މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ޚާއްސަ އަސްކަރީ ތަމްރީނުތަކެއް ބޭއްވުން

އިޢުލާން

ދިވެހިރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާ ގުޅިގެން ބާއްވަމުން އަންނަ ޓްރައިލެޓެރަލް އެކްސަސައިޒް "ދޯސްތީ-15"، 2021 ނޮވެންބަރު 20 އިން 24 އަށް ރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އެކްސަސައިޒްގެ ކަނޑުމަތީގެ ތަމްރީނުތައް މާލޭގެ އުސްފަސްގަނޑާދިމާ 0.3 ނޯޓިކަލް މޭލު ބޭރުގައި، 2021 ނޮވެންބަރު 20 އަދި 21 ވަނަ ދުވަހުގެ 13:00 އިން 14:00 އަށް އަދި 2021 ނޮވެންބަރު 22 ވަނަ ދުވަހު 07:45 އިން 08:30 އަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މިދުވަސްތަކުގައި މާލޭ އުސްފަސްގަނޑާ ދިމާ 0.3 ނޯޓިކަލް މޭލު ބޭރުގައި ތަމްރީނުތައް ކުރިއަށްގެންދިއުމުގައި، ސިމިއުލޭޝަންގެ ގޮތުގައި ބޭނުންކުރާ ގޮވާތަކެތި ބޭނުންކުރުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

18 ނޮވެންބަރު 2021
ހޯދާ