އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ކޮންފަރެންސް ރޫމަށް "85 ޓީވީއެއް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދުމާއިގުޅޭ

ކައުންސިލްގެ ކޮންފަރެންސް ރޫމަށް "85 ޓީވީއެއް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

 

 

މި އިދާރާއިންދޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަނުގެ 01 ޓީވީ، ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 2021ނޮވެމްބަރ 30 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، [email protected] އަށް މެއިލްކުރައްވައި، ނުވަތަ 6660061 ނަންބަރު ފޯނާ ގުޅުއްވައި ނަންނޯޓްކުރެއްވުން އެދެމެވެ. ނަން ނޯޓުކުރައްވާ ފަރާތްތަކަށް، މަޢުލޫމާތު ކަރުދާސް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެ އެވެ.

މަޢުލޫމާތު ސާފުކުރުން

މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، 2021ނޮވެމްބަރ 30 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، [email protected] އަށް މެއިލް ކުރައްވައި ނުވަތަ 9994954 ނަންބަރު ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމާ ގުޅިގެން ދޫކުރެވޭ އެންމެހައި މަޢުލޫމާތު ހޯއްދެވުމަކީ، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 2021ޑިސެމްބަރ 02ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2021ޑިސެމްބަރ 02ވާ  ބުރާސްފަތި ދުވަހުގެ، 14:35 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ. ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ނޮވެންބަރު 2021
ހޯދާ