ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު : ކައުންސިލް އެސިސްޓެން ( އޮޅުވެލިފުށި ޒިކްރާމިސްކިތް )

 

ވަޒީފާގެ ފުރުޞަތު

މަޤާމު:

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

 J336537

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

SS 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލް އިދާރާ

މުސާރަ:

 3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00  ރުފިޔާ

އެހެނިހެން އެލަވަންސް:

1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

2- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯރޓިންގ ކޯ އެލަވަންސް 1 ގެ ގޮތުގައި 1200.00 ރުފިޔާ (މަހަކު)

3- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލާއި އެއްގޮތަށް، ކައުންސިލް އިން ކަނޑައަޅާ މިސްކިތްތަކުގެ ތެރެއިން މިސްކިތެއްގައި، އިމާމް/ މުދިމް އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން
  2. ކައުންސިލް އިދާރާއިން އިންތިޒާމްކުރާ ގޮތެއްގެމަތިން ކޮންމެ ދުވަހަކު 5 ފަހަރު މިސްކިތު އެތެރެއާއި މިސްކިތު ފެންޑާ ކުނިކަހާ މޮއްޕް ޖެހުމާއި ފާޚާނާ އާއި އިސްކުރުބަރި ދޮވެ ސާފުކުރުމާއި، މިސްކިތު ގޯތިތެރެ އާއި މިސްކިތާއި އިންވެގެން އޮންނަ މަގުތަކުގެ ދެބައިކުޅަ އެއްބައި ކުނިކަހާ ވިނަ ނޮޅާ ސާފުކޮއް ބެލެހެއްޓުން.
  3.  ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލާއި އެއްގޮތަށް، މިސްކިތުގެ ތަނބުތައް ކޮންމެ ދުވަހަކު 5 ފަހަރު ފެންފޮތިލާއި ސާފުކުރުމާއި ކޮންމެ ދުވަހަކު ދޮރުތަކާއި ދޮރުފަތްތައް ފުހެސާފުކުރުމާއި ކޮންމެ ހަފުތާއަކު އެއްފަހަރު ފަންކާތާކާއި އޭސީތައް ސާފުކުރުން
  4.  ކައުންސިލް އިދާރާއިން ހަމަޖައްސާ އުޞޫލެއްގެ މަތިން ކޮންމެ ނަމަދުވަގުތެއްގައި މިސްކިތުގެ ފަންކާތަކާއި ދިއްލުންތައް ދިއްލުމާއި ނިއްވުން.
  5. ކޮންމެ މަހަކު 2 (ދޭއް) ފަހަރު ފުރާޅު ސާފުކުރުމާއި  ކޮންމެ 3 (ތިނެއް) މަހުން އެއްމަހު ވަޅުދިޔަ ހިއްކުން އަދި ޖަންކްޝަންތައް ސާފުކޮއް ބެލެހެއްޓުން
  6.  މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން އިމާމް / މުދިމަށް އަދި ރަށު ކައުންސިލް އިދާރާއަށް ރިޕޯރޓް ކުރުން
  7. ވަޒިފާ އަދާކުރުމަށް އުޒުރުވެރިވާ ނަމަ ނަމާދު ވަގުތު ޖެހުމުގެ 01 (އެކެއް) ގަޑިއިރުގެ ކުރިން ސްޕަވައިޒަރަށް އަންގަންވާނެއެވެ. މަސައްކަތު މީހާއަށް ދިމާވި ޙާލަތަކީ އެކަށީގެން ސަބަބެއްތޯ ބަލައި، އެ ސަބަބަށް ރިޢާޔާއަތްކޮށް މަސައްކަތު މީހާ އެނަމާދަށް ހާޒިރު ނުވުމަށް ހުއްދަ ދިނުމުގެ ބާރު ސްޕަވައިޒަރަށް ލިބިގެންވެއެވެ.
  8. މިސްކިތު މަސައްކަތު މީހުން، ސަރުކާރު ރަސްމީ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާގައި އޮންނަ ޙާޟިރީގައި ސޮއި ކުރަންވާނެއެވެ. އަދި ކޮންމެ ނަމާދު ވަގުތެއްގައި ނަމާދު ޙާޟިރީގައި ސޮއިކުރަންވާނެއެވެ.
  9. މިސްކިތުގައި ދީނީ ދަރުސްތައް ދިނުން ފަދަ ޕްރޮގުރާމްތައް ހިންގާނަމަ އެފަދަ ޕްރޮގުރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.
  10. މިސްކިތު ގޯތިތެރޭގައި ގަސް އިންދާ ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  11. ކައުންސިލް އިން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމަޔަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކެރެޓްރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
  12. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާ ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ކައުންސިލް ސެކްރެޓަރީ ޖެނެރަލަށް ފުރިހަމަޔަށް ޖަވާބު ދާރީވުން

 

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން އެނގުން

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)  http://www.csc.gov.mv/download
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

50

އަސާސީ ޝަރުޠައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ

5

އިންޓަރވިއު

40

 

 

މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ އިންސައްތަ %60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ނޮވެމްބަރު 30 ވާ (އަންގާރަ) ދުވަހުގެ 13:00 ގެ ކުރިން، ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އންންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އިމްތިޙާން އޮންނާނީ، (01 ޑިސެމްބަރު 2021) އާއި (15 ޑިސެމްބަރު 2021) އާ ދެމެދު، ފާދިއްޕޮޅު އޮޅުވެލިފުށި ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްގައި  އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620075 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

24 ނޮވެންބަރު 2021
ހޯދާ