދަ ދެވިފައިވާ ވަގުތު ހަމަވުމުން ސަރަޙައްދު ސާފުކޮށް ކައުންސިލް އިދާރާއަށް އަންގަންވާނެވެ.

 

މަގު ކޮނުމުގެ ހުއްދަ ދޫކުރުން

30

މަގު ކޮނުމުގެ ހުއްދަ ދޫކުރުން

  • މަގު ކޮނުމުގެ ހުއްދައަށް އެދި މަގު ކޮނުމަށް ބޭނުންވާ ދުވަހުގެ ރަސްމީ 3 ދުވަހުގެ ކުރިން ޚިދުމަތަށް އެދި ކައުންސިލް އިދާރާއަށް ސިޓީ ހުށަހެޅުން.
  • މަގުކޮނުމުގެ ހުއްދަ ދޫކުރުމަށް ހުށަހަޅާފައިވާ ސަބަބު ދިރާސާކުރުމަށްފަހު ހުއްދަ ދޫކުރުން
  • މަގުކޮނުމުގެ ހުއްދަ ދޫކުރެވޭނީ -/25 ރުފިޔާގެ އިދާރީ ފީއަކާ އެކުގައެވެ.
  • މަގުކޮނުމަށް ދޫކުރާ ހުއްދައިގެ ކޮޕީ ފެނަކަ ކޯޕަރޭޝަން، ކޭބަލްޓީވީގެ ޚިދުމަތްދޭ ފަރާތްތަކަށް ލިޔުމުން ޙަވާލުކުރެވޭނެއެވެ

އިމާރާތްކުރުމުގެ ހުއްދަ ދޫކުރުން

31

އިމާރާތްކުރުމުގެ ހުއްދަ ދޫކުރުން

  • އިމާރާތްކުރުމުގެ ހުއްދައަށް އެދި ޚިދުމަތަށް އެދޭ ފޯމް (ފޯމުގައި ބޭނުންވާ ހުރިހާ މަޢުލޫމާތާއެކު) ކައުންސިލް އިދާރާއަށް ހުށަހެޅުން.
  • ޤާނޫން ނަންބަރު 2017/4 (ޢިމާރާތްކުރުމުގެ ޤާނޫން) ގެ ދަށުން ހެދިފައިވާ ޤަވާޢިދުގައި، އިމާރާތްކުރުމުގެ ހުއްދަ ދޫކުރުމުގެ ކުރިން ބަލަންޖެހޭ އެންމެހާ ކަންކަން ބަލާ ހުއްދަ ދޫކުރެވޭނެއެވެ.

އެކިއެކި ބޭނުންތަކަށް ބިން ދޫކުރުން

32

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ބޭނުންތަކަށް ބިން ހޯދުމަށް ކައުންސިލަށް ހުށަހެޅުން

  • އެކިއެކި ބޭނުންތަކަށް ބިން ހޯދުމަށް އެދި ކައުންސިލަށް ހުށަހަޅަންވާނީ ސިޓީއަކުންނެވެ. މި ސިޓީގައި ބިން ހޯދާ ބޭނުން، ބިމުގެ ބޮޑުމިން އަދި ބިން ބޭނުންވާ މުއްދަތު ބަޔާންކުރެވިފައި އޮންނަންވާނެވެ. އަދި މި މައުލޫމާތު ނުހިމެނޭ ސިޓީތައް އަލުން އިސްލާހުކޮށް ހުށަހެޅުމަށް އެންގޭނެވެ.
  • ސިޓީއާއެކު އައިޑީ ކާޑް ކޮޕީ ހުށަހަޅަންވާނެވެ.
  • ސިޓީ ހުށަހަޅާތާ 14 ދުވަސްތެރޭގައި ބިން ހޯދުމަށް އެދުނު ފަރާތުން ބިން ހޯދުމަށް އެދުނު ބޭނުމަށް ބަލައި، ކައުންސިލުން އެކުލަވާލާ ޢާންމުކޮށްފައިވާ ޤަވާޢިދާއި އުސޫލުތަކާއި އެއްގޮތަށް، ބިން ދޫކުރެވެން އޮތް ތަނެއް ކައުންސިލުން ބެލުމަށްފަހު، ކައުންސިލްގެ ޖަލްސާއަށް ސިޓީ އެޖެންޑާކޮށް ގޮތެއް ނިންމޭނެވެ.
  • ކައުންސިލް ޖަލްސާއިން ނިންމާގޮތެއް ސިޓީ ހުށަހަޅާ ފަރާތަށް، ކައުންސިލް ޖަލްސާ ބާއްވާތާ ރަސްމީ 3 ދުވަސްތެރޭގައި ލިޔުމުން އެންގޭނެވެ. އަދި ބިން ދޫކުރުމަށް ޖަލްސާއިން ފާސްކޮށްފައިވާނަމަ، ޖަލްސާ ބާއްވާތާ ރަސްމީ 14 ދުވަސްތެރޭގައި އެއްބަސްވުން އެކުލަވާލާ ބިން ހަވާލުކުރެވޭނެވެ.

 

ލ.ހުޅިމެންދޫއިން ކާށި. ދަރު، ހިކިފަން ފަދަ ތަކެތި ނެގުމަށް ހުއްދަ ހޯދުން

33

ލ.ހުޅިމެންދޫއިން ތަކެތި ނެގުމުގެ ހުއްދަ ދޫކުރުން

  • ކައުންސިލުން ވަކި ގޮތެއް އަންގަންދެން، ލ.ހުޅިމެންދޫ އިން ކާށި، ދަރު، ހިކިފަން ނެގުމުގެ ހުއްދަ ކައުންސިލުން ދޫކުރެވޭނެވެ.
  • ޚިދުމަތަށް އެދޭ ފަރާތްތަކުން 7200365، 9661118، އަދި 9820707 އަށް ގުޅައި ހުއްދަ ހޯދަން ޖެހޭނެވެ.
  • އަދި ހުޅިމެންދޫއިން ނަގާ ތަކެތި ރަށަށް ބޭލުމުގެކުރިން ގެނައި ތަކެތި ޗެކްކުރުމަށް، މަތީގައި ދެންނެވިފައިވާ ނަންބަރުތަކުން ނަންބަރަކަށް ގުޅަންވާނެވެ.

ރައްޔިތުންގެ ގެސްޓްހައުސް ކުއްޔަށް ދޫކުރުން

34

ރައްޔިތުންގެ ގެސްޓްހައުސް ކުއްޔަށް ދޫކުރުން

  • ދިގު މުއްދަތަކަށް ރައްޔިތުންގެ ގެސްޓްހައުސް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ކައުންސިލަށް ސިޓީ ހުށަހަޅަން ޖެހޭނެވެ.
  • ދުވަހު ކުއްޔަށް ކޮޓަރި ނެގުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ނަންބަރު 6800705 އަށް ގުޅައިގެން ކުރިއަށްގެންދެވޭނެވެ.
  • ހިދުމަތަށް އެދި ހުށަހަޅާ ސިޓީގައި ކުއްޔަށް ހިފަން ބޭނުންވާ މުއްދަތު ބަޔާންކޮށްފައި އޮންނަންވާނެވެ.
  • ކުއްޔަށް ހިފުމަށް އެދި ސިޓީ ހުށަހަޅާތާ ރަސްމީ 3 ދުވަސްތެރޭގައި ޖަވާބު ފޮނުވޭނެވެ.
  • އަދި ކުއްޔަށް ދޫކުރުމަށް ނިންމާނަމަ، ގެސްޓްހައުސް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ފާސްކޮށްފައިވާ އުސޫލު އަންގައިދިނުމަށްފަހު، ސިޓީ ހުށަހަޅާތާ، ރަސްމީ 10 ދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއި ކުރެވޭނެވެ.

ޕްރީ ސްކޫލް ކުއްޔަށް ދޫކުރުން

35

ޕްރީސްކޫލް ކުއްޔަށް ދޫކުރުން

  • ޕްރީސްކޫލް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ކައުންސިލަށް ސިޓީ ހުށަހަޅަން ޖެހޭނެވެ. ސިޓީގައި ކުއްޔަށް ހިފަން ބޭނުންވާ ދުވަހާއި ކުއްޔަށް ހިފަން ބޭނުންވާ ވަގުތު ބަޔާންކޮށްފައި އޮންނާންވާނެވެ. ހިދުމަތް ބޭނުންވާ ދުވަހުގެ މަދުވެގެން 3 ދުވަސް ކުރިން ކައުންސިލަށް ސިޓީ ހުށަހަޅަންވާނެވެ.
  • ސިޓީ ހުށަހަޅާ ބޭނުމަކާ ގުޅިގެން ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ފައިސާ ކައުންސިލަށް ދެއްކުމުން، ބަޔާންކޮށްފައިވާ ދުވަހުގައި ޕްރީސްކޫލް ކުއްޔަށް ދެވޭނެވެ.

ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުން ދޫކުރުން

36

ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުންދޫކުރުން

  • ކާކުކަން އަންގައިދޭ ލިޔުން ހޯދުމަށް އެދި ކައުންސިލަށް ސިޓީ ހުށަހަޅަން ވާނެއެވެ. ސިޓީއާއެކު ތިރީގައި މި ދަންނަވާ ތަކެތި ހުށަހަޅަން ޖެހޭނެވެ.

1. ލިޔުން ހަދަން އެދޭ ފަރާތުގެ އައި.ޑީ.ކާޑު ކޮޕީ / އުފަންދުވަހުގެ ސެޓްފިކެޓް ކޮޕީ

2. ލިޔުން ހަދަން އެދޭ ފަރާތުގެ މަންމަ އާއި ބައްޕަގެ އައި.ޑީ.ކާޑު ކޮޕީ / އުފަންދުވަހުގެ ސެޓްފިކެޓް ކޮޕީ

  • މި ހިދުމަތަށް ކަނޑައެޅިފައިވާ އިދާރީ ފީ އަކީ -/50 ރުފިޔާއެވެ. ފައިސާ ކައުންސިލް އިދާރާއަށް ދެއްކުމުން ރަސްމީ 3 ދުވަހުގެ ތެރޭގައި ލިޔުން ދޫކުރެވޭނެވެ.

ކައުންސިލަށް ޝަކުވާ ހުށަހެޅުން

37

ކައުންސިލަށް ޝަކުވާ ހުށަހެޅުން

  • ކައުންސިލަށް ޝަކުވާ ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ ޝަކުވާ ހުށަހަޅާ ފޯމުންނެވެ. ފޯމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވެ.
  • ފޯމް ކައުންސިލަށް ލިބޭތާ ރަސްމީ 5 ދުވަހުގެ ތެރޭގައި އެ ފަރާތަކަށް ޖަވާބު ފޮނުވޭނެއެވެ.

ޤާނޫނު ނަންބަރު 2014/1  (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމް ތަކަށް ޖަވާބު ދިނުން

37

ޤާނޫނު ނަންބަރު 2014/1  (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމް ތަކަށް ޖަވާބު ދިނުން

  • އެ ޤާނޫނުގެ ދަށުން އެކުލަވާލައިފައިވާ ޤަވައިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި (21 ދުވަހުގެ ތެރޭގައި) ޖަވާބު ދެވޭނެއެވެ.
  • ޚިދުމަތަށް އެދި ހުށަހެޅުމަށް ބޭނުންވާ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ (www.laamumaamendhoo.gov.mv) ވެބްސައިޓުން، ލިބެން ހުންނާނެއެވެ.

 

ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ފާޑުކިޔުން ހުށަހެޅުން 

  • ކައުންސިލުން ދޭ ޚިދުމަތަކާ ގުޅޭގޮތުން، ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނުވަތަ ޚިދުމަތަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުންތަކަށް މަރުޙަބާ ކިޔަމެވެ. ހުށަހެޅުންތައް އިދާރާގެ ކައުންޓަރުންނާއި [email protected] އީމެއިލްގެ ޒަރީއާއިން ބަލައިގަނެވޭނެވެ. ލިޔުން ހުށަހަޅާ ފަރާތްތަކަށް ރަސްމީ 5 ދުވަހުގެ ތެރޭގައި ލިޔުމުން ޖަވާބު ދެވޭނެއެވެ.
  • މިފަދަ ހުށަހެޅުންތައް ބަލައިގަނެ، ވަގުތުން ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅުކޮށް، ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެއެވެ.

 

ގުޅުއްވުމަށް

ފޯން ނަންބަރު:

6800705

އީ-މެއިލް: [email protected]

 [email protected]   

ވެބްސައިޓް: www. laamumaamendhoo.gov.mv

 

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ ، ޗާންދަނީމަގު، މާމެންދޫ، ދިވެހިރާއްޖެ.

15 ނޮވެންބަރު 2021
ހޯދާ