ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގައްއަރާ ރުއްގަހުގެ ވެރިން ހޯދުމަށް

     މިރަށު އޮޑިފަންނުގައި ހުރި ގުދަން ތަކުގެ ދެކުނުފަރާތުން "ހަވީރީ ހިނގުން" މަގަށް އަރާ ރުއްގަހުގައި 1 ން 31 އަށް  ރަތްކުލައިގެ ދަވާދުން  ވާނީ ނަމްބަރު ޖަހާފައެވެ.

     މިރުއްގަހުގެ ވެރިން ހޯދުމަށް މީގެކުރިންވެސް މިއިދާރާގެ ނަމްބަރު (IUL)394/394/2021/39 (15-06-2021)، (IUL)394/394/2021/50 (27-06-2021) މިދެއިޢުލާނުން ވާނީ ޢާއްމުކޮށްފައެވެ.

    ވީމާ،މިރުއްގަހުގެ ވެރިފަރާތެއްވާނަމަ އެއީ އެފަރާތުގެ ރުކެއްކަން އެނގޭނެ ދެހެކިންގެ ނަމާއިއެކު 14 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމުއްދަތުގައި ވެރިފަރާތުގެ މަޢުލޫމާތު ހުށަހަޅާފައިނުވާ ރުއްގަސްއެއީ ވެރިންނެތްތަކެތި ކަމުގައިބަލާ އެރުއްގަސް ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

28 ނޮވެންބަރު 2021
ހޯދާ