މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
2021 ވަނަ އަހަރު ބާއްވާ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި މާލެ އަތޮޅުން ހޮވާލެވޭ އެންމެ ޚިދުމަތްތެރި ކެޔޮޅަކަށް އެދި ކުރިމަތިލުމުގެ ފުރުޞަތު އިތުރުކުރުން

2021 ވަނަ އަހަރު ފާހަގަކުރާ 41 ވަނަ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް މާލެއަތޮޅު ގާފަރުގައި ބާއްވާ ޙަފްލާގައި މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ އަދި މަސްވެރިކަންފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ މާލެ އަތޮޅުން ހޮވާލެވޭ އެންމެ ޚިދުމަތްތެރި (35 އަހަރުން ދަށް) ކެޔޮޅު ހޮވާ، އެފަރާތަށް ޚާއްޞަ އެވޯޑެއް ދޭގޮތަށް ހަމަޖައްސާ 17 އޮކްޓޯބަރ 2021 ގައި ކުރި އިޢުލާނުގެ މުއްދަތުގައި އެކަށީގެންވާ ޢަދަދަށް ކެޔޮޅުން ކުރިމަތިލާފައިނުވުމުގެ ސަބަބުން މި އެވޯޑަށް އެދި ހުށަހެޅުމުގެ ފުރުޞަތު 25 ނޮވެމްބަރ 2021 އާއި ހަމައަށް އިތުރުކޮށްފައިވާ ކަމުގައި އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

              ވީމާ، މިއެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ އިސްވެ ދެންނެވި ޝަރުތު ފުރިހަމަވާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު ހޮވުމަށްޓަކައި މި އިޢުލާނާއެކުއެވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 25 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. 

              އެންމެ ޚިދުމަތްތެރި ކެޔޮޅު އެވޯޑަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމާއި ކުރައިޓީރިޔާ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

              މިއެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވިފައެވެ.  އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ [email protected] މެއިލް އަށް ފޮނުއްވުން އެދެމެވެ.

17 ނޮވެންބަރު 2021
ހޯދާ