މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިމެނޭޖްކުރުމަށް ޕިކަޕެއް ހޯދުން

އިޢުލާން

ކުނިމެނޭޖްކުރުމަށް ޕިކަޕެއް ހޯދުން

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަރމަންޓް، ކްލައިމެޓް ޗޭންޖް އެނޑް ޓެކްނޮލަޖީގެ އިން ކުރިއަށްގެންދާ މޯލްޑިވްސް ކްލީން އެންވަރމަންޓް ޕްރޮޖެކްޓާ ގުޅިގެން މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ ކުނިމެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ފޯރުކޮށްދެއްވާ އެހީގެދަށުން މިކައުންސިލަށް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ ޕިކަޕް ސަޕްލައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކައުންސިލުން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނާއެކު އާންމުކުރެވިފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަށް ފުރިހަމަކޮށް ހުށަހަޅަން ވާނެއެވެ. ބީލަންފޮތް މި އިއުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި މިކައުންސިލާއި ގުޅުއްވުމުން ބޭނުންވާ ފަރާތްތަކަށް އީމެއިލް ޒަރިއްޔާއިން ފޮނުވޭނެއެވެ. އަދި ބީލަންފޮތް މި އިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. މި އިއުލާނާއި ގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ސެކިއުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 21 ނޮވެމްބަރ 2021 ން ފެށިގެން 30 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީކުރުމަށް  https://forms.gle/wz4dvvs1VjbtmWYs6 މިލިންކްގައިވާ ފޯމް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.

ޕްރީ ބިޑް ބައްދަލުވުން

ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިވެވޭނީ އެކަމަށް އެދި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަށް އެކަންޏެވެ. ޕްރީ ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 29 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހު 13:00ގައި ކައުންސިލް އިދާރާ މީޓިން ރޫމްގައެވެ. ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރި ނުވިކަމުގައިވިޔަސް ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ކޮށްފައި ނުވާނަމަ ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތަށް ހުންނަންވާނީ ސިޓީ އުރައިގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރު ގައި މި ދަންނަވާ މަޢުލޫމާތު ހިމަނާން ޖެހޭނެއެވެ. (ހ) މަސައްކަތުގެ ނަން، (ށ) އިޢުލާނު ނަންބަރު، (ނ) ބީލަން ހުށަހަޅާ ފަރާތުގެ ނަން. ބީލަމުގެ މުއްދަތެއްގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 01 ޑިސެންބަރ 2021 ވާ ބުދަ ދުވަހު 11:00ގައި މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާގެ މީޓިން ރޫމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބީލަމެއް ބަލައެއްނުގަނެވޭނެއެވެ. ބީލަން ހުށަހަޅަން ވެރިފަރާތްނޫން އެހެންފަރާތަކުން ހާޒިރުވާނަމަ އިއުތިރާޒެއްނެތް ކަމުގެ ލިއުން ހުށަހަޅަން ވާނެއެވެ. އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ އީމެއިލްއަށް  [email protected] ނުވަތަ ފޯން ނަމްބަރަށް 6580021 ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށްއަންގާ އިޢުލާނު ކުރީމެވެ.

21 ނޮވެންބަރު 2021
ހޯދާ