މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ލީގަލް އެސިސްޓެންޓް

މަޤާމު:

ލީގަލް އެސިސްޓެންޓް

ބޭނުންވާ އަދަދު:

02

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ލީގަލް ސެކްޝަން

މުސާރަ:

25000.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ޤާނޫނީ ލިޔުންތަކާއި ސިޓީތައް ޑްރާފްޓުކޮށް ފޮނުވުން.
  2. ކައުންސިލުގެ ފަރާތުން ދައުވާ ކުރާ މައްސަލަތަކާއި ދައުވާލިބޭ މައްސަލަތަކާއި ގުޅިގެން ހުށަހަޅަންޖެހޭ ލިޔުންތައް ތައްޔާރު ކުރުން
  3. ޝަރީޢަތަށް ފޮނުވަންޖެހޭ މައްސަލަތައް ފޮނުވުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. އޮފީހުގެ މުވައްޒަފުން ކުރާ ސިވިލްސަރވިސް ޤާނޫނާ ޚިލާފު ކަންކަން ބަލައި އެމައްސަލަތަކުގެ ތަހުޤީގަށް ބޭނުންވާ ލިޔުން ފޮނުވުން.
  5. ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ލިއުންތައް ތައްޔާރުކުރުން
  6. އޮފީހުގެ ކަންކަމާ ގުޅިގެން މުވައްޒަފުން ހުށަހަޅާ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ އެއްމެހާ މަސައްކަތްތައް ކުރުން.
  7. ލާމަރުކަޒީ ޤާނޫނުގެދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުޞޫލުތައް ހެދުމުގައި އެހީތެރިވެދިނުން.
  8. ސެކްޝަނަށް ލިބޭ ޤާނޫނީ ލިޔުންތައް ބަލައިގަތުމާއި ފައިލްކުރަންޖެހޭ އެންމެހައި ލިޔުންތައް ފައިލްކުރުން.
  9. ސެކްޝަނުން ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  10. ކައުންސިލުން ހަދަންޖެހޭ ޤަވާޢިދުތައް ހެދުމާބެހޭ ކަންކަން ކުރުން.
  11. ދަޢުވާ ލިބޭ މައްސަލަތަކުގެ ރެކޯޑް ބެލެހެއްޓުން.
  12. ކައުންސިލަށް ހުށަހެޅޭ ޤާނޫނީ އެކިއެކި މައްސަލަތަކާ ބެހޭ ސިޓީތަކަށް ޖަވާބުދިނުން.
  13. ދަޢުވާކުރާ މައްސަލަތަކުގެ ރެކޯޑު ބެލެހެއްޓުމާއި، ދަޢުވާ ހުށަހަޅަންޖެހޭ މައްސަލަތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން
  14. ކައުންސިލަށް ބޭނުންވާ ޤާނޫނީ ލަފާހޯދުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
  15. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ރާވާ ހިންގާ ބަލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީ ގޮތުން ކުރަން ޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  16. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި މޭޔަރއާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބްދާރީވުން.

މަޤާމުގެ ޝަރުޠުތައް:

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި އިދާރާގެ ވެބްސައިޓް www.malecity.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ އަދި މި އިދާރާގެ މައްޗަންގޮޅި އޮފީހުން ލިބެން ހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ("ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުންތައް؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް.

  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު  %25
  • ލިބިފައިވާ ވަޒީފާއާއި ގުޅުންހުރި ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ  %25
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން %40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ނޮވެންބަރު 2021 ގެ 14:00 ގެ ކުރިން، މައްޗަން ގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 01ޑިސެމްބަރ 2021 އާއި  18 ޑިސެންބަރު 2021 އާ ދެމެދު، މައްޗަންގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3306727 / 7989840) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

                                       12 ރަބީޢުލްއާޚިރު 1443
18 ނޮވެންބަރު 2021
ހޯދާ