މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
2021 ވަނަ އަހަރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ގަނެފައިވާ މުދާ އަދި ހޯދާފައިވާ ޙިދުމަތްތަކުގެ ބިލްތަކަށް ފައިސާ ހޯދުމާއި ގުޅޭ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން 2021 ވަނަ އަހަރު ގަނެފައިވާ މުދާ އަދި ހޯދާފައިވާ ޙިދުމަތްތަކުގެ ބިލްތައް 09  ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ހުށަހެޅުއްވުމަށް ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

 

ބިލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 ން ފެށިގެން މެންދުރުފަހު 13:30 ގެ ނިޔަލަށް މިމިނިސްޓްރީގެ ކައުންޓަރުންނެވެ. އަދި އީމެއިލް މެދުވެރިކޮށް ބިލްތައް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 09 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން [email protected]  ނުވަތަ [email protected]

އަށް އީމެއިލް ކުރަންވާނެއެވެ.

 

09 ޑިސެމްބަރ 2021 ފަހުން ލިބޭ ބިލްތަކަށް ފައިސާ ދެއްކުމުގައި ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ކޮންމެ އަހަރަކަށް ބަޖެޓް ހަމަޖެހިފައިވަނީ އެއަހަރެއްގެ ޚަރަދުތަކަށް ކަމަށްވާތީވެ، މި އަހަރުގައި ކުރުމަށް ހަމަޖެހިފައިވާ ޚަރަދެއް މި ފެށޭ އަހަރު ކުރަން ޖެހިއްޖެނަމަ އެކަން ކުރެވެން އަންނަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ޙާއްސަ ހުއްދައެއްގެ ދަށުން ކަމަށް ވާތީއެވެ.

 

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބިލްތައް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.

އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

18 ނޮވެންބަރު 2021
ހޯދާ