ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރުންގެ މަޤާމުތަކުގެ އަސާސީ ޝަރުތުތައް (އިޞްލާޙު 2) އަދި ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުގައިވާ މަޤާމުތަކުގެ ނަން ބަދަލުކުރުމާގުޅޭ އުޞޫލު (އިޞްލާޙު 2) ޢާންމުކުރުން

"ކައުންސިލް އޮފިސަރުންގެ މަޤާމުތަކުގެ އަސާސީ ޝަރުޠުތައް (އިޞްލާޙު 2)" އަދި "ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުގައިވާ މަޤާމުތަކުގެ ނަން ބަދަލުކުރުމާގުޅޭ އުޞޫލު (އިޞްލާޙު 2)" ފާސްކޮށް މި ސަރކިއުލަރ އާއެކު ޢާންމުކުރީމެވެ. ވީމާ، 23 ނޮވެމްބަރ 2021 ވަނަ ދުވަހުން ފެށިގެން ކައުންސިލް އޮފިސަރުންގެ މަޤާމުތަކަށް އިޢުލާންކުރާއިރު، މި އިޞްލާޙުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ.

ކައުންސިލް އޮފިސަރުންގެ މަޤާމުތަކުގެ އަސާސީ ޝަރުޠަކަށް ގެނެވުނު އިޞްލާޙުތައް:

  • ޖީ.އެސް 3، ޖީ.އެސް 4، އެމް.އެސް 2 އަދި އެމް.އެސް 3 ރޭންކުގެ މަޤާމުތަކުގެ ޝަރުޠުތައް އިޞްލާޙުކުރުން.

 

ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަޑުގައިވާ މަޤާމުތަކުގެ ނަން ބަދަލުކުރުމާގުޅޭ އުޞޫލަށް ގެނެވުނު އިޞްލާޙުތައް:

  • މި އުޞޫލުގެ ޖަދުވަލު 4 އަދި ޖަދުވަލު 5 އިޞްލާޙުކުރުން.
21 ނޮވެންބަރު 2021
ހޯދާ