މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

 

(IUL)MMPRC-PRO/1/2021/56:ނަންބަރު   

އިޢުލާން

މި ކޯޕަރޭޝަނުން ފޯރުކޮށްދީފައިވާ މަޢުލޫމާތާއި އެއްގޮތަށް މި ކޯޕަރޭޝަނުގެ 4 ވަނަ ފަންގިފިލާއަށް ކޮމްޕިއުޓަރ ސިސްޓަމްސް ގަންނަންބޭނުންވެ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި ކޯޕަރޭޝަނަށް ކޮމްޕިއުޓަރ ސިސްޓަމްސް ވިއްކުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2021 ނޮވެންބަރު 30 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 15:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 05 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ މި ކޯޕަރޭޝަންގެ އީމެއިލް އެޑްރެސްއަށް އީމެއިލްކުރެއްވުން އެދެމެވެ.

ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 07 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނާރިއާގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected]  އީމެއިލް އެޑްރެސް އަށް ފޮނުއްވުން އެދެމެވެ.

  • ބިޑު ހުށަހަޅާ ފަރާތުގެ ނަން:
  • ކުންފުނީގެ ނަން:
  • ގުޅޭނެ ފޯނު ނަންބަރ:
  • އީމެއިލް އެޑްރެސް:
  • އީމެއިލްގެ ސަބްޖެކްޓް: Bid Registration To Purchase Computer Systems for MMPRC 4th Floor

 

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކޯޕަރޭޝަންގެ 3323228 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

އީމެއިން އެޑްރެސް: [email protected] copy to [email protected]

ނަން: ޙަސަން ޝަހީލް

މަޤާމް: އެގްޒެކެޓިވް ޑިރެކްޓަރ

                      18  ރަބީޢުލް ޢާޚިރާ  1442

                      23   ނޮވެންބަރު    2021

 

23 ނޮވެންބަރު 2021
ހޯދާ