ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، އެސްޓީއޯ ގއ. ވިލިނގިލި ފިހާރައިގެ 6 (ހައެއް) ރެކު، މުދާ ޖައްސައިގެން ވިޔަފާރިކުރުމަށްކުއްޔަށް ދިނުން.

 

01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، އެސްޓީއޯ ގއ. ވިލިނގިލި ފިހާރައިގެ 6 (ހައެއް) ރެކު، މުދާ ޖައްސައިގެން ވިޔަފާރިކުރުމަށްކުއްޔަށް ދިނުން.  

01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، އެސްޓީއޯ ގއ. ވިލިނގިލި ފިހާރައިގެ 6 (ހައެއް) ރެކު، މުދާ ޖައްސައިގެން ވިޔަފާރިކުރުމަށް ކުއްޔަށް ދިނުމަށް އިއުލާނު ކުރަމެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

 

މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 

ރަޖިސްޓަރީކުރުން:       ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2021 ނޮވެމްބަރ 28 ވާ ދުވަހުގެ 1400 ގެ ކުރިން ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެެވެ.

                    އީމެއިލް: [email protected]

 

 

ބީލަންކަރުދާސް ދޫކުރުން:  ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2021 ނޮވެމްބަރ 28 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 

މައުލޫމާތު ދިނުން:     ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2021 ނޮވެމްބަރ 30 ވަނަ ދުވަހު 1400 ގައި މަޢުލޫމާތު                                      ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ގއ. ވިލިނގިލި ފިހާރައިގައި އޮންނާނެއެވެ.

 

 

ސުވާލާއިޖަވާބު:         ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2021 ޑިސެމްބަރ 01 ވަނަ ދުވަހުގެ 1400 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2021 ޑިސެމްބަރ 02 ވާ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

 

ބީލަންކަރުދާސް:        ބީލަންކަރުދާސް ހުށަހަޅަންވާނީ އީމެއިލް މެދުވެރިކޮށް، 2021 ޑިސެމްބަރ 07 ވާ ދުވަހު 1400 ގެ ކުރިން [email protected]  އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަންކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ފޮނުވާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

 

ފޯނު:        3344374

އީމެއިލް: [email protected]

22 ނޮވެމްބަރ 2021

22 ނޮވެންބަރު 2021
ހޯދާ