މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮފީސް އިމާރާތް މަރާމާތު ކުރާނެ ފަރާތެއް ހޯދުން

އިޢުލާން

 

މިއިދާރާއިންދޭ ކުރެހުމަކާއެއްގޮތަށް މިއިދާރާގެ ޢިމާރާތަށް އިތުރުކުރާ ބަޔާއެކު ޢިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އަމިއްލަތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2021 ނޮވެމްބަރ 30 ވާ އަންގާރަދުވަހުގެ 14:00ގެ ކުރިން ގެޒެޓްކުރެވިފައިވާ "ބިޑް ރަޖިސްޓްރޭޝަން ފޯމް" ފުރިހަމަކުރެއްވުމަށްފަހު  [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުންނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން

 

ތަން

ތާރީޚް

ދުވަސް

ގަޑި

ރަޖިސްޓަރީ ވި ފަރާތްތަކަށް މަޢުލޫމާތު ދިނުން

މ. މުލީ ކައުންސިލްގެ އިދާރާ

 2 ޑިސެމްބަރު 2021

ބުރާސްފަތި

13:00

އަންދާސީ ހިސާބު ހުށަހެޅުން

މ. މުލީ ކައުންސިލްގެ އިދާރާ

20 ޑިސެމްބަރު 2021

ހޯމަ

13:00

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

  1. މަސައްކަތުގެ އަގަށް:  %85 (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން).
  2. މުއްދަތު: %5 (އެންމެ ކުރުމުއްދަތަކީ ބެންޗުމާކް ކަމުގައި ބަލައިގެން).
  3. މަސައްކަތުގެ ތަޖުރިބާއަށް: %5 (ޖޫރިމަނާއެއްނެތި ހިންގާފައިވާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އެކަނި) ހުށަހަޅާ ކޮންމެ ލިޔުމަކަށް 1 ޕޮއިންޓް، ގިނަވެގެން ދެވޭނީ 5 ޕޮއިންޓް.
  4. މާލީ ޤާބިލުކަން: %5 (މާލީ ޤާބިލްކަން، ހުށަހެޅި އަދަދުގެ %20 އަށްވުރެ ދަށްނަމަ އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.)

މިހެންވެ މިކަން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ނޮވެންބަރު 2021
ހޯދާ