ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލް އިދާރާއަށް ބޭނުންވާ ފަރުނީޗަރ ސަޕްލައިކުރުން – ވިޒިޓަރސް ޗެއަރ

ދިވެހިރާއްޖޭގެ ބާ ކައުންސިލް އިދާރާއަށް ބޭނުންވާ ފަރުނީޗަރ ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 01 ޑިސެންބަރު 2021 ގެ  10:00 އަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާ (މ. ވީނަސް، ނޫރީ ގޯޅި، 5 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީހިސާބު ހުށަހަޅާ ފޯމާއި، ސަޕްލައިކުރަންޖެހޭ ފަރުނީޗަރުގެ ތަފްޞީލް އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ. 

މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

21 ނޮވެންބަރު 2021
ހޯދާ