ދިވެހިރާއްޖެ
މިސްކޫލްގައި ބޭނުންކުރަމުންދާ ފާޚާނާތަކަށް ދިމާވެފައިވާ މައްސަލަތައް އަމިއްލަ ތަކެތީގައި ރަނގަޅު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިބީލަމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނުނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ވެސް ނަންނޯޓު ކުރެވޭނެއެވެ. ނަންނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 21 ނޮވެންބަރު 2021 އިން 28 ނޮވެންބަރު 2021 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 29 ނޮވެންބަރު 2021 ވާ ހޯމަ ދުވަހުގެ 13:00 ގައި މި ސްކޫލް އޮފީހުގައެވެ.
ބިޑް ހުޅުވުން އޮންނާނީ 1 ޑިސެންބަރު 2021 ވާ ބުދަ ދުވަހުގެ 13:35 ގައި މިސްކޫލްގައެވެ.
މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
ނަން ނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހަންޏާމީދޫ ސްކޫލް / އދ.ހަންޏާމީދޫ
ފޯން: 6680837
އީ-މެއިލް: [email protected]
16 ރަބީޢުލްއާޚިރު 1443