އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީ ހުޅުދޫ އަވަށުގައި ކައުންސިލްގެ މުނިސިޕަލް ގަވާއިދުތައް ތަންފީޒުކުރުމުގެ މަސައްކަތާ ގުޅޭ

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ފަރާތުން އާންމުކޮށްފައިވާ މުނިސިޕަލް ކަންކަމާ ގުޅޭ ގަވާއިދުތައް ހުޅުދޫ އަވަށުގައި ތަންފީޒުކުރުމަށްޓަކައި ހުޅުދޫ އަވަށު އޮފީހުގެ ފަރާތުން މަސައްކަތްތައް ކުރިއަށްގެންދާއިރު، އެންމެހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ވާހަކަ ދަންނަވަމެވެ.

 

އެ ގޮތުން، އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދާއި، އާންމު އުނދަގުލާބެހޭ ގަވާއިދާއި، ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި މަގުމައްޗަށްވާ ގޮތަށް ބެހެއްޓުމާ ބެހޭ ގަވާއިދާއި، ގޭގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ގަވާއިދާއި، ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ ގަވާއިދާއި، މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ގަވާއިދާއި، މަގުފާރާއި އިންފާރު ތަޅާލުމާބެހޭ ގަވާއިދާއި، މަގުމަތި ކުނިކެހުމާބެހޭ ގަވާއިދާއި، އޮޑިހަރުގެއާބެހޭ ގަވާއިދާއި، ރަށުގެ އާންމު ތަންތަނުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބޭއްވުމާބެހޭ ގަވާއިދާއި، ތިމާވެށި ޙިމާޔަތްކުރުމާބެހޭ ގަވާއިދާއި، ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދާއި، ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ގަވާއިދު ތަންފީޒްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، މަގަށް ދަތިވާ ގޮތަށް ހުންނަ ރުއްގަސްތަކުގެ މައްސަލަ ހައްލުކުރުމާއި، މީގެ އިތުރުންވެސް އުޞޫލުތަކުގެ ތެރެއިން ތަންފީޒްކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރިއަށްދާނެއެވެ.

 

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

 

            20 ރަބީޢުލްއާޚިރު 1443   

25 ނޮވެންބަރު 2021
ހޯދާ