ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަދަބީ މުބާރާތްތަކަށް އިންސާފުކޮށްދެއްވާނެ ފަނޑިޔާރުންގެ ދަފުތަރަކާއި މުދައްރިސުންގެ ދަފުތަރެއް އެކުލަވައިލަން ބޭނުންވެއެވެ.

    އިޢުލާނު

 

           މި އެކެޑަމީގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ ތަފާތު އަދަބީ މުބާރާތްތަކަށް އިންސާފުކޮށްދެއްވާނެ ފަނޑިޔާރުންގެ ދަފުތަރަކާއި ބަހާއި ތާރީޚާ ގުޅޭގޮތުން ހިންގާ ޕުރޮގުރާމުތަކާއި ކުރުމުއްދަތުގެ ކޯސްތަކުގައި ކިޔަވައިދެއްވާނެ މުދައްރިސުންގެ ދަފުތަރެއް މި އެކެޑަމީން އެކުލަވައިލަން ބޭނުންވެއެވެ.

                 ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދޭ ފޯމާއި ވަނަވަރު ހުށަހަޅާނީ 2021 ޑިސެމްބަރު 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އެކެޑަމީ (ހ. ސޯސަންގެ) އަށެވެ. އޮންލައިންކޮށް ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ([email protected])އަށް ފޯމު ހުށަހެޅޭނެއެވެ. ފޯމު މި އެކެޑަމީގެ ކައުންޓަރުންނާއި ވެބްސައިޓުން (www.dhivehiacademy.edu.mv) މިހާރު ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މި އެކެޑަމީގެ ނަންބަރު  3014800  ނުވަތަ 7986230 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

28 ނޮވެންބަރު 2021
ހޯދާ