މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އަމަލު މިސްކިތުގެ 3 ފުރާޅުގައި ޓިނުޖެހުމަށް ބޭނުންވާ ތަކެތި މާލެއިން މ. މަޑުއްވަރިއަށް ގެނައުން.

ބީލަން ހުށަހެޅުމުގެ ދަޢްވަތު

 

1- މ. މަޑުއްވަރީ މަސްޖިދުލް އަމަލު މިސްކިތުގެ 3 ފުރާޅުގައި ލައިސާޓު ޓިނު ޖެހުމަށް ބޭނުންވާ ތަކެތި އަމިއްލަ ޚަރަދުގައި މ. މަޑުއްވަރިއަށް ގެނެސް ދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. ބީލަމަށް ކުރިމަތިލެވޭނެ ފަރާތްތަކާއި ، ބީލަމާ ގުޅޭ މަޢްލުމާތު މި އިޢުލާނާ އެޓޭޗްކުރެވި ބީލަންފޮތުގައި ވާނެއެވެ. ޓިނުޖެހުމަށް ބޭނުންވާ ތަކެތީގެ ލިސްޓްވެސްމި އިއުލާނާއެކު އެޓޭޗްކުރެވި ފައިވާތީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.

 

2- މި ބީލަމުގައި  ބައިވެރިވުމަށް ރަޖިސްޓްރީ (ނަންނޯޓް) ކުރަންއެދޭ ފަރާތްތަކުން 2021 ނޮވެމްބަރ 18  ބުރާސްފަތި ދުވަހުން

 

ފެށިގެން 2021 ނޮވެމްބަރ 23 ވާ އަންގާރަ ދުވަހު 13:00 އަށް ފުރުޞަތު ހުޅުވާލަމެވެ. މ. މަޑުއްވަރީ ކައުންސިލް އިދާރާއަށް ދުރުވެ ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން ބަންދުނޫން ދުވަސްތަކު 9:00 އިން 13:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ތިރީގައިވާ ލިންކު މެދުވެރިކޮށް އޮންލައިން ކޮށްވެސް ރަޖިސްޓްރީ ވެވޭނެއެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތް ތަކަށެވެ. 

 

 v ރެޖިސްޓްރޭޝަން ފޯމުގެ ލިންކް : http://lnnk.in/g7bD

 

 3- މި މަސައްކަތާ ބެހޭ ގޮތުން އެއްވެސް ސުވާލެއް އުފެދޭނަމަ 2021 ނޮވެމްބަރ 23 އަންގާރަ ދުވަހުގެ 14:00 ގެކުރިން ލިޔުމުން ނުވަތަ

 

7904399 ނަމްބަރު ފޯނާ ގުޅައިގެން ސާފުކުރެއްވުން އެދެމެވެ.

 

 4- މި މަސައްކަތާ ގުޅޭ މަޢްލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.

 

 5- ބީލަން ހުށަހެޅުން  އޮންނާނީ 2021 ނޮވެމްބަރ 25 ވާ ބުރާސްފަތި ދުވަހު 13:00 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ "  

 

   ދަސްވަނި މާލަމު " ގައެވެ. ބިޑުކެޑުން އޮންނާނީ ބިޑުހުށަހެޅި ފަރާތްތަކުގެ ޙާޟިރުގައި 2021 ނޮވެމްބަރ 25 ވާ ބުރާސްފަތި ދުވަހު 13:05 ގައި   މ. މަޑުއްވަރީ ކައުންސިލް އިދާރާގެ " ދަސްވަނި މާލަމު " ގައެވެ. އޮންލައިންކޮށް ބިޑް ބަލައެއް ނުގަނެވޭނެއެވެ.

 

 6- މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢްލާނުގެ ބަޔެއްގެ ގޮތުގައި އިޢްލާނާއެކު ޢާންމު ކުރެވިފައި ވާނެއެވެ.

 

 7- ބީލަމުގައި ބައިވެރިވުމަށް ނަން ނޯޓް ކުރުމާއި ، މަސައްކަތާ ގުޅޭ އިތުރު މަޢްލޫމަތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

 

v  މުލަލަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ

 

v  ފޯން : 6720072 , 7904399   

އީ-މެއިލް:  [email protected]

18 ނޮވެންބަރު 2021
ހޯދާ