ދިވެހިރާއްޖެ
އައްޑޫސިޓީ ކައުންސިލްގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯރޓްސް ކޮމިޓީގައި "ޒުވާނުން ތަރައްގީ ކުރުމުގެ ދާއިރާ" އަދި "ކުޅިވަރު ކުރިއެރުވުމުގެ ދާއިރާ" އިން މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ކުރެވުނު މި އިދާރާގެ ނަންބަރު:(IUL)426-CA/426/2021/409 އިއުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
ވީމާ ދެންނެވުނު ދާއިރާތަކުން ކައުންސިލްގެ ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯރޓްސް ކޮމިޓީގައި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ދާއިރާއިން ލިބިލައްވާފައިވާ ތަޖުރިބާގެ ލިއުމާއި، ި، އައިޑީ ކާޑު ކޮޕީއާއި އެކު 01 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 14.00ގެ ކުރިން ސިޓީއަކުން ނުވަތަ މެއިލް ([email protected] ) އިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
19 ރަބީއުލްއަޚިރު 1443