ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ސަރވިސް ޗާޓަރ

c

 

 

 

 

 

ކައުންސިލް އިދާރާގެ ސަރވިސް ޗާޓަރ

ތަޢާރަފް

މިއީ، ރަށުކައުންސިލް އިދާރާއިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށްޓަކައި އެކުލަވާލާފައިވާ ސަރވިސް ޗާޓަރެވެ.

 

ވިޝަން

ހައްދުންމަތީ މާބައިދޫ ކައުންސިލްގެ ތަޞައްވުރަކީ މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ ސައްތައިން ސައްތަ މުސްލިމް ދިވެހިރައްޔިތުބަޔަކު ދިރިއުޅޭ އިޤުތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، ޢުމްރާނީ ގޮތުންނާއި، ތަޢުލީމީ ގޮތުންނާއި، ޞިއްޙަތުގެގޮތުން ރާއްޖޭގެ އަތޮޅު ތަކުގެ ރަށްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭފަދަ ކާމިޔާބީތަކެއް ޙާޞިއްކުރާ ރަށަކަށް ހައްދުންމަތީ މާބައިދޫ ހެދުމެވެ.

މިޝަން

ރަށުގެ ރައްޔިތުންނާއި، ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާއާއެކު ގުޅިގެން މަސައްކަތްކޮށް ތަރަށްޤީ ޙާޞިލްކުރުން މަސައްކަތް ކުރުން.

 

ޚިދުމަތް ދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް

  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިނިތުންވުމާއެކު މަރުޙަބާކިޔައި، އިޙްތިރާމާއެކު މުޢާމަލާތްކުރުން.
  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ބޭނުންތައް އަޑުއަހައި، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
  • ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުންގުޅިގެން މަސައްކަތްކުރުން
  • ނަޒާޙަތްތެރިކަމާއެކު ހަމަހަމަކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން.
  • ޚިދުމަތް ހޯދުމަށް އައި ތަރުތީބަށް އިސްކަންދީގެން ޚިދުމަތް ދިނުން.
  • ޚިދުމަތް ހޯދުމަށް އަންނަ އިސްރައްވެހިންނާއި، ދަޢުލަތާއި ރަށަށް ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ފަރާތްތަކާއި ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޙާއްޞަ ސަމާލުކަމެއްދީ އިޙްތިރާމް އަދާކުރުން.
  • ފޯނުންކުރާ މުޢާމަލާތްތަކުގައި އުފާވެރި އަޑަކުން މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ރިވެތިބަހުން ވާހަކަ ދެއްކުން.

#

ޚިދުމަތްތައް

ޚިދުމަތުގެ ފެންވަރާއި މުއްދަތު

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

1

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

  • ރަސްމީ ދުވަސްދުވަހު ހެނދުނު 8:00 ން 14:00 އަށް  ޚިދުމަތް ހޯދަން ކައުންސިލަށްގުޅުއްވާ ފަރާތްތަކަށް ޚިދުމަތް ލިބިވަޑައިގަންނަވާނެ.
  • ކައުންސިލްގެ ރަސްމީފޯނަށް އަންނަ ފޯނުކޯލުތަކަށް ލަސްވެގެން 6 ރިންގުން ކައުންޓަރުން ޖަވާބު ދެވޭނެ.
  • 6 ރިންގުން ކައުންޓަރުން ޖަވާބު ނުދެވިއްޖެ ނަމަ އެ ފޯން އޮޓޯއިން ޕާސްވާނެއެވެ. މި ނަންބަރުން 3 ރިންގް ތެރޭ ޖަވާބު ލިބޭނެއެވެ.
  • ޚިދުމަތް ހޯދަން ގުޅިފަރާތުން  ބޭނުންވާ ޚިދުމަތެއް އޮޅުން ފިލުވައި، ބޭނުންވާ ޚިދުމަތާ ބެހޭ މުވައްޒަފަށް ކޯލް ޕާސްކުރެވޭނެ، ނުވަތަ އެކަމަކާ ގުޅިގެން ދޭންޖެހޭ ޖަވާބެއް ދެވޭނެ.

އެންޓްރީކުރުމާއި، ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

2

އެންޓްރީ ކުރުމާއި، ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

  • އޮފީހަށް ލިބޭ ލިޔެކިޔުންތައް ރަސްމީ 2 ދުވަހުގެ ތެރޭގައި އެންޓްރީކޮށް ކަމާގުޅޭ ސެކްޝަނަށް ފޯރުކޮށްދެވޭނެ.
  • އުސޫލީ މައްސަލަތަކާއި، ދައުލަތުގެ މުއައްސަސާއަކުން މަޢުލޫމާތު ހޯދަން ނުޖެހޭ މައްސަލަތަކަށް، ގިނަވެގެން ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.
  • ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ، ޖަވާބުދިނުން ލަސްވާ ސަބަބު އޮޅުންފިލުވައިދެވޭނެ، ނުވަތަ ވަގުތީ ޖަވާބެއް  ލިޔުމުން ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެ.
  • ދައުލަތުގެ އެހެން މުއައްސަސާއަކުން މަޢުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ މައްސަލަތަކަށް، ރަސްމީ މަސައްކަތު 3 ދުވަހާއި، 15 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

3

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

  • އޮފީހުގެ ވެރިއަކާ ބައްދަލުކުރުމަށް އެދި އެޕޮއިންޓްމަންޓަކަށް އެދިފައިވާނަމަ، ބައްދަލު ކުރައްވާ ވެރިޔަކު ނިންމަވާ ގޮތެއްގެ މަތިން އެޕޮއިންޓްމަންޓަށް އެދޭ ފަރާތްތަކަށް، ގިނަވެގެން ރަސްމީ މަސައްކަތު 1 ދުވަހާއި 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.

އައި.ޑީ.ކާޑު ހެދުން

4

އައި.ޑީ.ކާޑު ހެދުން

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އެދޭފޯމު ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ބަލައިގަނެވޭނެއެވެ.އީމެއިލް[email protected]  ގެޒަރީޢާއިންވެސް ފޯމު ހުށަހެޅިދާނެއެވެ. ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ (www.maabaidhoo.gov.mv) ވެބްސައިޓުން، އަދި ޑީ.އެން.އާރު ގެ ވެބްސައިޓުން (www.dnr.gov.mv) ފޯމުލިބެން ހުންނާނެއެވެ.
  • ކައުންސިލް އިދާރާއަށް ފޯމުލިބޭތާ ރަސްމީ 1 ދުވަސްތެރޭގައި، ކާޑުހެދުމަށް ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދައި ފުރިހަމަކުރުމަށްފަހު، އައި.ޑީ.ކާޑު ހެދުމަށްޓަކައި ޑީ.އެން.އާރަށް ފޮނުވޭނެއެވެ.
  • އައި.ޑީ ކާޑު ހެއްދުމަށް ހުށަހަޅާ އެޕްލިކޭޝަންގައި މައްސަލައެއް އޮތްކަމަށް ޑީ.އެން.އާރުން މަޢުލޫމާތު ދެއްވައިފިނަމަ އެކަމެއް ރަސްމީ ބަންދުނޫން 1 ދުވަހުގެ ތެރޭގައި އިޞްލާހުކޮށް ޑީ.އެން.އާރަށް ފޮނުވޭނެއެވެ.
  • އަތޮޅުކައުންސިލުން، ނިމިފައިހުރި އައި.ޑީ ކާޑުތަކުގެ މަޢުލޫމާތު އަންގާ ދުވަހުން ފެށިގެން ރަސްމީ 4 ދުވަސްތެރޭގައި ކާޑުގެނެސް، ވެރިފަރާތާ ޙަވާލުކުރެވޭނެއެވެ.  މިގޮތުން ކައުންސިލަށް ކާޑްލިބުމުން ކާޑް ލިބިފައިވާކަން އެސް.އެމް.އެސް މެދުވެރިކޮށް ނުވަތަ ގުޅާ އެފަރާތައް އެންގޭނެއެވެ.

65 އަހަރު ފުރުމުން ޕެންޝަނަށް ފޯމު ފޮނުވުން

5

65 އަހަރު ފުރުމުން ޕެންޝަނަށް ފޯމު ފޮނުވުން

  • ރަށުގެ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ ތެރެއިން ޢުމުރުން 65 އަހަރު ފުރޭ ފަރާތްތަކަށް، 65 އަހަރު ފުރުމުގެ 15 ދުވަސްކުރިން ކައުންސިލް އިދާރާއިން އަސާސީ ޕެންޝަނަށް އެދި ފޯމް ހުށަހެޅުމަށް އެދި އެ ފަރާތަށް އިރުޝާދީ އެކަން އެންގޭނެއެވެ.
  • ޕެންޝަނަށް އެދޭ ފޯމް، ކޮންމެ ރަސްމީ ދުވަހެއްގެ 8:00 ން 14:00 ށް ކައުންސިލް އިދާރާއިން ބަލައިގަނެވޭނެއެވެ. އީމެއިލްގެ ޒަރީޢާއިންވެސް ފޯމު ހުށަހެޅިދާނެއެވެ.
  • ކައުންސިލް އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި، ފޯމް އަދި ފޯމާއެކު ހުށަހަޅަން ބަޔާންކޮށްފައިވާ އެންމެހާ ލިޔުންތައް ހުށަހަޅާފައި ވޭތޯބަލައި  ޗެކުކުރުމަށްފަހު ޕެންޝަން އޮފީހަށް ފޮނުވޭނެއެވެ.

ޕެންޝަން އޮފީހަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކަށް ލިބޭ ޖަވާބުތަކާއި މަޢުލޫމާތު، ރަސްމީ 1 ދުވަހުގެތެރޭގައި އެފަރާތްތަކާ ލިޔުމުން ޙިއްޞާކުރެވޭނެއެވެ.

 

 

އެކަނިވެރިމައިންގެ ފޯމު ފޮނުވުން

6

އެކަނިވެރިމައިންގެ ފޯމު ފޮނުވުން

  • ފަޤީރު ޙާލަތުގައި ދިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމު، ކޮންމެ ރަސްމީ ދުވަހެއްގެ 8:00 ން 14:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި އީމެއިލްގެ ޒަރީޢާއިން ބަލައިގަނެވޭނެއެވެ.
  • އެކަނިވެރިމައިން/ބަފައިންގެ ފޯމު ކައުންސިލް އިދާރާއަށް ލިބޭތާ ރަސްމީ 3 ދުވަހުގެތެރޭގައި، ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދުމަށްފަހު، ދަފުތަރު ކުރުމާއި އެހީ ހަމަޖައްސައިދިނުމަށް އެންސްޕާ އަށް ފޮނުވޭނެއެވެ.
  • އެންސްޕާއަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކާގުޅިގެން ލިބޭ ޖަވާބުތަކާއި މަޢުލޫމާތު ރަސްމީ 1 ދުވަހުގެ ތެރޭގައި އެފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޯމުލުން

7

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޯމުލުން

  • ނުކުޅެދުންތެރިކަން ހުންނަ މީހުން ދަފުތަރުގައި ހިމެނުމާއި މާލީ އެހީތެރިކަމަށް އެދޭފޯމް، ކޮންމެ ރަސްމީދުވަހެއްގެ 8:00 ން 14:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ނުވަތަ ޢީމެއިލްގެ ޒަރީޢާއިން ބަލައިގަނެވޭނެއެވެ.
  • ކައުންސިލް އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި، ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދައި، ދަފްތަރުކުރުމާއި، މާލީ އެހީ ހަމަޖެއްސުމަށް އެންސްޕާ އަށް ފޮނުވޭނެއެވެ.
  • އެންސްޕާއަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކާގުޅިގެން ލިބޭ ޖަވާބުތަކާއި މަޢުލޫމާތު ރަސްމީ 2 ދުވަހުގެ ތެރޭގައި އެފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.

ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން

8

ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން

  • މަރުފޯމު ކައުންސިލް އިދާރާއަށް ހުށަހެޅުމުން، ކަށުކަމާކެމީގެ ކަންކަމަށް  އިންތިޒާމް ކުރުމަށް ކަނޑައަޅާފައިވާ ފޯކަލްޕޮއިންޓަށް މަރުފޯމު ލިބުމުން 1 ގަޑި އިރުތެރޭގައި ޖަނާޒާގެ ކަންކަން އެއާއިލާއަކުން ބޭނުންވާގޮތަކަށް ހަމަޖައްސައިދިނުމަށް މަގުފަހިކޮށްދެވޭނެ އެވެ.
  • ޖަނާޒާގެ ކަންތައް ހަމަޖެއްސުމަށް ގުޅާނީ ކައުންސިލްގެ ނަންބަރު 6800708 އަށެވެ. އަދި ބަންދު ދުވަހެއްނަމަ ކައުންސިލެއްގެ އެއިރެއްގެ އެސް ޖީ އަކަށް ހުންނަ ފަރާތެއްގެ މޯބައިލަށެވެ.

މަރުވާ މީހުން  ރަށްވެހިންގެ ރަޖިސްޓްރީ އިން އުނިކުރުން

9

މަރުވާ މީހުން  ރަށްވެހިންގެ ރަޖިސްޓްރީ އިން އުނިކުރުން

  • މަރުފޯމް  ކައުންސިލްގެ އިދާރާއަށް ހުށަހެޅުން.
  • ރަސްމީ ބަންދުނޫން 3 ދުވަސް ތެރޭގައި ކައުންސިލްގެ ރަޖިސްޓްރީން އުނިކުރުމަށް ފަހު، ނިޔާވެފައިވާކަމުގެ ލިޔުން (މަރުފޯމް) ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ފޮނުވޭނެއެވެ. އަދި 65 އަހަރުވެފައިވާ ފަރާތެއްނަމަ ޕެންޝަން އޮފީހަށް އެ މަޢުލާމާތު ފޮނުވޭނެ އެވެ.
  • މަރުވިމީހާ ރަށްވެހިވެފައިވާ "ރަށްވެހީންގެ ރަޖިސްޓްރީ" ގެ އަސްލު 3 ދުވަސްތެރޭގައި އެ ފަރާތުގެ އާއިލާގެ ފަރާތުން ކައުންސިލާ ހަވާލުކުރުން. އަދި މަރުވިމީހާގެ ނަން ރަޖިސްޓްރީ އިން އުނިކުރުމަށް ފަހު ހަމަ އެދުވަހު އަނބުރާ ގޭގެ ވެރިފަރާތާ ރަޖިސްޓްރީ ހަވާލުކުރެވޭނެއެވެ.

އުފަންދުވަހުގެ ރަޖިސްޓްރީ ހެދުން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިންގެ )

10

އުފަންދުވަހުގެ ރަޖިސްޓްރީ ހެދުން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިންގެ )

  • އުފަންދުވަހުގެ ރަޖިސްޓްރީ / އުފަންދުވަހުގެ ސެޓްފިކެޓް އަދި ރަށްވެއްސަކަށް އެދޭ ފޯމް ހުށަހެޅުން.
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- ނަން ފާސްކުރާ ފޯމް

   - މަންމައާއި ބައްޕަގެ އައިޑީކާރޑް ކޮޕީ، ކައިވެނީގެ ސެޓްފިކެޓް ކޮޕީ ނުވަތަ ވަރީގެ ސެޓްފިކެޓްގެ ކޮޕީ.

ހޮސްޕިޓަލް ނުވަތަ ސިއްޙީމަރުކަޒުން ފޫޅުމާފޯމް އެންޓަރ ކޮށްފައިވާނަމަ، ރަސްމީ ބަންދުނޫން 3 ދުވަސް ތެރޭ ސެޓްފިކެޓް ހައްދައިދެވޭނެ.

އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިން ނޫން )

11

އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިން ނޫން )

  • އުފަންދުވަހުގެ ރަޖިސްޓްރީ / އުފަންދުވަހުގެ ސެޓްފިކެޓް އަދި ރަށްވެއްސަކަށް އެދޭ ފޯމް ހުށަހެޅުން.
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- ސެޓްފިކެޓް ހަދާ ފަރާތުގެ އައިޑީކާރޑް ކޮޕީ

  • ފޯމް ހުށަހަޅާ ތާރީޚުން ފެށިގެން ބަންދުނޫން 3 ދުވަސް ތެރޭ ސެޓްފިކެޓް ހައްދައިދެވޭނެއެވެ.

ރަށްވެހިންގެ ރަޖިސްޓްރީގައި މީހުން ރަޖިސްޓްރީކުރުން

12

ރަށްވެހިންގެ ރަޖިސްޓްރީގައި މީހުން ރަޖިސްޓްރީކުރުން

  • އެއާއިލާއެއްގެ އިސްމީހާ ސިޓީއަކުން ރަޖިސްޓްރީ ވުމަށް އެދުން.
  • ގޭގެ ވެރިފަރާތުގެ އިޢުތިރާޒެތް ނެތްކަމުގެ ލިޔުމާއެކު ބަދަލުވާން ބޭނުންވާ އެޑްރެހާއި ،އެޑްރެސް ބަދަލުކުރަން ބޭނުންވާ މީހުންގެ ނަމާއި އެޑްރެސް ހިމެނުއްވައި އެ އެންމެންގެ އައިޑީކާރޑް ކޮޕީ ހުށަހެޅުން.
  • ފޯމް ހުށަހަޅާ ތާރީޚުން ފެށިގެން ބަންދުނޫން 7 ދުވަސްތެރޭ ރަޖިސްޓްރީ ކުރެވޭނެއެވެ.

 

ރަށްވެހިކަން ބަދަލު ކުރުން

13

ރަށްވެހިކަން ބަދަލު ކުރުން

  • ރަށްވެހިކަން ބަދަލުވުމަށް އެދޭ ފޯމް ހުށަހެޅުން.
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- ބަދަލުވާން އެދޭ މީހާ، ނުވަތަ މީހުންގެ އައިޑީކާރޑް ކޮޕީ ހުށަހެޅުން.

- ގޭގެ ވެރިފަރާތުގެ އިއުތިރާޒް ނުކުރާ ކަމުގެ ލިޔުން ހުށަހެޅުން

  • އެމީހެއްގެ ރަޖިސްޓްރީ އޮތް ރަށަކުން ޖަވާބު ލިބޭ ތާރީޚުން ފެށިގެން ބަންދުނޫން 7 ދުވަސް ތެރޭ ރަށްވެހިކަން ބަދަލުކޮށްދެވޭނެ.

ރަށްވެހިކަން ބަދަލުވާން ބޭނުންވާ މީހުން ރަޖިސްޓްރީން އުނިކުރުން

14

ރަށްވެހިކަން ބަދަލުވާން ބޭނުންވާ މީހުން ރަޖިސްޓްރީން އުނިކުރުން

  • އެމީހަކު ބަދަލުވާން އެދޭ ރަށެއްގެ ކައުންސިލުން މިކައުންސިލަށް މެސެޖަކުން ނުވަތަ ސިޓީއަކުން އެންގެވުމުން ބަންދުނޫން 3 ދުވަސްތެރޭގައި ރަޖިސްޓްރީން އުނިކޮށްދެވޭނެއެވެ.

ނަން ބަދަލުކުރުން ( 10 އަހަރުން މަތި )

15

ނަން ބަދަލުކުރުން ( 10 އަހަރުން މަތި )

  • ނަން ބަދަލުކުރުމަށް އެދޭ ފޯމާއި ފޯމުގައިވާ ލިޔެކިއުންތަކާއި، ޤާނޫނީ ފޯމް ފުރައިގެން ހުށަހެޅުން. ( ޤާނޫނީ ފޯމް ދޫކުރިތާ 1 މަސްދުވަސް ހަމަވުމުގެ ކުރިން ކައުންސިލަށް ގެނައުން ).
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- އައިޑީކާރޑް

- އުފަންދުވަހުގެ ސެޓްފިކެޓް

  • DNR އަށް ފޮނުވުމަށްފަހު ޖަވާބު ލިބޭ ތާރީޚުން ފެށިގެން ބަންދުނޫން 3 ދުވަސް ތެރޭ ޚިދުމަތް ފޯރުކޮށްދެވޭނެ.

ނަން ބަދަލުކުރުން ( 10 އަހަރުން ދަށް )

16

ނަން ބަދަލުކުރުން ( 10 އަހަރުން ދަށް )

  • ނަން ބަދަލުކުރުމަށް އެދޭ ފޯމާއި ފޯމުގައިވާ ލިޔެކިއުންތަކާއެކު ހުށަހެޅުން.
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- އައިޑީކާރޑް

- އުފަންދުވަހުގެ ސެޓްފިކެޓް

DNR އަށް ފޮނުވުމަށްފަހު ޖަވާބު ލިބޭ ތާރީޚުން ފެށިގެން ރަސްމީ 2 ދުވަސް ތެރޭ ޚިދުމަތް ފޯރުކޮށްދެވޭނެ.

ހުކުރު،އީދު އަދި ކޭތަ ނަމާދު ކުރުމަށް އިމާމުން ހަމަޖެއްސުން

17

ހުކުރު،އީދު އަދި ކޭތަ ނަމާދު ކުރުމަށް އިމާމުން ހަމަޖެއްސުން

  • އިމާމުން،މުދިމުން ހަމަޖެއްސުމުގައި ޖަމާއަތުގައި ހުކުރު،އީދު އަދި ކޭތަ ނަމާދުކުރުމަށް ހުއްދަ ލިބިވަޑައިގެންފައިވާ ބޭފުޅެއްތޯ ކައުންސިލުން ކަށަވަރުކުރުން.

-          ހުކުރު ،އީދު އަދި ކޭތަ ނަމާދަށް އިމާމުން ހަމަޖެއްސުމަށް ރަސްމީ އެއްދުވަސް ކުރިން އިމާމުން،މުދިމުން ނަށް އަންގާ ސޮއިކުރެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހެޅުން

18

ވަޒީފާއަށް އެދި ހުށަހެޅުން

  • ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމަށް އިޢުލާނުގައި ދީފައިވާ މުއްދަތުގެ ތެރޭގައި، ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅާ ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަލައިގަތުމުގެ އިންތިޒާމު މި އިދާރާގައި ހަމަޖެހިފައިވާނެއެވެ.
  • ވަޒީފާއަށް އެދޭ ފަރާތުން ހުށަހަޅަނީ ރަނގަޅު ފޯމު ކަން މި އިދާރާގެ ކައުންޓަރުން ކަށަވަރުކުރެވޭނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތައް ބަލައިގަތް ތާރީޚާއި ގަޑި އަދި ބަލައިގަތް މުވައްޒަފުގެ މަޢުލޫމާތު ފުރިހަމަކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާނަމަ،  ސްކްރީނިންގ މަރުޙަލާގައި އެ ކަން ފާހަގަކޮށް ވަޒީފާއަށް އެދިފައިވާ ފަރާތަށް ލިޔުމުން އެ ކަން އަންގައި،  ރަނގަޅު ފޯމް ހުށަހެޅުމަށް 48 ގަޑިއިރު ދެވޭނެއެވެ. މި މުއްދަތުގައި ރަގަޅު ފޯމު ހުށަހަޅާފައިނުވާނަމަ އެ ހުށަހެޅުމެއް ބަލާނީ ޝަރުޠު ފުރިހަމަނުވާ ހުށަހެޅުމެއްގެ ގޮތުގައެވެ. އަދި މީގެ އިތުރުން  ވަޒީފާއަށް އެދޭ ފޯމާއެކު އެއްކަރުދާސްކުރުމަށް ހުށަހެޅޭ ލިޔުންތަކުގެ ތެރެއިން ތަޢުލީމާއި ތަޖުރިބާގެ އެއްވެސް ލިޔުމެއް ސުންގަޑި ހަމަވުމުގެ ފަހުން ބަލައި ނުގަނެވޭނެއެވެ.
  • ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014  ގެ  78 ވަނަ މާއްދާގެ (ހ) ގެ    1،2،3،6،9 އަދި 11 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ  ވަޒީފާއަށް އައްޔަންކުރުމުގެ ޝަރުޠުތަކާއި، ވަޒީފާއަށް އެދި ހުށަހެޅުމަށް އިޢުލާންކޮށްފައިވާ މަޤާމުގެ އަސާސީ ޝަރުޠުތައް ފުރިހަ މަވޭތޯ ބަލަ އި ޝަރުޠުތަކަށް ނުފެތޭ ހުށަހެޅުންތައް ސްކްރީންކޮށް ވަކިކުރެވޭނެއެވެ.  އަދި މި ގޮތަށް ވަކިކުރެވޭ ހުށަހެޅުންތައް ބަލާނީ ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތަކެއް ކަމުގައެވެ. 
  • އިންޓަވިއު މަރުޙަލާ ފެށުމުގެ  ކުރިން ލިޔުމުން އެ ކަން  ، ސްކްރީންކުރުމުގެ މަރުޙަލާގައި މަޤާމުގެ ޝަރުޠު ހަމަނުވާކަމަށް ކަނޑައަޅާ ފަރާތްތަކަށް  އެ ފަރާ ތުގެ ހުށަހެޅުން  ހޮވިފައިނުވާ ސަބަބު އެންގޭނެއެވެ.  މި ގޮތުން އެ ފަރާތްތަކަށް އެންގުމުގައި ސްކްރީންކުރުމުގެ ހަމަތަކަށް ރިޢާޔަތްކޮށް ތަފްޞީލުކޮށް ބަޔާން ކުރެވޭނެއެވެ.
  • ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނައިން ހުށަހަޅާފައިވާނަމަ، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް އެކަން އެންގޭނެއެވެ.
  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އިންޓަރވިއު އަދި އެސެސްމެންޓާޢި ޕްރެޒެންޓޭޝަން އޮންނާނެ މުއްދަތު އެންގޭނެއެވެ. އަދި އިންޓަރވިއުއަށްފަހު މާކްސް ލިބުނުގޮތުގެ ތަފްޞީލް ޢާއްމުކުރެވޭއެވެ.
  • މާކްޝީޓް ޢާޢްމުކުރެވިފާ މުއްދަތުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަރާތުން ޝަކުވާއެއް ލިބިފައިނުވާނަމަ، އެންމެ މަތިން މާކްސް ލިބުނު ފަރާތަށް ވަޒީފާ ހަމަޖެއްސުމަށްޓަކައި ސީ. އެސް ވިއުގަރ މެދުވެރިކޮށް ސިވިލް ސާރވިސް އަށް ހުށަހެޅޭނެއެވެ.

އެސްޓިމޭޓާއި، ބީލަން ހުށަހެޅުން.

19

އެސްޓިމޭޓާއި،ބީލަން ހުށަހެޅުން.

  •      އާންމުކޮށް އިޢުލާނުކުރާ ބީލަންތަކާއި ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތާ ގުޅިގެން ބީލަން ހުށަހެޅުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މަދުވެގެން ރަސްމީ ބަންދު ނޫން 7 ދުވަސް ދެވޭނެއެވެ.
  • ބީލަން ފޯމް މިއިދާރާގެ ވެބްސައިޓް www.maabaidhoo.gov.mv  އިން ލިބެން ހުންނާނެއެވެ. އަދި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6800708 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.
  •   ބީލަން ލިބޭތާ 3 ދުވަހުގެ ތެރޭގައި ބީލަންތަކުގެ ޝަރުޠު ހަމަވޭތޯ ބެލޭނެއެވެ.
  • ޝަރުޠު ހަމަވާ ބީލަންތަކުގެ އިވެލުއޭޝަން ރަސްމީ 10 ދުވަހުގެ ތެރޭގައި ހެދޭނެއެވެ.
  • ބީލަމަކާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންޖެހޭނަމަ، އެކަމަށް
    3 ނުވަތަ 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  •         ބީލަމުގެ އިވެލުއޭޝަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ބީލަމާ މެދު ގޮތެއް ނިންމުމަށް ބިޑު ކޮމިޓީއަށް ހުށަހެޅޭނެ.
  •          ބީލަމާ ގުޅިގެން ބިޑު ކޮމިޓީން ނިންމާ ގޮތެއްގެ މަތިން ބީލަން ކާމިޔާބުކުރާ ފަރާތަށް 5 ނުވަތަ 7 ދުވަހުގެ ތެރޭގައި މަސައްކަތް ހަވާލުކުރެވޭނެ. މަސައްކަތާ ހަވާލުވާ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ޓެކުހެއް ވާނަމަ، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޓެކްސް ދައްކައި މި އޮފީހަށް އެންގުމަށް 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  • ބީލަމާ ގުޅޭ ގޮތުން ބިޑު ކޮމިޓީން ގޮތެއް ނިންމުމުން، އެ ނިންމި ގޮތް  ރަސްމީ 2  ދުވަހުގެ ތެރޭގައި ބީލަންވެރިންނަށް އެންގޭނެއެވެ. އަދި ޝަކުވާއެއް އޮތްނަމަ، އެކަމެއް ހުށަހަޅަން  ރަސްމީ 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  • ބީލަމަކާ ގުޅިގެން
  •   ބީލަމަކާ ގުޅިގެން ޝަކުވާއެއް ހުށަހަޅައިފިނަމަ، ރަސްމީ 2 ދުވަހުގެ ތެރޭގައި އެޝަކުވާއަކަށް ޖަވާބުދެވޭނެއެވެ.
  • ބީލަމާ ގުޅިގެން ލިބޭ ސަކުވާތަކަށް ޖަވާބުދިނުމަށްފަހު 5ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބު ކުރާ ފަރާތަށް ބީލަން ކާމިޔާބު ކުރި ކަމުގެ ލިޔުން ފޮނުވުން އަދި ބީލަމުގައި ނުހޮވޭ ފަރާތްތަކަށް ނުހޮވޭކަން  ލިޔުމުން އެންގޭނެއެވެ.
  • ބީލަން ކާމިޔާބު ކުރިފަރާތާއި އެކު އެގްރިމެންޓް ހެދުން އަދި އެޕްރޫވް ކުރުން
  • ބީލަން ހަވާލުކުރުމަށްފަހު  މަސައްކަތް ފެށިގެންދާނެއެވެ.

ފައިސާ ބަލައިގަތުން

20

ފައިސާ ބަލައިގަތުން

  • ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 13:00 އަށް ފައިސާ ބަލައިގަތުމުގެ އެންމެހައި ކަންކަން ކުރިޔަށް ދާނެއެވެ.
  • އޮންލައިން ކޮށް ފައިސާ ދެއްކޭނެ އިންތިޒާމްވެސް ކައުންސިލް އިން ވަނީ ހަމަޖެހިފައެވެ.
  • އޮންލައިން ކޮށް ފައިސާ  ޖަމާކުރާނެ އެކައުންޓްތަކުގެ ތަފްޞީލް

7707700369001 (1448 Revenue 1) މި އެކައުންޓަށް ޖަމާކުރާނީ ކުނިފީ، ބިމުގެ ކުލި، ކޭބަލް ޓީވީގެ ފައިސާ، ޕްރީ ސްކޫލް ފީ އަދި ނީލަން ފައިސާއެވެ.

7707700369002  (1448 Revenue 2) މި އެކައުންޓަށް ޖަމާކުރާނީ

އައި.ޑީ.ކާޑް ގެ ފައިސާ އާއި އޮޑިދޯނި ފަހަރުގެ ފީ އަށް ދައްކަން ޖެހޭ ފައިސާއެވެ.

7707700369003 (1448 Kharadhu 1) މި އެކައުންޓަށް ޖަމާކުރާނީ ބްލޮކް ގްރާންޓްގެ ގޮތުގައި ފިނޭންސް އިން ޖަމާކުރާ ފައިސާއެވެ.

7707700369004  (1448 Kharadhu 2) މި އެކައުންޓަށް ޖަމާކުރާނީ

ރުއްގަހުގެ ބަދަލު ފައިސާ އާއި ފިޠުރު ޒަކާތުގެ ފައިސާއެވެ.

  •  އޮންލައިން ކޮށް ފައިސާ ޖަމާކުރާ ފަރާތްތަކުން ފައިސާ ޖަމާކުރުމަށްފަހު މިއިދާރާގެ ހޮޓްލައިން 7970214 އަށް ސްލިޕްކޮޅު ވައިބަރ ކުރުން
  • އޮންލައިންކޮށް ފައިސާ ޖަމާކުރާ ފަރާތްތަކަށް 01 ތެރޭގައި ފައިސާ ދެއްކިކަމުގެ ލިޔުން ފޮނުވޭނެއެވެ.

ކުނިމެނޭޖު ކުރުމަށް ރަޖިސްޓްރީ ކުރުން

21

ކުނިމެނޭޖު ކުރުމަށް ރަޖިސްޓްރީ ކުރުން

  • ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފޯމް ހުށަހެޅުން.(ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފޯމްގައި ހިމެނިފައިވާނެއެވެ.)
  • ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅަން ޖެހޭ ފޯމް ކައުންޓަރ އިން އަދި މިއިދާރާގެ ވެބްސައިޓް www.maabaidhoo.gov.mv  އިންވެސް ލިބެން ހުންނާނެއެވެ.
  • ފޯމް ހުށަހެޅުމުން އެންޓްރީ ކުރުމަށްފަހު ކަމާގުޅުން ހުރި ސެކްޝަނަށް ފޮނުވުން.
  • ފޯމް ލިބޭތާ 3 ދުވަހުގެ ތެރޭގައި އެއްބަސްވުން އެކުލަވާލައި އެއްބަސްވާ ތާރީޚުން ފެށިގެން ޚިދުމަތްދެވޭނެއެވެ.

ހޮޓާ، ގެސްޓް ހައުސް، ހޯމްސްޓޭކޮޓަރި، އަދި މޫދުކޮޓަރި (ވޯޓަރވިލާރޫމްތައް)، "ރަށު ފަތުރުވެރިކަމުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

22

ހޮޓާ، ގެސްޓް ހައުސް، ހޯމްސްޓޭކޮޓަރި، އަދި މޫދުކޮޓަރި (ވޯޓަރވިލާރޫމްތައް)، "ރަށު ފަތުރުވެރިކަމުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

  • ފަތުރުވެރިކަމަށްއަމާޒުކޮށް،ހޮޓަލެއް/ގެސްޓްހައުސްއެއް/ހޯމްސްޓޭކޮޓަރިއެއް އަދި މޫދުކޮޓަރި އެއް ހިންގުމުގެ ހުއްދަ ބޭނުންވާ ފަރާތްތަކުން މިނިޓްރީ އޮފް ޓުއަރިޒަމް އިން އެކަމަށް ކަނޑައަޅާފައިވާ ފޯމު ތަކުން އެމިނިސްޓްރީ އަށް ހުށަހެޅުން
  • މި އިން ކަމަކަށް ބޭނުންވާ ފަރާތަކުން މިނިޓްރީ އޮފް ޓުއަރިޒަމް އަށް ހުށަހެޅުމުން އެމިނިސްޓްރީ ކައުންސިލަށް ފޮނުވާ ޗެކް ލިސްޓް ލިބޭތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި އެލިސްޓްގައި ހިމެނޭކަން ހުރީ ފުރިހިމަވެފަތޯ ކަށަވަރުކޮށް ކައުންސިލުން މިނިސްޓްރީ އަށް ޖަވާބު ފޮނުވުން
  • މި އިން ކަމަކަށް ބޭނުންވާ ފަރާތަކަށް މިނިސްޓްރީ އޮފް ޓުއަރިޒަމް ލިބޭ ހުއްދަ ކައުންސިލް އިދާރާ އަށް ހުށަހަޅާތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި ކައުންސިލްގައި އޮންނަ ރ"ރަށު ފަތުރުވެރިކަމުގެ ދަފްތަރު" ގައި އެފަރާތް ހިމެނުމަށްފަހު ރަޖިސްޓްރީ ކުރެވިއްޖެ ކަން އަދި ކަމާއި ގުޅޭ ވިޔަފާރި ކައުންސިލް އިޚްތިޞާޞް ހިމެނޭ ސަރަހައްދުގައި ކުރުމުގެ ހުއްދަ ލިއުމުންލިބިގެންދާނެއެވެ.

ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގާ ފަރާތްތައް "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

23

ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގާ ފަރާތްތައް "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

  • ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް އިން އެކަމަށް ކަނޑައަޅާފައިވާ ފޯމު ތަކުން އެމިނިސްޓްރީ އަށް ހުށަހެޅުން
  • މި ކަމަށް ބޭނުންވާ ފަރާތަކުން މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުމުން އެމިނިސްޓްރީ ކައުންސިލަށް ފޮނުވާ ޗެކް ލިސްޓް ލިބޭތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި އެލިސްޓްގައި ހިމެނޭކަން ހުރީ ފުރިހިމަވެފަތޯ ކަށަވަރުކޮށް ކައުންސިލުން މިނިސްޓްރީ އަށް ޖަވާބު ފޮނުވުން
  • މި ކަމަށް ބޭނުންވާ ފަރާތަކަށް މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް އިން ދޫކުރާ ވިޔަފާރި ރަޖިސްޓްރީ ކައުންސިލް އިދާރާ އަށް ހުށަހަޅާތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި ކައުންސިލްގައި އޮންނަ "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި އެފަރާތް ހިމެނުމަށްފަހު ރަޖިސްޓްރީ ކުރެވިއްޖެ ކަން އަދި ކަމާއި ގުޅޭ ވިޔަފާރި ކުރުމުގެ ހުއްދަ ލިއުމުންލިބިވަޑައިގަންނަވާނެއެވެ.

 

މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުއްދަ ދިނުން

 

24

މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުއްދަ ދިނުން

  • ވިޔަފާރި ކުރުމަށް ޖާގަ ބޭނުން ވެގެން އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ އެ ހުށަހެޅި  ފަރާތުން އެހުށަހެޅުމެއް ހުށަހެޅީ  ގަވާއިދުގެ ދަށުން ހެދިދައިވާ އުޞޫލުގައިވާ ގޮތުން ދާއިމީ ގޮތެއްގައި އެތަނުގައި ވިޔަފާރި ކުރުމަށްތޯ ނުވަތަ ވަގުތީގޮތުން އެތަނުގައި ވިޔަފާރި ކުރުމަށްތޯ ކަށަވަރުކޮށް އެފަރާތަކަށް މި ދެހާލަތުގައި ކުލި ނެގޭ ގޮތާއި އަދި ކުލީގެ މިންވަރު އުޞޫލާއި އެއްގޮތަށް އޮޅުން ފިލުވައިދިނުން. އަދި އެކަން އެހުށަހަޅާ ހުށަހެޅުމުގައި ވަގުތީ ގޮތުންކަން ނުވަތަ ދާއިމީގޮތުންކަން ބަޔާން ކުރެވިފައި ނެންނަމަ އެކަންބަޔާންކޮށް އަލުން ހުށަހެޅުމަށް އެފަރާތަށް ފުރުޞަތު ދިނުން.
  • މިޚިދުމަތައް އެދި ހުށަހަޅާނީ ސިޓީއަކުންނެވެ. މިސިޓީ އާއިއެކު ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްނަމަ ސެޓްފިކެޓްގެ ކޮޕީ ކައުންސިލަށް ހުށަހަޅަންވާނެއެވެ.
  • ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރިކުރުމަށް ޖާގަ ހޯދުމަށް ހުށަހަޅާ ފާރަތްތަކުން އެތަނުގައި (އެމޭޒުގައި ނުވަތަ އެގާޑިޔާގައި) ކާބޯތަކެތީގެ ވިޔަފާރި ކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީގައި ނުވަތަ ކައުންސިލެއްގެ ޕަބްލިކް ހެލްތް ޔުނިޓާއި ބެހޭ ބައިގައި ނުވަތަ އެރަށެއްގައި ހުންނަ ސިއްޙީ ވުޒާރާ އެއްގައި ރަޖިސްޓްރީ ކޮށް އެފަރާތުން ދީފައިވާ ސާފުތާހިރު ކަމުގެ ސެޓްފިކެޓް އޮތްތޯ ކަށަވަރުކުރުން. އެފަދަ ލިއުމެއް ނެން ނަމަ އެލިއުން ހޯދައި ހުށަހެޅުމަށް އެންގުން.
  • ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރިކުރުމަށް ޖާގަ ހޯދުމަށް އެދި ހުށަހެޅި ފަރާތަކީ ދާއިމީ ގޮތެއްގައި މަގުމަތީގައާއި ޢާންމު ތަންތަނުގައި ގާޑިޔާ ނުވަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުށަހެޅި ފަރާތެއްކަމުގައި ވާނަމަ ކައުންސިލުން އެފަދަ ވިޔަފާރި ދާއިމީ ގޮތެއްގައި ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ތަކުން ޖާގާ އޮތްތޯ ބަލައި ޖާގަ އޮތްނަމަ ހުށަހާޅާތާ 7 ދުވަހުގެ ތެރޭގައި ޤަވާޢިދާއި އުޞޫލާއި އެއްގޮތަށް އެފަރާތަކަށް ޖާގަދީ އެފަރާތާއި އެކު ވެވޭ އެއްބަސްވުން ހަދައި ނިންމައި ސަރަހައްދު (ޖާގަ) ހަވާލުކުރެވޭނެއެވެ.
  • ފުރަތަމަ ދެވޭ މުއްދަތު މިއަށްވުރެ، މުއްދަތު އިތުރުކުރަން ބޭނުންވާ ނަމަ އެއްބަސްވުމުގައިވާ މަރުހަލާގެ ކުރިން އެއްބަސްވުމުގައި ބަޔާންކުރާގޮތަށް ކައުންސިލަށް ލިއުމުން މުއްދަތު އިތުރުކުރުމަށް ހުށަހެޅުމުން ކައުންސިލުން އެއިރުގެ ހާލަތަށް ރިއާޔަތްކޮށް މުއްދަތު އިތުރުކުރެވޭނެއެވެ.
  • ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރިކުރުމަށް ޖާގަ ހޯދުމަށް އެދި ހުށަހެޅި ފަރާތަކީ ވަގުތީ ގޮތުން މަގުމަތީގައާއި ޢާންމުތަނެއްގައި ގާޑިޔާ ނުވަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުށަހެޅި ފަރާތެއްކަމުގައި ވާނަމަ އެފަދަ ފަރާތަކަށް ވަގުތީ ގޮތުން ދެވޭ ތަނާމެދު ކައުންސިލާއި މަޝްވަރާކޮށް ކަނޑައެޅުމަށް ފަހު އެފަދަ ވިޔަފާރި ވަގުތީ ގޮތެއްގައި ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ވީ އެންމެ އަވަހަކަށް ޤަވާޢިދާއި އުޞޫލާއި އެއްގޮތަށް އެފަރާތަކަށް ޖާގަދީ އެފަރާތާއި އެކު ވެވޭ މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުން ހަދައި ނިންމައި ސަރަހައްދު (ޖާގަ) ހަވާލުކުރެވޭނެއެވެ.
  • މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުއްދަ  އެއްވެސް ފަރާތަކަށް ދީފިނަމަ ކައުންސިލް އޮންނަ " މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރާ ފަރާތްތަކުގެ ދަފްތަރު " ގައި އެފަރާތެއް ރަޖިސްޓްރީ ކުރަމުން ގެންދާނެއެވެ.

އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅު ލީ އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން އެ އުޅަނދެއް ބޭއްވުމަށް ކަނޑައަޅާ ގަރާޖް ހުއްދަ ދޫކުރުން.

25

އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅު ލީ އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން އެ އުޅަނދެއް ބޭއްވުމަށް ކަނޑައަޅާ ގަރާޖް ހުއްދަ ދޫކުރުން.

  • ޚިދްމަތަށް އެދެންވާނީ 4 ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރުމަށް ދޫކުރާ ލިއުމަށް އެދި ހުށަހަޅާ ފޯމުންނެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން  އަދި ވެބްސައިޓުން www.maabaidhoo.gov.mv) ލިބެން ހުންނާނެއެވެ.
  • ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިއެކިއުމެއް ހުށަހަޅާފައިވާކަން ކަށަވަރުކުރެވޭނެއެވެ.
  • ކައުންސިލަށް ފޯމް ލިބުމަށްފަހު ހުށަހަޅާ ތާރީޚްގައި ނުވަތަ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9:00 ގެ ކުރިން ކަމާގުޅޭ ޔުނިޓަށް ފޮނުވޭނެއެވެ.
  • ގަރާޖް ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފޯމްތައް ޗެކްކުރުމަށްފަހު ޝަރުތު ހަމަވާނަމަ، ހުށަހަޅާ ތާރީޚުން ފެށިގެން ރަސްމީ 3 ދުވަސް ތެރޭގައި ހުއްދަ ދޫކުރެވޭނެއެވެ. އަދި ޝަރުތު ހަމަނުވާނަމަވެސް އެފަރާތަށް ރަސްމީ 3 ދުވަސް ތެރޭގައި އެކަން އެންގޭނެއެވެ.
  • ގަރާޖަށް ދޫކުރެވިފައިވާ ހުއްދައެހެންފަރާތަކަށް ވެރިފަރާތް ބަދަލުކުރުމަށް  ނުވަތަ ބާޠިލްކުރަން ބޭނުން ވެއްޖެނަމަ،" ބާތިލްކުރުމަށް/ ބަދަލުކުރުމަށް އެދޭމް ފޯމް " ފުރިހަމަ ކުރުމަށްފަހު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން  އަދި ވެބްސައިޓުން www.maabaidhoo.gov.mv) ލިބެން ހުންނާނެއެވެ.

ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ހެއްދުން

26

ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ހެއްދުން

  • ކަނޑު އުޅަނދުގެ ސާރވޭއަށް އެދޭ ފޯމް (MS-1) ހުށަހެޅުން އަދި ފީ ދެއްކުން (ސެޓްފިކެޓަކަށް 250ރ) މުއްދަތު ހަމަވެފައިވާނަމަ، ކޮންމެ ސެޓްފިކެޓަކަށް ޖުރުމަނާގެ ގޮތުގައި 1000ރުފިޔާ ދައްކަންޖެހޭނެއެވެ.
  • ކަނޑުއުޅަނދު ފަހަރު ސާރވޭއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި، އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓުން www.transport.gov.mv ލިބެންހުންނާނެއެވެ.
  • ފޯމް ހުށަހެޅުމުން ފޯމު ކަމާގުޅުންހުރި ސެކްޝަނާ  ރަސްމީ 2 ދުވަސް ތެރޭގައި ހަވާލުކުރުން (ESMS)
  • ފޯމު އަދި ފޯމާ އެކުގައިވާ ލިޔުންތައް ޗެކްކުރުން.
  • ފޯމު ހުށަހެޅި ފަރާތަށް ގުޅައިގެން އުޅަނދު ސާރވޭ ކުރަންދާނެ ދުވަހަކާއި ގަޑި ހަމަޖައްސާ ސާރވޭ ކުރިއަށް ގެންދެވޭނެއެވެ.
  • ސަރވޭކޮށް ނިމޭތާ ރަސްމީ 2 ދުވަސްތެރޭގައި ސަލާމަތީ ސެޓްފިކެޓް ހަވާލު ކުރެވޭނެއެވެ.

އެއްގަމުގައި ދުއްވާ އުޅަނދުގެ ލައިސަންސް ހެދުން

27

އެއްގަމުގައި ދުއްވާ އުޅަނދުގެ ލައިސަންސް ހެދުން

  • ފޯމް ފުރުއްވައި، ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ، އައި.ޑީ.ކާޑްގެ އަސްލު ކޮޕީއަކާއެކު ރަސްމީ ދުވަހުގެ 12:00 ގެ ކުރިން ހުށަހަޅުއްވުން
  • އިމްތިޙާން ފީ ކަމުގައިވާ 100.00 (އެއް ސަތޭކަ) ރުފިޔާ ދެއްކެވުން.
  • ތިޔަރީ ޓެސްޓު ހެއްދެވުން ( ބުދަ ދުވަހު)
  • ތިޔަރީ ޓެސްޓުން ފާސްވުމުން ގިނަވެގެން 3 މަސް ދުވަސްތެރޭ  ދުއްވުމުގެ ޓެސްޓަށް ހެއްދެވުމަށް ހުށަހެޅުއްވުން
  • ސައިކަލްނަމަ ދުއްވުމުގެ އިމްތިޙާންގެ  ފީ ކަމުގައިވާ 50.00 (ފަންސާސް ރުފިޔާ) އަދި ލައިސަންސް ހެއްދުމުގެ ފީ ކަމުގައިވާ 100.00 (އެއް ސަތޭކަ ) ރުފިޔާ އާއެކު ޖުމްލަ 150.00 (އެއް ސަތޭކަ ފަނަރަ) ރުފިޔާ ދެއްކެވުން.
  • ފޮތަށް ދައްކަންޖެހޭ ފައިސާ 250.00 ރުފިޔާ ނެގޭނީ ތިއަރީ އާއި ދުއްވުމުން ފާސްވާ ފަރާތްތަކުން އެކަނި
  • ސައިކަލްނޫން އެހެނިހެން އެއްގަމު އުޅަނދެއްނަމަ ދުއްވުމުގެ އިމްތިހާންގެ  ފީ ކަމުގައިވާ 100.00 (ސަތޭކަ) ރުފިޔާ އަދި ލައިސަންސް ހެއްދުމުގެ ފީ ކަމުގައިވާ 250.00 (އެއް ސަތޭކަ ) ރުފިޔާ އާއެކު ޖުމްލަ  350.00 (ތިންސަތޭކަ ފަންސާސް) ރުފިޔާ ދެއްކެވުން.
  • ލައިސަންސް ހެއްދުމަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި، އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓުން www.transport.gov.mv ލިބެންހުންނާނެއެވެ.

ކަނޑު އުޅަނދު ރަޖިސްޓްރީކުރުން

28

ކަނޑު އުޅަނދު ރަޖިސްޓްރީކުރުން

  • ކަނޑުއުޅަނދު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ހުށަހެޅުން އަދި ރަޖިސްޓްރީކުރުމުގެ ފީ ދެއްކުން
  • ކަނޑުއުޅަނދު ރަޖިސްޓްރީ ކުރުމަށް  އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި، އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓުން www.transport.gov.mv ލިބެންހުންނާނެއެވެ.
  • ފޯމު ޗެކްކުރުމާއި ބަލައިގަތުން އަދި އެންޓްރީކުރުން
  • ފޯމު ގުޅުންހުރި ސެކްޝަނާ ހަވާލުކުރުން
  • ފޯމު އަދި ފޯމާ އެކުގައިވަ ލިޔުންތައް ޗެކްކުރުން
  • ސަރވޭ ނުކޮށް އޮތް އުޅަނދެއް ނަމަ، ފޯމު ހުށަހެޅި ފަރާތަށް ގުޅައިގެން އުޅަނދު ސާރވޭ ކުރަންދާނެ ދުވަހަކާއި ގަޑި ހަމަޖެއްސުން
  • އުޅަނދުގެ މައުލޫމާތު "މެޓްރިކްސް ސިސްޓަމަށް އެޅުން
  • ރަޖިސްޓްރީ ސެޓްފިކެޓް ދޫކުރުން

ކަނޑު އުޅަނދު ރަޖިސްޓްރީ ކުރުމަށް ސާވޭކުރުން

29

ކަނޑު އުޅަނދު ރަޖިސްޓްރީކުރުމަށް ސާވޭކުރުން

  • ކަނޑުދަތުރު ފަތުރުކުރާ އުޅަނދުފަހަރުގެ ރަޖިސްޓްރީއާއިބެހޭ ކަންކަމަށް އެދޭ ފޯމް (MR-1) ހުށަހެޅުން އަދި ފީ ދެއްކުން - 250ރ
  • ކަނޑުދަތުރު ފަތުރުކުރާ އުޅަނދު ފަހަރުގެ ރަޖިސްޓްރީ އަށް  އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި، އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓުން www.transport.gov.mv ލިބެންހުންނާނެއެވެ.
  • ފޯމު ޗެކްކުރުމާއި ބަލައިގަތުން އަދި އެންޓްރީކުރުން
  • ފޯމު ގުޅުންހުރި ސެކްޝަނާ  ރަސްމީ 2 ދުވަސް ތެރޭގައި ހަވާލުކުރުން
  • ކަނޑުއުޅަނދު ފަހަރު ރަޖިސްޓްރީއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި،ވެބްސައިޓުން އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
  • ފޯމު ހުށަހެޅި ފަރާތަށް ގުޅައިގެން އުޅަނދު ސާރވޭ ކުރަންދާނެ ދުވަހަކާއި ގަޑި ހަމަޖައްސާ ސާރވޭކުރުން.
  • އުޅަނދު ސާރވޭކޮށް ނިމޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ކަނޑު އުޅަނދު ރަޖިސްޓްރީ ކުރުމަށް ސަރވޭކޮށް ދޫކުރާ ލިޔުން (MR-2) ދޫކުރެވޭނެއެވެ.

 

ގޯތީގެ ކަންމުޑި އެޅުމާއި ކަންވަށްކުރުމާއި،އިންވަކިކުރުން

30

ގޯތީގެ ކަންމުޑި އެޅުމާއި ކަންވަށްކުރުމާއި،އިންވަކިކުރުން

  • ފައުންޑޭޝަން ޗެކްކުރުމާއި، ކަންމުޑި އެޅުމާއި، ގޯތީގެ އިންވަކިކޮށް ދިނުމަށް އެދޭ ފޯމް ހުށަހެޅުން
  • ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ (www.maabaidhoo.gov.mv) ވެބްސައިޓުން، ފޯމުލިބެން ހުންނާނެއެވެ.
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-       ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުމަށް ފަހު ފޯމް އެންޓްރީ ކުރެވޭނެއެވެ.

-       ކަންމުޑި އެޅުމަށް އެދިފައިވާ ގޯތީ އޮތީ ރަނގަޅަށް ސާފުކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ރަސްމީ 2 ދުވަހުގެ ތެރޭގައި ޗެކްކުރެވޭނެއެވެ.

-       ގޯތި ރަނގަޅަށް ސާފުކޮށްފައިވާނަމަ، ކަންމުޑި އެޅުމަށް ޓަކައި ގޯތީގެ ވެރިފަރާތުން ގެންދަންޖެހޭނެކަމަށް ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއިއެކު ގޯތި އޮތް ތަނަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ރަސްމީ 05 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

-       ގޯތީގެ ވެރިފަރާތަށް އަންގާފައިވާ ގަޑިޔަށް ކައުންސިލްގެ އިދާރާގެ ފަރާތުން ޙާޟިރުވެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތި ސާފުކޮށްފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެ އެވެ.
  • ގޯތި ޗެކްކުރާއިރު ގޯތި ސާފުކޮށްފައިނުވާނަމަ، ގޯތި ސާފުކުރުމަށް 10 ދުވަހުގެ ތެރޭގައި ސާފުކުރުމަށް ގޯތިގެވެރިފަރާތް (ނުވަތަ ބަލަހައްޓާ ފަރާތައް) ގޯތި،އަދި މަގުފަޅި ސާފުކުރުމަށް ޗިޓް ހަވާލު ކުރެވޭނެއެވެ.

-       ގޯތި ސާފުކުރުމަށް އެންގި ޗިޓްގައިވާ ތާރީޚަށް ގޯތި ސާފުކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތު ގުނާނީ ގޯތި ސާފުކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ޗިޓްގައިވާ މުއްދަތުގައި ގޯތި ސާފުކޮށްފައިނުވާނަމަ، ގޯތި ސާފުކޮށްފައިނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދެވޭނެއެވެ.

ގޯތީގެ ރަޖިސްޓަރީ ހެއްދުމާއި،ނަންފާސްކުރުން

31

ގޯތީގެ ރަޖިސްޓަރީ ހެއްދުމާއި، ނަންފާސްކުރުން

  • ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
  • ނަންފާސްކުރުމަށް އެދޭފޯމް ހުށަހެޅުން
  • ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ (www.maabaidhoo.gov.mv) ވެބްސައިޓުން، ފޯމުލިބެން ހުންނާނެއެވެ.
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ރަޖިސްޓަރީ ހެއްދުމަށް ހުށަހަޅާފައިވާ ގޯއްޗަށް ކުރިން ރަޖިސްޓަރީ އެއް ހައްދާފައިވާނަމަ، ކުރީގެ ރަޖިސްޓަރީގެ އަޞްލު.
  • (ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހަޅާފައިވާނަމަ، ރަޖިސްޓަރީގެ އަޞްލު ހުށަހަޅާކަށް ނުޖެހޭނެއެވެ.)

ރަޖިސްޓްރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހަޅުއްވާއިރު ކުލެރިފިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުން.

  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-       ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުމަށްފަހު ފޯމް އެންޓްރީ ކުރުން

-       ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތީ އޮތީ ރަނގަޅަށް ސާފުކޮށް ކަންމުޑި އަޅާފައިތޯ ކައުންސިލްގެ އިދާރާއިން ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ޗެކްކުރެވޭނެއެވެ.

-       ގޯތި ރަނގަޅަށް ސާފުކޮށް ކަންމުޑި އަޅާފައިވާނަމަ، ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަށް ފޯމް ހުށަހަޅާތާ ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ސްލިޕަކުން އެންގުން.

-       ފޯމް ހުށަހަޅާތާ ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ގޯތި އޮތްތަނަށް ކައުންސިލްގެ އިދާރާގެ ފަރާތުން ޙާޟިރުވެ ގޯތީގެ މިންތައް (ގޯތީގެ ވެރިފަރާތް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ޙާޟިރުގައި) ޗެކްކޮށް ނޯޓް ކުރެވޭނެއެވެ.

  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތި ސާފުކޮށް ކަންމުޑި އަޅާފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 04 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.
  • ގޯތި ޗެކްކުރާއިރު ގޯތި ސާފުކޮށްފައިނުވާނަމަ، ނުވަތަ ކަންމުޑި އަޅާފައި ނުވާނަމަ ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން (ސްލިޕް ދޫކުރުން)

-       ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށް އެންގި ސްލިޕްގައިވާ ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތު ގުނާނީ ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ސްލިޕްގެ މުއްދަތުގައި ގޯތި ސާފުކޮށްފައިނުވާނަމަ، ނުވަތަ ކަންމުޑި އަޅާފައިނުވާނަމަ ގޯތި ސާފު ނުކުރުމުގެ ސަބަބުން ނުވަތަ ކަންމުޑި އަޅާފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދެވޭނެއެވެ.

ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން ނޫން ގޮތަކަށް ހައްދާނަމަ)

32

ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން ނޫން ގޮތަކަށް ހައްދާނަމަ)

  • ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
  • ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ (www.maabaidhoo.gov.mv) ވެބްސައިޓުން، ފޯމުލިބެން ހުންނާނެއެވެ.
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޝަރީޢަތުން ޙުކުމް ކުރައްވައިގެން ލިބިފައިވާ ގޯއްޗެއްނަމަ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ ކޮޕީ ހުށަހެޅުން.
  • ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯއްޗަށް ކުރިން ގޯތީގެ ރަޖިސްޓަރީއެއް ނުވަތަ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއެއް ހައްދާފައިވާނަމަ، އެ ރަޖިސްޓަރީއެއްގެ އަޞްލު ހުށަހެޅުން.
  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-       ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުމަށްފަހު ފޯމް އެންޓްރީ ކުރުން

-       ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތީ އޮތީ އިންވަކިކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ލަސްވެގެން ރަސްމީ 05 ދުވަހުގެ ޗެކްކޮށް، އިންވަކިކޮށްފައިވާނަމަ، ގޯތީގެ ވެރިފަރާތް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ޙާޟިރުގައި ގޯތީގެ މިންތައް ޗެކްކޮށް ނޯޓް ކުރުން.

-       ގޯތީގެ މިންތައް ނޯޓް ކުރުމަށްފަހު ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަށް ފޯމް ހުށަހަޅާތާ ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ސްލިޕަކުން އެންގޭނެއެވެ.

  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތީގެ އިންވަކިކޮށްފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.
  • ގޯތި ޗެކްކުރާއިރު ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ ގޯތީގެ އިންވަކި ކުރުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން (ސްލިޕް ދޫކުރުން)

-       ގޯތީގެ އިންވަކި ކުރުމަށް ދީފައިވާ ސްލިޕްގައިވާ ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތުގެ ގުނާނީ ގޯތީގެ އިންވަކި ކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ސްލިޕްގެ މުއްދަތުގައި ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ، އިންވަކިކޮށްފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދިނުން.

އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހެޅުން)

33

އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހެޅުން)

  • އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
  • ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ (www.maabaidhoo.gov.mv) ވެބްސައިޓުން، ފޯމުލިބެން ހުންނާނެއެވެ.
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ކްލެރިފިކޭޝަން ފޯމް ހުށަހެޅުން (ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތު ސާފުކުރާ ފޯމް)
  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-       ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުމަށްފަހު ފޯމް އެންޓްރީ ކުރުން

-       ކްލެރިފިކޭޝަން ފޯމް ފުރުމަށްޓަކައި ގޯތީގެ ވެރިފަރާތާއި ނުވަތަ އެޕްލިކޭޝަން ފޯމް ހުށަހެޅި ފަރާތާއި ވަގުތުން ޙަވާލުކުރުން.

-       އެޕްލިކޭޝަން ފޯމް ލިބިފައިވާކަމުގެ ސްލިޕް ފޯމް ހުށަހެޅި ފަރާތަށް ވަގުތުން ޙަވާލުކުރުން.

-       ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވޭތޯ ބެލުމަށް ރަސްމީ 02 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ރަސްމީ 07 ދުވަހުގެ މުއްދަތަށް ޢާއްމު އިޢުލާނެއް ކުރުން.

-       ކްލެރިފިކޭޝަން ފޯމް ފުރިހަމަކޮށް ހުށަހެޅުމުން، ފޯމްގައި ރަޖިސްޓަރީ ރަޙުނުކޮށްފައިވާކަމަށް އެއްވެސް ފަރާތަކުން ބަޔާންކޮށްފައި ނުވާނަމަ، އަދި 07 ދުވަހުގެ މުއްދަތަށް ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެ ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތެއް ލިބިފައިވާކަމަށް އަންގާފައިނުވާނަމަ، ޚިދުމަތުގެ މަރުޙަލާތައް ކުރިޔަށް ގެންދިޔުން.

-       އިޢުލާނުގެ މުއްދަތު ހަމަވެ، އަދި ކުލެރިފިކޭޝަން ފޯމް ހުށަހަޅާތާ ރަސްމީ 2 ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތީ އޮތީ އިންވަކިކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ޗެކްކޮށް، އިންވަކިކޮށްފައިވާނަމަ، ގޯތީގެ ވެރިފަރާތް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ޙާޟިރުގައި ގޯތީގެ މިންތައް ޗެކްކޮށް ނޯޓް ކުރުން.

-       ގޯތީގެ މިންތައް ނޯޓް ކުރުމަށްފަހު ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަށް ޢާއްމު އިޢުލާންގެ މުއްދަތު ހަމަވެފައިވާނަމަ، ކުލެރިފިކޭޝަން ފޯމް ހުށަހަޅާތާ، ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ސްލިޕަކުން އެންގުން. ޢާއްމު އިޢުލާންގެ މުއްދަތު ހަމަވުމުގެ ކުރިން ކުލެރިފިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅައިފިނަމަ، ރަޖިސްޓަރީއާއި ޙަވާލުވުމަށްވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި އަންގާނީ ޢާއްމު އިޢުލާންގެ މުއްދަތު ހަމަވާތާ، ރަސްމީ 02 ދުވަހުގެ ތެރޭގައެވެ.

  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، އިޢުލާނުގެ މުއްދަތު ހަމަވެ، ކްލެރިފިކޭޝަން ފޯމް ހުށަހަޅާ އަދި ގޯތީގެ އިންވަކިކޮށްފައިވާނަމަ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދޭން ވާނެއެވެ.
  • ގޯތި ޗެކްކުރާއިރު ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ ގޯތީގެ އިންވަކި ކުރުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން (ސްލިޕް ދޫކުރުން)

-       ގޯތީގެ އިންވަކި ކުރުމަށް ދީފައިވާ ސްލިޕްގައިވާ ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، އިޢުލާނުގެ މުއްދަތު ހަމަވެ، ކުލެރިފިކޭޝަން ފޯމް ހުށަހެޅި ތާރީޚުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތުގެ ގުނާނީ ގޯތީގެ އިންވަކި ކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ސްލިޕްގެ މުއްދަތުގައި ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ، އިންވަކިކޮށްފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދެވޭނެއެވެ.
  • ރަޖިސްޓަރީއާއި ބެހޭ މަޢުލޫމާތު ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ރަޖިސްޓަރީގެ މަޢުލޫމާތު ލިބިފައިވާކަމަށް ހުށަހަޅާފިނަމަ، ނުވަތަ ކުލެރިފިކޭޝަން ފޯމުގައި ރަޖިސްޓަރީ ރަހުނުކޮށްފައިވާނަމަ، އެއްވެސް މާލީ އިދާރާއަކުން ބަޔާންކޮށްފައިވާނަމަ، އަލުން ރަޖިސްޓަރީ ހައްދައިދެވެން ނެތްކަމާއި، ރަޖިސްޓަރީއާއި ގުޅޭ ގޮތުން ހޯދާފައިވާ މަޢުލޫމާތު ގޯތީގެ ވެރިފަރާތަށް ލިޔުމުން ފޯރުކޮށް ދެވޭނެއެވެ.

މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރުން

34

މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރުން

  • މަގު ބަންދުކުރުމުގެ ހުއްދައަށް އެދި މަގު ބަންދުކުރުމަށް ބޭނުންވާ ދުވަހުގެ ރަސްމީ 3 ދުވަހުގެ ކުރިން ޚިދުމަތަށް އެދި ކައުންސިލް އިދާރާއަށް އެކަމަށް އެދޭ ފޯމަކުން ހުށަހެޅުން.
  • ބޯޑާއި ޙަވާލުވާ ޝީޓްގައި ނަމާއި ސޮއި ކުރުމަށްފަހު މަގު ބަންދުކުރާ ހުއްދަ/ ބޯޑާއި ހަވާލުވުން
  • މަގު ބަންދުކުރުމަށް ހުއްދަ ދެވިފައިވާ ވަގުތު ހަމަވުމުން ސަރަޙައްދު ސާފުކޮށް ހުއްދަ ބޯޑު ކައުންސިލް އިދާރާއާއި.ހަވާލުކުރަންވާނެއެވެ.

މަގު ކޮނުމުގެ ހުއްދަ ދޫކުރުން

35

މަގު ކޮނުމުގެ ހުއްދަ ދޫކުރުން

  • މަގު ކޮނުމުގެ ހުއްދައަށް އެދި މަގު ކޮނުމަށް ބޭނުންވާ ދުވަހުގެ ރަސްމީ 3 ދުވަހުގެ ކުރިން ޚިދުމަތަށް އެދި ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުން.
  • މަގުކޮނުމުގެ ހުއްދަ ދޫކުރުމަށް ހުށަހަޅާފައިވާ ސަބަބު ދިރާސާކުރުމަށްފަހު ހުއްދަ ދޫކުރުން
  • މަގުކޮނުމަށް ދޫކުރާ ހުއްދައިގެ ކޮޕީ އިންޖީނުގެ، ކޭބަލްޓީވީގެ ޚިދުމަތްދޭ ފަރާތްތަކަށް ލިޔުމުން ޙަވާލުކުރެވޭނެއެވެ.

އިމާރާތްކުރުމުގެ ހުއްދަ ދޫކުރުން

36

އިމާރާތްކުރުމުގެ ހުއްދަ ދޫކުރުން

  • އިމާރާތްކުރުމުގެ ހުއްދައަށް އެދި ޚިދުމަތަށް އެދޭ ފޯމް (ފޯމުގައި ބޭނުންވާ ހުރިހާ މައުލޫމާތާއެކު) ކައުންސިލް އިދާރާއަށް ހުށަހެޅުން.
  • އިމާރާތްކުރުމުގެ ހުއްދަ ދޫކުރުމުގެ ކުރިން ބަލަންޖެހޭ އެންމެހާ ކަންކަން ބަލާ ހުއްދަ ދޫކުރުމަށް ކަނޑައެޅިފައިވާ ރޭޓުން ފީ ނެގުމަށްފަހު ހުއްދަ ދޫކުރެވޭނެ އެވެ.

ދަނޑުވެރިކަމަށް ބިންދޫކުރުން

37

ދަނޑުވެރިކަމަށް ބިންދޫކުރުން

  • ދަނޑުވެރިކަމަށް ބިން ދޫކުރާ ފޯމް ފުރިހަމަކޮށް ކައުންސިލަށް ހުށަހެޅުން.މިފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފޯމްގައި ބަޔާންކުރެވިފައި ވާނެއެވެ.
  • ޚިދުމަތައް އެދޭފޯމް އިދާރާގެ ކައުންޓަރުންނާއި، ކައުންސިލްގެ (www.maabaidhoo.gov.mv) ވެބްސައިޓުން، ލިބެން ހުންނާނެއެވެ.
  • ދަނޑުވެރިކަމަށް ބިންދޫކުރުމަށް އެދޭފޯމު ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ބަލައިގަނެވޭނެއެވެ.އީމެއިލް[email protected]  ގެޒަރީޢާއިންވެސް ފޯމު ހުށަހެޅިދާނެއެވެ.ފޯމް ފުރިހަމަތޯ ބަލައި ޗެކުކުރުމަށްފަހު އެންޓްރީ ކޮށް ކަމާ ގުޅުންހުރި ސެކްޝަނަށް  ރަސްމީ 2 ދުވަހުގެ ތެރޭގައި ފޮނުވޭނެއެވެ.
  • ބިން ކަނޑައެޅުމަށްފަހު ބިން ސާފުކޮށް ކައުންސިލަށް އެކަން އަންގަންވާނެއެވެ.
  • ކައުންސިލުން ބިން ޗެކްކުރާތާ ،ރަސްމީ 3 ދުވަހުގެ ތެރޭގައި އެއްބަސްވުން އެކުލަވާލާ ބިން ހަވާލު ކުރެވޭނެއެވެ.

ވެލި އަކިރި ގާނެގުމުގެ ހުއްދަ ދޫކުރުން

38

ވެލި އަކިރި ގާނެގުމުގެ ހުއްދަ ދޫކުރުން

  • ވެލި،އަކިރި،ގާ ނެގުމުގެ ހުއްދައަށްއެދި ފޯމް  ކައުންސިލަށް ހުށަހެޅުމުން ރަސްމީ 3 ދުވަހުގެ ތެރޭގައި މިހުއްދަ ކަޑައަޅާފައިވާ ސަރަހައްދުތަކުން ނެގުމުގެ ހުއްދަ އެދޭފަރާތައް ދެވޭނެއެވެ.
  • ޚިދުމަތައްއެދި ހުށަހަޅާފޯމް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުން ބަލައިގަނެވޭނެއެވެ. ނުވަތަ އީމެއިލް[email protected]  ގެޒަރީޢާއިންވެސް ފޯމު ހުށަހެޅިދާނެއެވެ.

ވެހިކަލް ކުއްޔަށް ދޫކުރުން

39

ވެހިކަލް ކުއްޔަށް ދޫކުރުން

  • ކައުންސިލްގެ ޕިކަޕް އަމިއްލަ ފަރާތްތަކުގެ ދަތުރުތައް ކުރުމަށް އެކަމަށް އެދި ކައުންސިލަށް ހުށަހެޅުމުން ދޫކުރެވޭނެއެވެ.
  • ޚިދުމަތައް އެދޭފޯމް އިދާރާގެ ކައުންޓަރުންނާއި، ކައުންސިލްގެ (www.maabaidhoo.gov.mv) ވެބްސައިޓުން، ފޯމުލިބެން ހުންނާނެއެވެ.
  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމަށް ފައިސާ ދެއްކުމުން ،ފޯމްގައި ބަޔާންކޮށްފައިވާ ތާރީޚުގައި  ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

އިޖުތިމާޢީ މަރުކަޒު ކުއްޔަށް ދުކުރުން

40

އިޖުތިމާޢީ މަރުކަޒު ކުއްޔަށް ދޫކުރުން

  • އިޖުތިމާއީ މަރުކަޒު ކުއްޔަށް ހިފުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުން (ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު)
  •  ފޯމް އަދި އިޖްތިމާޢީމަރުކަޒު ކުއްޔަށްދިނުމަށް ހެދިފައިވާ އުސޫލް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި (www.maabaidhoo.gov.mv) ވެބްސައިޓުން، ލިބެން ހުންނާނެއެވެ.
  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމްއަށް ކަޑައެޅިފައިވާ ،ފައިސާ ދެއްކުމުން ފޯމްގައި ބަޔާންކޮށްފައިވާ ތާރީޚްގައި ޚިދުމަތް ފޯރުކޮށްދެވޭނެ އެވެ.

 

އަންހެނުންގެ ވެހި އެޕާރޓްމަންޓް ކުއްޔަށް ދޫކުރުން

41

އަންހެނުންގެ ވެހި އެޕާރޓްމަންޓް ކުއްޔަށް ދޫކުރުން

  • އިޖުތިމާއީ މަރުކަޒު ކުއްޔަށް ހިފުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުން (ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު)
  •  ފޯމް އަދި އިޖްތިމާޢީމަރުކަޒު ކުއްޔަށްދިނުމަށް ހެދިފައިވާ އުސޫލް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި (www.maabaidhoo.gov.mv) ވެބްސައިޓުން، ލިބެން ހުންނާނެއެވެ.
  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމްއަށް ކަޑައެޅިފައިވާ ،ފައިސާ ދެއްކުމުން ފޯމްގައި ބަޔާންކޮށްފައިވާ ތާރީޚްގައި ޚިދުމަތް ފޯރުކޮށްދެވޭނެ އެވެ.

ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ދޫކުރުމާއި ކުއްޔަށް ދޫކުރުން

42

ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ދޫކުރުމާއި ކުއްޔަށް ދޫކުރުން

  • ކައުންސިލްގައި ހުންނަ ކައުންސިލުން ފާސްކޮށްފައިވާ ހުރިހާ ތަކެއްޗެއް އެކަމަށްއެދި ކައުންސިލަށް ލިޔުމަކުން ހުށަހެޅުމުން ކަނދައެޅިފައިވާ ކުއްޔަކަށް ލިޔެ ސޮއި ކުރުމަށްފަހު ދޫކުރެވޭނެއެވެ.
  • ކައުންސިލަށް ތަކެތި ހޯދުމަށް ސަރުކާރުގެ އިދާރާތަކުން އެދެންވާނީ އެއިދާރާއެއްގެ ލެޓަރހެޑް ގައެވެ. އަމިއްލަ ފަރާތްތަކުން އެދެންވާނީ އެކަމަށް ކައުންސިލުން ތައްޔާރުކޮށްފައިވާ ފޯމުގައެވެ. ފޯމް ކައުންސިލްގެ ވެބްސައިޓް (www.maabaidhoo.gov.mv) އަދި ކައުންޓަރުން ލިބެންހުންނާނެއެވެ.
  • ދޫކުރެވުނު ބޭނުން ނިމުމުން ތަކެތި އަނބުރާ ރައްދުކުރުމަށް 3 ދުވަސްތެރޭގައި އެންގޭނެއެވެ.

ސްޓޭޖް ކުއްޔަށް ދޫކުރުން

43

ސްޓޭޖް ކުއްޔަށް ދޫކުރުން

  • ސްޓޭޖް ކުއްޔަށް ހިފުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުން (ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު)
  •  ފޯމް އަދި ސްޓޭޖް ކުއްޔަށްދިނުމަށް ހެދިފައިވާ އުސޫލް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި (www.maabaidhoo.gov.mv) ވެބްސައިޓުން، ލިބެން ހުންނާނެއެވެ.
  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމްއަށް ކަޑައެޅިފައިވާ ،ފައިސާ ދެއްކުމުން ފޯމްގައި ބަޔާންކޮށްފައިވާ ތާރީޚްގައި ޚިދުމަތް ފޯރުކޮށްދެވޭނެ އެވެ.

ބަނދަރުން ފެންވިއްކުން

44

ބަނދަރުން ފެންވިއްކުން

  • ބަނދަރުން ފެން ބޭނުންވާ ކޮންމެ ފަރާތަކަށް ފެން ދޫކުރެވޭނެއެވެ.
  • ފެން ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުގެ ކޮންމެ ދޯންޏަކަށް ވެސް ގަޑި އިރަށް ފައިސާ ނަގާ އުސޫލުން ގަޑިއަކަށް 100 ރުފިޔާއަށް ބޭނުން ވަރަކަށް ފެންދޫކުރެވޭނެއެވެ.
  • ބަނދަރުން ވާރޭފެން ދޫކުރާނީ ކޮންމެ ދޯންޏަކަށް 20 ލިޓަރުގެ 5 ހަމުގެ މަގުންނެވެ. އެއަށް އެއްވެސް އަގެއް ނުނަގާނެއެވެ.
  • ފެން ހޯދުމަށް ކައުންސިލުން ހާއްޞަކޮށްފައިވާ މުވައްޒަފެއް ހުންނާނެއެވެ. އަދި މިކަމަށް ގުޅަންޖެހޭ ނަންބަރ މޯޓަރ ކައިރީގައި އަދި ވާރޭފެން އިސްކުރު ކައިރީގައި ބެހެއްޓިފައި ހުންނާނެއެވެ.

 

 

ޤާނޫނު ނަންބަރު 2014/1  (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމް ތަކަށް ޖަވާބު ދިނުން

45

ޤާނޫނު ނަންބަރު 2014/1  (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމް ތަކަށް ޖަވާބު ދިނުން

  • އެ ޤާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވައިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި (21 ދުވަހުގެ ތެރޭގައި) ޖަވާބު ދެވޭނެއެވެ.
  • ޚިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ (www.maabaidhoo.gov.mv) ވެބްސައިޓުން، ލިބެން ހުންނާނެއެވެ.
  • އޮފީހުން ދޭ ޚިދުމަތަކާ ގުޅޭގޮތުން، ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނުވަތަ ޚިދުމަތަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުންތަކަށް މަރުޙަބާ ކިޔަމުއެވެ. ހުށަހެޅުންތައް ފޮނުވާނީ، [email protected]  މި އީ-މެއިލްގެ    ޒަރީއާއިންނެވެ. ނުވަތަ އޮފީހުގެ އިސްބޭފުޅަކަށް އެޑްރެސްކޮށްފައި ސިޓީއަކުންނެވެ. ހުށަހެޅުން ހުށަހަޅާ ފަރާތްތަކަށް އެ ހުށަހެޅުން ލިބުނުކަން ލަސްވެގެން ރަސްމީ މަސައްކަތު 5 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ.
  • މީގެއިތުރަށް، އޮފީހުގެ އާންމު ނަންބަރު ކަމުގައިވާ 6800708 އަށް ގުޅައިގެންވެސް ހުށަހެޅޭނެއެވެ.  
  • މިފަދަ ހުށަހެޅުންތައް ބަލައިގަނެ، ވަގުތުން ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅުކޮށް، ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެއެވެ.
       

ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ފާޑުކިޔުން ހުށަހެޅުން 

 

ސަރވިސް ޗާޓަރގައި ނުހިމެނޭ އާކަމެއް ދިމާވެއްޖެ ނަމަ ގުޅުމަށް

ފޯން ނަންބަރު: 6800708

އީ-މެއިލް: [email protected]

ވެބްސައިޓް: www.maabaidhoo.gov.mv

 

ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ

ރޯޝަނީ މަގު،

މާބައިދޫ،

ދިވެހިރާއްޖެ.

15 ނޮވެންބަރު 2021
ހޯދާ