މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޝްވަރާ ކޮމިޓީއާބެހޭ އުޞޫލު ޢާއްމުކުރުން

އިޢުލާން

           ޤާނޫނު ނަންބަރު: 2010/07 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ) ގެ ދަށުން، ކައުންސިލަށް ލިބިފައިވާ ބާރުގެދަށުން ކައުންސިލްގެ މުހިއްމު ނިންމުންތައް ނިންމުމުގެ ކުރިން ހިޔާލާއި، ލަފާ ހޯދުމަށް ބޭނުންވާތީ، އެކުލަވާލެވޭ މަޝްވަރާ ކޮމިޓީ އާއި ބެހޭ އުޞޫލް މިއިޢުލާނާއި އެކު ޢާއްމުކުރަމެވެ.

           ވީމާ، މިކޮމިޓީއަށް 15 މެމްބަރުން އައްޔަންކުރުމަށް ބޭނުންވާތީ، މިކަމަށް އެދޭ ފަރާތްތަކުން އައި.ޑީ ކާޑާއި އެކު 7 ދުވަހުގެ ތެރޭގައި ސިޓީ މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އެކުލަވާލެވުނު މަޝްވަރާކޮމިޓީ އާއި ބެހޭ އުޞޫލް ފާސްކުރުމަށްފަހު، މިއިޢުލާނާއެކު ޢާއްމުކުރަމެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ނޮވެންބަރު 2021
ހޯދާ