ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ، ރިފަރަލް އެންޑް މޮނިޓަރިންގ

މަގާމު

ޑިރެކްޓަރ، ރިފަރަލް އެންޑް މޮނިޓަރިންގ  

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން

ޑިރެކްޓަރ

ރޭންކް

އީ.އެކްސް 1

މުސާރަ

މަހަކު 8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު 4000 ރުފިޔާ

އެހެނިހެން

މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. ރިސްކް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ހާޒިރުވާ ދުވަހަކަށް -/75ރ ދެވޭނެއެވެ. މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާއާއި ފޯން އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން ފޯނު އެލަވަންސް ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

 

  1. ސޯޝަލް ސައެންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލް ކޮށްފައިވުމާއެކު އިޖްތިމާޢީ މަސައްކަތުގެ ދާއިރާއިން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ؛
  2. ސޯޝަލް ސައެންސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާސިލް ކޮށްފައިވުމާއެކު އިޖްތިމާޢީ މަސައްކަތުގެ ދާއިރާއިން 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

(ނޯޓް: މަސައްކަތުގެ ތަޖުރިބާގެ ތެރެން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާއަކީ މެނޭޖްމަންޓް ދާއިރާގެ ތަޖުރިބާއަށް ވާންވާނެއެވެ. މި މަގާމަށް މީހަކު ހޮވުމުގައި ސޯސަލް ސައެންސްގެ ދާއިރާކަމަށް ބަލާނީ ސޯޝަލޮޖީ، ސައިކޮލޮޖީ، ސޯޝަލް ޕޮލިސީ، ޕޮލިސީ ސްޓަޑީޒް، ހިއުމަން ރައިޓްސް އަދި ސޯޝަލް ވަރކްއަށެވެ). 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

 

 

 

 

 

 

  1. އޮތޯރިޓީގެ ރިފަރަލް އެންޑް މޮނިޓަރިންގ ޑިޕާޓްމަންޓްގެ ހިންގުމާއި ޑިޕާޓްމަންޓުން ކުރަންޖެހޭ ފަންނީ މަސައްކަތްތައް ސީ.އީ.އޯގެ އިރުޝާދާއެކު ކުރުން.
  2. އޮތޯރިޓީއަށް ރިޕޯޓުކުރާ މައްސަލަތަކުގައި މަސައްކަތްތައް ކުރިއަށްގެންދާނޭގޮތާއި ކަމާގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތްކުރާނޭ ގޮތްތައް ރާވައި މި މަސައްކަތްތައްކުރުން.
  3. އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި، އިންސާފު އަދި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ރާވައި ހިންގުން.
  4. އޮތޯރިޓީއަށް ރިޕޯޓްކުރާ މައްސަލަތަކުގައި އަނިޔާ ކުރާ ފަރާތްތަކާއެކު މަސައްކަތްކުރާނޭގޮތްތައް ރާވައި މި މަސައްކަތްތައް ހިންގުން.
  5. އޮތޯރިޓީއަށް ރިޕޯޓްކުރާ މައްސަލަތަކުގެ ތެރެއިން ކަމާގުޅުންހުރި އެހެން މުއައްސަސާތަކަށް ހުށަހަޅަންޖެހޭ މައްސަލަތައް މުއައްސަސާތަކަށް ރިފަރކުރުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.  
  6. އޮތޯރިޓީން އެހެން މުއައްސަސާތަކަށް ރިފަރކުރާ މައްސަލަތައް މޮނިޓަރކޮށް، އަޅަންޖެހޭ ފިޔަވަޅު އެޅުން.
  7. އޮތޯރިޓީއަށް ރިޕޯޓުކުރާ މައްސަލަތަކުގެ މަޢުލޫމާތު ހަމަޖެހިފައިވާ އުޞޫލުން ރިކޯޑްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ މަސައްކަތް ރާވައި ހިންގުން.
  8. އޮތޯރިޓީއަށް ރިޕޯޓުކުރާ މައްސަލަތަކުގެ ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ރާވައި ހިންގުން.
  9. އޮތޯރިޓީގެ ގާނޫނީ ޒިންމާތައް އަދާކުރުމަށް ޑިޕާޓްމަންޓުން ކުރަންޖެހޭ މަސައްކަތްތައްހަރުދަނާކުރުމަށް ބޭނުންވާ ފަންނީ މަސައްކަތްތައްކުރުމާއި، ޑިޕާޓްމަންޓްގެ މުވައްޒަފުން މެނޭޖްކުރުން.
  10. ގެވެށި އަނިޔާ ހުއްޓުވުމުގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ ގާބިލިއްޔަތުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނުތައް ފަރުމާކޮށް ހިންގުން.
  11. އޮތޯރިޓީގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް ހިއްސާކޮށް އަހަރީ ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވުން.
  12. މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.

މިމަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއިއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

1-  ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

3-  ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6- ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ).

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް).

 

އިތުރު މަޢުލޫމާތު:

1-     މި މަގާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

2-     މިމަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއުގެ އިތުރުން މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މައުލޫމާތު ދެނެގަތުމަށްޓަކައި ޓެސްޓެއްގައި ބައިވެރިވާންވާނެއެވެ.  

3-     މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލާ ކުރެވޭ އިންޓަވިއު އާއި ޓެސްޓްގެ ނަތީޖާއަށް ބަލައި، ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.

4-     އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.

5-     މި އޮތޯރިޓީގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 ން މެންދުރުފަހު 3 އަށެވެ.

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 06 ޑިސެމްބަރ 2021 ގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ލިބޭ އީމެއިލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި އީމެއިލްއަށް އެޕްލިކޭޝަން ލިބުމުން ލިބުނު ކަމަށް ރިޕްލައި އެއް ފޮނުވޭނެއެވެ. ރިޕްލައި ލިބިލައްވާފައި ނުވާނަމަ ރަސްމީ ގަޑީގައި މި އޮތޯރިޓީގެ ނަންބަރު 3010551 އަށް ގުޅުއްވައި އީމެއިލް ލިބުނުކަން ޔަގީން ކުރެއްވުން އެދެމެވެ. 

 

ނޯޓް: ވަޒީފާއަށް އެދޭފޯމް ޑައުންލޯޑްކުރުން:

http://www.fpa.gov.mv/uploads/downloads/FPA-Job-Application-latest.pdf

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv   

ފޭސްބުކް: www.facebook.com/fpa.maldives

25 ނޮވެންބަރު 2021
ހޯދާ