އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އަގުކޮމިޓީގެ ދަފްތަރު އެކުލަވާލުމާއިބެހޭ

 

 

                 

 އަގުކޮމިޓީގެ ދަފްތަރު އެކުލަވާލުމާއިބެހޭ:

އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ އެކިއެކި މައްސަލަތަކާއި ގުޅިގެން ގޯތި ގެދޮރާއި އެހެންވެސް ތަންތަނާއި ތަކެތި އަގުކުރުމަށް ބޭނުންވާތީ އެފަދަ ތަންތަނާއި ތަކެތި އަގުކޮށްދޭނެ ފަރާތްތައް އައްޔަންކޮށް އަގު ކޮމިޓީގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ. އަގުކޮމިޓީގެ ދަފްތަރުގައި މެންބަރުން ހިމެނުމަށް ހަމަޖެހިފައިވަނީ 03 އަހަރު ދުވަހުގެ މުއްދަތަށެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 30 ނޮވެންބަރ 2021 ދުވަހުގެ 14:00ގެ ކުރިން ލިޔުމަކުން އެކަން އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓަށް އަންގަވާ ދެއްވުންއެދެމެވެ.

އަގުކުރާ ތަންތަނާއި ތަކެތީގެ ތެރޭގައި ރޭނުމާއި ވަޑާންކުރުމާއި، ފެންވައިރިންގ ކުރުމާއި، އަތްކަންކުރުމާއި، ކަރަންޓް ވައިރިންކުރުމާއި، އިލެކްޓްރޯނިކްސް މަސައްކަތްކުރުމާއި، ރެފްރިޖަރޭޝަނާއި، އެއަރ ކޮންޑިޝަންގެ މަސައްކަތްކުރުން ފަދަ ކަންކަން ހިމެނޭތީ، މީގެ ތެރެއިން އެމީހަކު ފަންނުވެރިވެފައިވާ ކަމެއް މިލިޔުމުގައި ބަޔާންކުރުން އެދެމެވެ. އަދި މިފަދަ ކަމެއްގެ ތަމްރީނު ހޯދާފައިވާ މީހެއްނަމަ ލިބިފައިވާ ސެޓްފިކެޓުގެ ކޮޕީއެއް ހުށަހެޅުއްވުން ވެސް އެދެމެވެ.

    އަގުކޮމިޓީގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މަސައްކަތް ޙަވާލުކުރެވޭނީ އޭގެ ތެރެއިން އެވަގުތަކު ކުރަން ބޭނުންވާ ކަމަކާއި ގުޅޭގޮތުން އެންމެ ބޮޑަށް މަޢުލޫމާތާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ.

ޝަރުޠު:

ގޯތިގެދޮރާއި އެހެންވެސް އެފަދަ ތަންތަނާއި ތަކެތި އަގު ކުރުމުގެ ފަންނީ އަދި ޢަމަލީ މަޢުލޫމާތު ލިބިފައިވުމާއި އަދި އެކަމަށް އެކަށޭނެ މިންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން.

އަގުކޮމިޓީގެ މެމްބަރުންނަށް ދެވޭ އުޖޫރަ އާއި ޢިނާޔަތްތައް:

އަގުކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/300ރ(ތިންސަތޭކަ ރުފިޔާ) ދެވޭނެއެވެ.

16 ރަބިޢުލްއާޚިރު  1443

                                                      21  ނޮވެމްބަރ   2021

21 ނޮވެންބަރު 2021
ހޯދާ