މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލް އޮފިސަރ

ނަމްބަރު: WDC/IUL/2021/16

އިޢުލާން

 

މަޤާމް:

އެސިސްޓެންޓް ކައުންސިލް އޮފިސަރ

ބޭނުންވާ ޢަދަދު:

01 ( އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (ކޮންޓްރެކްޓް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ

ވަޒީފާއަށް ނަގާ މުއްދަތު

01 އަހަރު   

މުސާރަ:

-/4465ރ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް)

ސަރވިސް އެލަވަންސް:  

ނިކުމެ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/50ރ

އެހެނިހެން އެލަވަންސް:

ރިސްކު އެލަވަންސް ( ފައިސާގެ މުޢާމަލާތް ހިނގާ ކޮންމެ ދުވަހަކަށް -/ 25ރ )

މަސައްކަތު ގަޑި

ދުވާލަކު 6 ގަޑިއިރު (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި)

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

  1. މާފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރާއަށް އަންނަ ލިޔުންތައް ބަލައިގަނެ އެންޓްރީ ކުރުމާއި ފޯނު ކޯލްތަކަށް ޖަވާބުދިނުން.
  2. ކޮމެޓީގެ ފަރާތުން ކުރުވާ އެންމެހާ މަސައްކަތްތަކުގެ ކަންކަން ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ކޮށް ބެލެހެއްޓުން.
  3. ކޮމެޓީގެ އާއްމު ޖަލްސާތަކުގެ އެޖެންޑާ، ކޮމެޓީގެ ރައީސް ނުވަތަ ހިންގުމާއި ހަވާލުވެ ހުންނެވި މެމްބަރަކު އަންގަވާ ގޮތެއްގެ މަތިން ތައްޔާރުކޮށް 01 ދުވަސް ކުރިއަށްލާ މެމްބަރުންނަށް ފޮނުވުން.
  4. ކޮމެޓީގެ ކުއްލި ޖަލްސާތަކުގެ އެޖެންޑާ، ކޮމެޓީގެ ރައީސް ނުވަތަ ހިންގުމާއި ހަވާލުވެ ހުންނެވި މެމްބަރަކު އަންގަވާގޮތެއްގެ މަތިން ތައްޔާރުކޮށް މެމްބަރުންނަށް ފޮނުވުން.
  5. ކޮމެޓީގެ އާއްމު ޖަލްސާތައް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ޖަލްސާގެ ޙާޟިރީ އަދި ޖަލްސާގެ ނިންމުންތައް ދުވަހުން ދުވަހަށް ސޮއިކުރުވާ، އާއްމުކުރުމާއި އެކު ފައިލްކުރަމުން ގެންދިޔުން.
  1. ކޮމެޓީގެ ފައިސާއާއިބެހޭ ލިއުންތަކާއި ފޮތްތަށް ބެލެހެއްޓުން.
  2. ކޮމެޓީގެ ޕޭމަންޓް ވައުޗަރ ތައްޔާރުކުރުން.
  3. މާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރާ ހުޅުވާ ލެއްޕެވުމުގެ ކަންތައްތައް ބެލެހެއްޓުން.
  4. އިދާރީ ޔުނިޓްގެ އެންމެހައި މަސައްކަތްތައް ކޮމެޓީގެ ލަފާގެ މަތިން ކުރުން.
  5. .ކޮމެޓީން ތައްޔާރުކުރަންޖެހޭ އިދާރީ އެކި ރިޕޯޓްތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ރިޕޯޓްތައް އެކުލަވާލައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  6. ކޮމެޓީގެ މަސައްކަތްތަކާއި ކޮމެޓީގެ ނިންމުންތައް ތަންފީޒުކުރުމާ ގުޅޭ އެންމެހައި އިދާރީ މަސައްކަތްކުރުން.
  1. ކޮމެޓީއަށް ހޯދަންޖެހޭ ޚިދުމަތްތަކާއި ،ތަކެތި ހޯދުމަށްޓަކައި ހަދަންޖެހޭ އެންމެހާ ލިޔެކިއުންތައް ހެދުން.

13. ކޮމެޓީން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމަކުރުމަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމަށް އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ކޮމެޓީގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

14. ކޮމެޓީގެ ވާރކް ޕްލޭން އަދި ޙަރަކާތްތައް ތަންފީޒުކޮށް ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.އަދި މިނޫނަސް ވަޒީފާގެ މަސްއޫލިއްޔަތުގެ ގޮތުން ކޮމެޓީގެ ރައީސް، ނައިބްރައީސް އަންގަވާ ކަންކަން ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

'ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކްންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

- އެޑްމިނިސްޓްރޭޝަން

-  މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

.1ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އިޢުލާނުގެ ސުންގަޑި ހަމަވަންދެން ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2.   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.    ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

      އަޞްލާއި އެއްގޮތްކަމަށް ތައްގަނޑުޖަހާފައިވާ، މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.   މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލުމީހާ ހޮވުމުގައި ބަލާނީ ތިރީގައިމިވާ ކަންތައްތަކަށެވެ.

  1. ތަޢުލީމް 40% (އޯލެވެލް އިން ފެށިގެން މަތީ ފާސްތައް)
  • ނޯޓް: ވަޒީފާގެ ޝަރުޠު ހަމަކުރުމަށް ބޭނުންކުރެވޭ ސެޓްފިކެޓްތަކަށް މާކްސް ނުލިބޭނެއެވެ.
  1. މަސައްކަތުގެ ތަޖުރިބާ 10%(މަޤާމުގެ މަސައްކަތު ދާއިރާއާ ގުޅޭ ތަޖުރިބާ، އަދި އަދާކުރި / އަދާކުރާ ވަޒީފާގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް އަދި ވަޒީފާ އަދާކުރި / އަދާކުރާ ތަނުގެ މުވައްޒަފުންގެ ޢަދަދު އެނގޭނެ ލިޔުންތައް ފިޔަވައި އެހެން ލިޔުންތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިނުވެއެވެ.)
  1. ލިބިފައިވާ ހުނަރު (ޤާބިލް ކަމަށް ކަށަވަރު ކުރުމަށް ކުރެވޭ އިންޓަވިއު) %50

 ނޯޓް: މިމަޤާމަށް މީހަކު ހޮވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން މަދުވެގެން ޖުމްލަ %35 ލިބިގެންނެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 ޑިސެމްބަރ 2021 ވާ  ބުދަ ދުވަހުގެ  13:00 ގެ ކުރިން، މާލެއަތޮޅު މާފުށީ ކައުންސިލް  އިދާރާއަށެވެ. ވަޒީފާއަށް އެދޭލިޔުންތައް [email protected]  މެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 9538121 ނަންބަރު ފޯނާއެވެ.

 އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (01 ޑިސެމްބަރ 2021) ން (02 ޑިސެމްބަރ 2021) އާއި ދެމެދު (މާފުށީ ކައުންސިލް އިދާރާގެ މީޓިންގ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑު އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ލިޔުމަކުން މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

18 ރަބީޢުލްއާޙިރު 1443

23 ނޮވެމްބަރ 2021

 

 

 

     

23 ނޮވެންބަރު 2021
ހޯދާ