މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ " ދޯނިޔާ" ލޯންޗުން ނަގާފައިވާ 150 ހޯސްޕަވަރގެ ޔަމަހާ ޓޫ ސްޓްރޯކް 01 އިންޖީނު ސިޓީ ލާ ނީލަމުގައި ވިއްކާލުން

މި އިޢުލާންވަނީ 08 ޑިސެންބަރު 2021 21:46 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާނު 

މިއިދާރާގެ " ދޯނިޔާ" ލޯންޗުން ނަގާފައިވާ 150 ހޯސްޕަވަރގެ ޔަމަހާ ޓޫ ސްޓްރޯކް 01 އިންޖީނު ސިޓީ ލާ ނީލަމުގައި ވިއްކާލުން

         މި އިދާރާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ " ދޯނިޔާ" ލޯންޗުން ނަގާފައިވާ ޔަމަހާ ޓޫ ސްޓްރޯކް 150 ހޯސްޕަވަރގެ 01 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން 25 ނޮވެންބަރު 2021 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 ގެ ކުރިން  އިންޖީނު ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ.  އަގު ހުށަހަޅާނީ ނީލަމަށް އަގު ހުށަހަޅާފޯމު މެދުވެރިކޮށްގެންނެވެ. މިދެންނެވި ފޯމު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "150 ހޯސްޕަވަރގެ ޓޫ ސްޓްރޯކް 01 އިންޖީނުގެ ނީލަމުގައި ބައިވެރިވުމަށް" މިހެން ލިޔަންވާނެއެވެ. ނީލަމަށް ސިޓީން އަގު ހުށަހަޅާ ފޯމު މި އިޢުލާނުގައި އެއްކަރުދާސް ކޮށްފައި އެވަނީއެވެ. އަދި މީގެ އިތުރުން، ނީލަމަށް ސިޓީން އަގު ހުށަހަޅާފޯމު މި އޮފީހުގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.

ކޮންމެ ދުވަހަކު މެންދުރުފަހު 1:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 2:00 ގައި މި އިދާރާގައި  ހުންނަ ނޯޓިސްބޯޑުގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 2 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ލިބުމަށްފަހު، ރަސްމީ 5 ދުވަހުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ، އެ ފަރާތަކަށް ދޫކުރާ ނީލަން ކާމިޔާބުކުރި ކަމުގެ ލިޔުން ބާޠިލުކޮށް ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް، ނީލަން ކާމިޔާބުވެފައިވާކަން އަންގާ ލިޔުން ދޫކުރެވޭނެއެވެ.

ސިޓީލާ ނީލަން ނަންބަރު: 2021/2

ނީލަން ފެށޭއަގު: 5،000.00 (ފަސްހާސް ރުފިޔާ)

ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު:  ފަހަރަކު 500.00 (ފައްސަތޭކަ ރުފިޔާ)

         ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިންޖީނު ބަލާލުމުގެ އިންތިޒާމް 2021 ނޮވެންބަރު 25 ވަނަ ދުވަހުން ފެށިގެން، ނީލަން ނިމެންދެން ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09.00 ން މެންދުރުފަހު 13:00 އަށް މިއިދާރާގެ ފަރާތުން ހަމަޖައްސައިދެވޭނެެއެވެ.

         ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                            18 ރަބީއުލްއާޚިރާ 1443

23 ނޮވެންބަރު 2021
ހޯދާ