ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންމެ ހަފްތާއަކުވެސް ރައްޔިތުންނާ ބައްދަލުކުރާނެ ގަޑިތަކެއް ހަމަޖެއްސުމާ ގުޅޭ

އެކިސަބަބުތަކަށްޓަކައި ކައުންސިލާއި ބައްދަލުކުރަން ބޭނުންވާ ރައްޔިތުންނަށް ފަސޭހަ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އިތުރު އެޕޮއިންޓްމަންޓަކާއި ނުލައި ކައުންސިލާއި ބައްދަލުކުރުމުގެ ފުރުޞަތު ކޮންމެ ހޯމަ ދުވަހެއްގެ 13:00 އިން 14:00 އަށް ހަމަޖެހިފައިވާ ވާހަކަ އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. މި ބައްދަލުވުންތަކުގައި ކައުންސިލް މެމްބަރުންގެ ތެރެއިން މަދުވެގެން 02 މެމްބަރުން ކޮންމެ ހަފްތާއަކުވެސް ބައިވެރިވެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަޑުއެހުމަށް ހަމަޖެހިފައިވާ  ވާހަކަ ދަންނަވަމެވެ.

މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

18 ނޮވެންބަރު 2021
ހޯދާ