މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ޕްރޮޖެކްޓް މެނޭޖަރ

މަޤާމު:

ޕްރޮޖެކްޓް މެނޭޖަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕޮލިސީ، ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް / ޕްރޮޖެކްޓްސް ސެކްޝަން

މުސާރަ:

25000.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސިޓީ ކައުނސިލް އިދާރާއަށް ބޭނުންވާ ޕްރޮޖެކްޓްތަށް ދެނެގަތުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުން
  2. މާލޭ ސިޓީ، ވިލިމާލެ އަދި ހުޅުމާލޭގައި ހިންގިދާނެ ޕްރޮޖެކްޓްތައް ދެނެގަނެ، އެކަންކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް
  3. މާލޭ ސިޓީ ކައުންސިލުން ރާވާ ހިންގާ ޕްރޮޖެކްޓްތަކުގެ ޕްރޮޖެކްޓް ޕްރޮޕޯސަލް ތައްޔާރުކުރުން
  4. މާލޭ، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކޮށްދިނުމަށްޓަކައި އެކުލަވާލާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ބަޖެޓް ޕްލޭން ތައްޔާރުކޮށް، ރާއްޖޭގެ ކަމާބެހޭ އިދާރާތަކުންނާއި، ރާއްޖެއިން ބޭރު ޖަމާއަތްތަކާ، އަވަށްޓެރި ޤައުމުތަކާއި އަދި އަދި އެހެނިހެން ޤައުމުތަކުން ފަންޑް ހޯދުމަށް މަސައްކަތްކުރުން
  5. މާލޭ ސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކާއި ގުޅޭ މެނޭޖްމަންޓް ޕްލޭން އެކުލަވާލުން؛
  6. ސިޓީ ކައުންސިލްގައި ހިންގާ ޕްރޮޖްކްޓްތަކަށް ބޭނުންވާ އިންސާނީ ވަޞީލަތްތަށް ދެނެގަތުމާއި ޕްރޮޖެޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތަކަށް މުވައްޒަފުންނަށް ފުރުޞަތުތައް ހޯދާދިނުން
  7. މާލެ ސިޓީގެ މަގުތައް އަލުން ރީޑިޒައިން ކުރުމާއެކު، މާލޭ ސިޓީގައި ދިރިއުޅޭ ރައްޔަތުންނަށް ރަގަޅު ވެއްޓެއް ޤާއިމްކޮށްދިނުމަށްޓަކައި މަގުތައް އަލުން ރީޑިޒައިންކޮށް ރީސްޓްރަކްޗަރ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން
  8. ސިޓީ ކައުންސިލުން ރާވާ، ހިންގާ ޕްރޮޖެކްޓްތަކުގެ މަސައކަތްތައް ކުރިއަށް ގެންދާނެގޮތުގެ  ވާރކް ބްރޭކްޑައުން ތައްޔާރުކޮށް، މިގޮތުން ތައްޔާރުކުރާ  ވާރކްބްރޭކް ޑައުންއާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމާއެކު، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުން.
  9. ސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކުގައި ފަންނީގޮތުން ދިމާވާ ގޮންޖެހުންތައް ދަނެގަނެ، އެފަދަ ގޮންޖެހުންތަކަށް ހޯދަންޖެހޭ ހައްލުތައް ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  10. ސިޓީ ކައުންސިލްގެ ބެލެނިވެރިކަމުގެ ދަށުން ރާވާ ހިންގާ ޕްރޮޖެކްޓްތަކާއި އަދި ނިންމާ ޕްރޮޖެކްޓްތައް ދެމެހެއްޓެނިވިގޮތެއްގައި  ބެލެހެއްޓުމަށްޓަކައި މޮނިޓަރިން މެކޭނިޒަމްއެއް އެކުލަވާލުން.
  11. ޕްރޮޖެކްޓް ތަކުގެ މަސައްކަތްކުރިއަށްދާއިރު، އަންނަ ވޭރިއޭސަންތައް ދަނެގަނެ އިތުރަށް ދިރާސާކުރުމާއެކު، އެކަމަށް ބޭނުންވާ އިތުރު ފަންޑް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  12. މާލޭ ސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކުގައި ދިމާވެދާނެ ރިސްކުތައް ދެނެގަނެ، ރިސްކު މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކުރުން
  13. ޕްރޮޖެކްޓްތަކާއި ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ އެއްމެހާ ކަންކަން ރާވާ ހިންގުން

މަޤާމުގެ ޝަރުޠުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޕްރޮޖެކްޓްސް / މެނޭޖްމަންޓް ދާއިރާގައި 2 އަހަރު ދުވަހުގެ އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި އިދާރާގެ ވެބްސައިޓް www.malecity.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ އަދި މި އިދާރާގެ މައްޗަންގޮޅި އޮފީހުން ލިބެން ހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ("ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުންތައް؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް.

   5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު  %25
  • ލިބިފައިވާ ވަޒީފާއާއި ގުޅުންހުރި ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ  %25
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން %40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ނޮވެންބަރު 2021 ގެ 14:00 ގެ ކުރިން، މައްޗަން ގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 01ޑިސެމްބަރ 2021 އާއި  18 ޑިސެންބަރު 2021 އާ ދެމެދު، މައްޗަންގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3306727 / 7989840) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

                                     12 ރަބީޢުލްއާޚިރު 1443
18 ނޮވެންބަރު 2021
ހޯދާ