ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

އިޢްލާން

 ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

          ކިނބިދޫ ސްޕޯޓްސް އެރީނާގެ ވޮލީކޯޓް ހަދާ ސަރަހައްދާއި، ބޯޅަގޭގެ ދެކުނު  ( ފުޓްބޯޅަ ދަނޑުގެ އުތުރު ފަރާތާއި ހުޅަނގު ފަރާތުގައި )  ގައި ފެހި ދަވާދުން ނަމްބަރު ޖަހާފައިވާ 72 ރުކާއި، ވައިލެޓްމަގުގެ އިރުމަތީ ކޮޅުގައި ފެހިކުލައިގެ ދަވާދުން ނަމްބަރު ޖަހާފައިވާ 5 ރުއް ކަނޑަން ބޭނުންވާތީ މިރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

            ވީމާ، މި ރުއްގަހުގެ ވެރިފަރާތްތަކުން 1 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 14:00 ގެރިން މި އިދާރާއަށް ސިޓީއަކުން އެންގެވުން އެދެމެވެ. މިމުއްދަތުގެ ތެރޭގައި ވެރިފަތާތް ނާންގާ ހުންނަ ރުއްތަކަކީ ވެރިފަރާތް ނެތް ރުއްތަކެއްގެ ގޮތުގައި ބަލައި ރުއްތައް ކަނޑައި ތަން ސާފުކުރެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

           16 ރަބީޢުލްއާޚިރު  1443

            21 ނޮވެމްބަރ   2021

21 ނޮވެންބަރު 2021
ހޯދާ