ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް 02 (ދޭއް) ފްލޯރގެ އިމާރާތެއް ކުއްޔަށްދޫކުރާނެ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް 02 (ދޭއް) ފްލޯރގެ އިމާރާތެއް ކުއްޔަށްދޫކުރާނެ ފަރާތެއް ހޯދުމާއިގުޅޭ

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލީގަލް ކްލިނިކެއް ހެދުމަށް، އެއް އިމާރާތެއްގެ ގްރައުންޑް ފްލޯރ އަދި ފުރަތަމަ ފްލޯރ، 03 (ތިނެއް) އަހަރު ދުވަހަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. އެގޮތުން، ކޮންމެ ފްލޯރ އަކީ 1000 އަކަފޫޓަށްވުރެ ކުޑަނޫން ތަނެއް ކަމުގައި ވާންޖެހޭނެއެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމަށް ދެވިފައިވާ މުއްދަތުގައި މި ޔުނިވަރސިޓީގެ [email protected] މެއިލް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ހުޅުވުން

މި އިޢުލާން އާއި ގުޅިގެން ބާއްވާ ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.

 

ބިޑް ސެކިއުރިޓީ އަދި ޕާފޯމަންސް ގެރެންޓީ

ބީލަން ހުށަހަޅުއްވާއިރު، ބިލަމާއިއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 36,000.00ރ (ތިރީސް ހަ ހާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް 30 ދުވަހުގެ ވެލިޑިޓީ އާއިއެކު ހުށަހަޅުއްވަންވާނެއެވެ. އަދި ބީލަން ކާމިޔާބު ކުރާ ފަރާތުން ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.

 

މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް

ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރެއްވުމުގެ ސުންގަޑި

24 ނޮވެމްބަރ 2021 ގެ 14:00އަށް

ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި

28 ނޮވެމްބަރ 2021 ގެ 14:00އަށް

އަންދާސީ ހިސާބު ހުށަހެޅުން

30 ނޮވެމްބަރ 2021ގެ 11:00 އަށް

 

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަން ހުށަހެޅުމަށް ރަޖިސްޓަރވުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓަރވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

18 ނޮވެންބަރު 2021
ހޯދާ