މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

މަޤާމު:

އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

ބޭނުންވާ އަދަދު:

03

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީސް

މުސާރަ:

17000.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މާލޭ ސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓް ތަކާއި ގުޅިގެން އޮފީހުގެ އެންޓްރީ ބެލެހެއްޓުން. މިގޮތުން އެކި ކަންކަމުގައި އޮފީހަށް ހުށަހެޅޭ ސިޓީ، ފޯމް ފަދަ ތަކެތި ބަލައިގަނެ ޖަވާބުދިނުމަށް ޙަވާލުކުރަންޖެހޭ މަސައްކަތް ކުރުން.
  2. އޮފީހުން ހިންގާ ތަފާތު ޕްރޮޖެކްޓް މަސައްކަތްތަކާއި ގުޅިގެން އެކިފަރާތްތަކަށް  ފޮނުވަން ޖެހޭ ސިޓީ، މެމޯ ފަދަ ތަކެތި ވެރިޔާގެ ލަފާގެ މަތިން ލިޔެ ފޮނުވުން.
  3. ކޮންމެ ދުވަހެއްގެ ރަސްމީގަޑި ފެށުމަށްފަހު އޮފީހުގެ މެއިލް އަދި ޖެމްސް ޗެކްކުރުން. އަދި މައުލޫމާތު ވެރިޔާ އަދި ކަމާބެހޭ މުވައްޒަފާ ހިއްސާކުރުން.
  4. އޮފީހުން ހިންގާ ޕްރޮޖެކްޓް ތަކާއި ގުޅިގެން އެކިފަރާތްތަކާއި އެކު ބާއްވަންޖެހޭ ބައްދަލުވުންތައް އިންތިޒާމް ކޮށް ބޭއްވުމާއެކު ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރު ކުރުން.
  5. އޮފީހުން ހިންގާ ތަފާތު ޕްރޮޖެކްޓްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯރޓްތައް ތައްޔާރުކުރުމަށް ވެރިޔާއަށް އެހީތެރިވެދިނުން.
  6. އޮފީހުން ހިންގާ ޕްރޮޖެކްޓްތަކުގެ އަހަރީ ރިޕޯރޓަށް ބޭނުންވާ މައުލޫމާތު އެއްކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  7. އޮފީހުން ހިންގާ ޕްރޮޖެކްޓްތަކުގެ އިދާރީގޮތުން ކުރަންޖެހޭ އެއްމެހާ ކަންކަން ވެރިޔާގެ ލަފާގެ މަތިން ކުރުން.
  8. ސެކްޝަނުގެ މުވައްޒަފުންނާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ވެރިޔާގެ ލަފާގެ މަތިން ކުރުން
  9. އޮފީހުން ހިންގާ ޕްރޮޖެކްޓްތަކުގެ ލިއެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  10. މާލޭ ސިޓީ ކައުންސިލް އިދާރާއިން ބަލަހައްޓަމުންގެންދާ ފްލެޓްތަކުގެ މަރާމާތަށް ބޭނުންވާ ސާމާނު ހޯދުމާއި އަދި  އަދި މިނޫންވެސް ފްލެޓްތަކާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވާހިންގުން.
  11. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި މޭޔަރއާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުން ދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު،  މަސައްކަތާ ގުޅޭ ދާއިރާއަކުން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި އިދާރާގެ ވެބްސައިޓް www.malecity.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ އަދި މި އިދާރާގެ މައްޗަންގޮޅި އޮފީހުން ލިބެން ހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ("ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުންތައް؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް.

   5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު  %25
  • ލިބިފައިވާ ވަޒީފާއާއި ގުޅުންހުރި ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ  %25
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން %40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ނޮވެންބަރު 2021 ގެ 14:00 ގެ ކުރިން، މައްޗަން ގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 01ޑިސެމްބަރ 2021 އާއި  18 ޑިސެންބަރު 2021 އާ ދެމެދު، މައްޗަންގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3306727 / 7989840) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

                                    12 ރަބީޢުލްއާޚިރު 1443

18 ނޮވެންބަރު 2021
ހޯދާ