އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދޮރުފޮތި ފޯރުކޮށްދީ ހަރުކޮށްދޭނެ ފަރާތެއް ހޯދުން

މި އޮފީހުގެ ބައެއް ކުޑަދޮރުތަކުގައި ދޮރުފޮތި ހަރުކުރަންބޭނުންވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  2 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި،ޣާޒީ ބިލްޑިންގުގައި ހުންނަ މި އޮފީހުގެ ޖަލްސާކުރާ މާލަމުގައެވެ. އަދި މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް، މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަސްކަމަށްވާ 2 ޑިސެންބަރު 2021  ގައި ޤެޒެޓް ކުރެވޭނެއެވެ.  

ބީލަން ހުށަހެޅުން އޮންނާނީ 9 ޑިސެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި އޮފީހުގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ދެވެންނެތް ވާހަކަވެސް ދެންނެވީމެވެ.

25 ނޮވެންބަރު 2021
ހޯދާ