މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - މީޑިއަރ އެގްޒެކެޓިވް

މަޤާމު:

މީޑިއަރ އެގްޒެކެޓިވް

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީސް

މުސާރަ:

20000.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ސިޓީ ކައުންސިލުން ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި، ސޯޝަލް މީޑިއަރ އެކައުންޓުތައް އޮޕަރޭޓްކުރުމަށްބޭނުންވާ ކޮންޓެންޓްތައް އެކުލަވާލުން.
  2. މާލޭ ސިޓީ ކައުންސިލުން ނިންމާ ނިންމުންތައް ކައުންސިލްގެ ވެބްސައިޓަށް އަޕްލޯޑް ކުރުމާއި، ކައުންސިލްގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓްތައް މެދުވެރިކޮށް ޢާއްމުއްނަށް ޚަބަރު ފޯރުކޮށްދިނުންމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  3. މާލޭ ސިޓީ ކައުންސިލުން ބާއްވާ ބައްދަލުވުންތަކާއި ހަފްލާތަކުގެ މައުލޫމާތު ރޭޑިއޯ، ޓީވީ ސްޓޭޝަންތަކާއި އަދި އެހެނިހެން ސޯސަލް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް އާއްމުންނަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެއްމެހާ މަސައްކަތްތަކުގެ ރާވާ ހިންގުން.
  4. މާލޭ ސިޓީ ކައުންސިލުން ހިންގާ ޕްރޮޖްކްޓްތަކާއި އެހެނިހެން މަސައްކަތްތަކުގެ މައުލޫމާތު އާއްމުންނާއި އަދި ކަމާބެހޭ އިދާރާތަކަށް ފޯރުކޮށްދިނުމަށް  ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  5. މާލޭ ސިޓީ ކައުންސިލުން ނެރޭ ނޫސްބަޔާންތަކާއި، މާލޭ ސިޓީ ކައުންސިލުން ކުރަމުންގެންދާ މަސައްކަތާ ގުޅިގެން ސާއިރުކޮށް ނެރޭ ލިޔެކިޔުންތައް އާކައިވްކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ އެއްމެހާ މަސައްކަތްތައް ރާވާ ހިންގުން.
  6. މާލޭ ސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކާއި ގުޅިގެން ނެރެންޖެހޭ  އިންހައުސް މަޖައްލާ އަދި ލީފްލެޓްފަދަ ތަކެތި ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ ލަފާދިނުމާއެކު މިކަންކަމާއި ގުޅިގެން ކުރަންޖެހޭ އެއްމެހާ މަސައްކަތްތައް ރާވާ ހިންގުން.
  7. މާލޭ ސިޓީ ކައުންސިލްގެ ޓުވިޓަރ، ފޭސްބުކް، ވެބްސައިޓް އަދިވެސް އެހެނިހެން ސޯސަލް މީޑިއާ އެކައުންޓްތައް އޮޕަރޭޓްކޮށް ހިންގުމަށްޓަކައި އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  8. މާލޭ ސިޓީ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކާމެދު އާއްމުން ހޭލުންތެރި ކުރުމަށްޓަކައި ސްޓްރެޓެޖިކް އެކްޝަން ޕަލޭނެއް އެކުލަވާލުމަށް ބޭނުންވާ ފަންނީ ލަފާދިނުމާއެކު މިކަންކަމާއި ގުޅިގެން ކުރަންޖެހޭ އެއްމެހާ މަސައްކަތްތައް ރާވާ ހިންގުން.
  9. މާލޭސިޓީ ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅިގެން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި މެދު ބާއްވަންޖެހޭ ބައްދަލުވުންތަކުގެ އެއްމެހާ އިންތިޒާމްތައް ހަމަޖެއްސުމާއެކު މިކަންކަން ރާވާ ހިންގުން.

  10. މާލޭ ސިޓީ ކައުންސިލް އިދާރާއިން ބަލަހައްޓަމުންގެންދާ ފްލެޓްތަކުގެ މަރާމާތަށް ބޭނުންވާ ސާމާނު ހޯދުމާއި އަދި  އަދި މިނޫންވެސް ފްލެޓްތަކާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވާހިންގުން.

  11. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި މޭޔަރއާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުން ދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. ގްރޭޑް 10 ނިމިފައިވުމާއެކު ކަމާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ނުވަތަ

  2. ޕަބްލިކް ރިލޭޝަންސް، އިންޓަރނޭޝަނަލް/ފޮރިން ރިލޭޝަންސް، ޖާނަލިޒްމް، ކޮމިއުނިކޭޝަންސް، މާރކެޓިންގ ގްރެފިކް ޑިޒައިން، މީޑިއާރ ނުވަތަ މިނޫންވެސް ގުޅުންހުރި ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި އިދާރާގެ ވެބްސައިޓް www.malecity.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ އަދި މި އިދާރާގެ މައްޗަންގޮޅި އޮފީހުން ލިބެން ހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ("ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުންތައް؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް.

5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު  %25
  • ލިބިފައިވާ ވަޒީފާއާއި ގުޅުންހުރި ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ  %25
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން %40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ނޮވެންބަރު 2021 ގެ 14:00 ގެ ކުރިން، މައްޗަން ގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 01ޑިސެމްބަރ 2021 އާއި  18 ޑިސެންބަރު 2021 އާ ދެމެދު، މައްޗަންގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3306727 / 7989840) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

                                     12 ރަބީޢުލްއާޚިރު 1443

18 ނޮވެންބަރު 2021
ހޯދާ