ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ އިތުރު ކޯސްތަކަށް އިޢުލާން ކުުރުން

އިޢުލާން

 

  2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސްތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކަށް އެޕްލައިކުރުން 18ނޮވެންބަރު 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 8:00 އިން ފެށިގެން 27 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް އޮންނާނެއެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތު  courses.mnu.edu.mv/އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް  mnu.edu.mv/apply/ ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

ސްކޫލް އޮފް ނާރސިންގ

  1. އެޑްވާންސްޑް ޑިޕްލޮމާ އިން ނަރސިންގ (C) – ހދ. ކުޅުދުއްފުށި
  2. އެޑްވާންސްޑް ޑިޕްލޮމާ އިން މިޑްވައިފަރީ – ގދ. ތިނަދޫ
  3. ބެޗްލަރ އޮފް ނަރސިންގ (Sh) – ސ. ހިތަދޫ

ފެކަލްޓީ އޮފް ހެލްތު ސައިންސް

  1. ޑިޕްލޮމާ އިން ޕްރައިމަރީ ހެލްތު ކެއަރ (B) – ކ. މާލެ
  2. ބެޗްލަރ އޮފް ޕްރައިމަރީ ހެލްތު ކެއަރ (B) - ކ. މާލެ
  3. ބެޗްލަރ އޮފް ޕްރައިމަރީ ހެލްތު ކެއަރ (C) ކ. މާލެ

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

  1. ބެޗްލަރ އޮފް ބިޒްނަސް (މެނޭޖްމަންޓް އެންޑް މާރކެޓިންގ) – ހދ. ކުޑުދުއްފުށި، ގދ. ތިނަދޫ، ސ. ހިތަދޫ
  2. މާސްޓްރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން – ކ. މާލެ، ސ. ހިތަދޫ
  3. އޭ.ސީ.ސީ.އޭ (ނޮލެޖް ލެވެލް) – ގދ. ތިނަދޫ

 

ކޯސްތަކުގެ ޝަރުތުތައް ޗެކްކުރުމަށް މި ލިންކަށް ފިއްތާލައްވާ:

https://mnu.edu.mv/course-information-sheet-2022-term-1/

18 ނޮވެންބަރު 2021
ހޯދާ