އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އަތޮޅު ކައުންސިލް އިދާރާ އާއި އަތޮޅުގޭގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

  1. މި އިދާރާ އާއި އަތޮޅުގޭގެ ސެކިއުރިޓީ، 2021 ޑިސެމްބަރ 11 ވަނަ ދުވަހުން ފެށިގެން، އެއް އަހަރު ދުވަހުގެ މުއްދަތަށް، އައުޓްސޯސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ އެވެ.
  2. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 2021 ނޮވެމްބަރ 21 ވަނަ ދުވަހުން ފެށިގެން 2021 ނޮވެމްބަރ 25 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 އިން 14:00އާ ދެމެދު، 6660606 ނަންބަރު ފޯނާ ގުޅުއްވައި ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މަސައްކަތުގެ މަޢުލޫމާތު ކަރުދާސް، ނަންނޯޓްކުރައްވާ ފަރާތްތަކަށް ލިބިލައްވާނެ އެވެ. މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވެލައްވާ ފަރާތްތަކުން، 6660606 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
  4.  މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ، 2021 ނޮވެމްބަރ 30 ވަނަ ދުވަހުގެ 13:30 އެވެ. މީގެފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެ އެވެ.
  5. އަންދާސީ ހިސާބު ހުށަހަޅުއްވާނީ، މި އިދާރާއަށެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގަ އެވެ. ސިޓީއުރައިގެ ބޭރުގައި، މަސައްކަތަށް ދެވިފައިވާ ނަމާއި، އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.
  6. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2020 ނޮވެމްބަރ 30 ވަނަ ދުވަހުގެ 13:35 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.
  7. އަންދާސީ ހިސާބުތައް އިވެލުއޭޓްކޮށް ޕޮއިންޓްދިނުމަށް ކަނޑައެޅިފައިވާގޮތް، މަސައްކަތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.
21 ނޮވެންބަރު 2021
ހޯދާ