މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ޚާއްސަ އަސްކަރީ ތަމްރީނުތަކެއް ބޭއްވުން

                   އިޢުލާން

ދިވެހިރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާ ގުޅިގެން ބާއްވަމުން އަންނަ ޓްރައިލެޓެރަލް އެކްސަސައިޒް "ދޯސްތީ-15" ގެ ކަނޑުމަތީގެ އަދި ވައިގެ ތަމްރީނުތަކެއް ކ. ހުޅުމާލޭގެ އިރުމަތިން 15 ނޯޓިކަލް މޭލު ބޭރުގައި، 2021 ނޮވެންބަރު 20 އަދި 21 ވަނަ ދުވަހުގެ 12:00 އިން 18:00 އަށް އަދި 2021 ނޮވެންބަރު 22 ވަނަ ދުވަހުގެ 06:00 އިން 10:00 އަށް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަޙައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ގޮތުގެ ތަފްޞީލް

 

1. ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް:                  

-

2. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިން:               

15 ނޯޓިކަލް މޭލު

3. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިން:              

1700 ފޫޓު

4. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިން:

200 ފޫޓު

5. ވައިގެ ސަރަޙައްދު ބޭނުންކުރާނެ ޑައިރެކްޝަން:

ކ. ހުޅުމާލޭގެ އިރުމަތިން 15 ނޯޓިކަލް މޭލު ބޭރުގައި

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

18 ނޮވެންބަރު 2021
ހޯދާ